Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފީފާ ވޯލްޑް ކަޕް 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

2 ޖުލައި 2026 | ބުރާސްފަތި 08:15

ފީފާގެ ސޯޝަލް މީޑިއާ ޕްރޮޓެކްސަން ސާވިސް އިން ހަ މިލިއަނަށް ވުރެ ގިނަ ޕޯސްޓު ތަކާއި، ކޮމެޓުތައް ސްކޭން ކުރުމަށް ފަހު މިކަން ހޯދާފައިވާއިރު، މިއީ 2022 ވަނަ އަހަރު ކުރި ޕޯސްޓުތަކާ ބަލާއިރު 33 އިންސައްތަ އިތުރުވުމެއް. އޭގެ ތެރެއިން 11 އިންސައްތަ އަކީ ނަސްލީ ގޮތުން ދިމާ ކުރުމުގެ މެސެޖުތައް ކަމަށް ފީފާ އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2026 | ބުރާސްފަތި 08:15
ވޯލްޑް ކަޕްގެ މެޗެއް ފެށުމުގެ ކުރިން ދަނޑު މަތީގައި ފީފާގެ ލޯގޯ ފެންނަ ބެނާއެއް ބާއްވާފައި.

ވޯލްޑް ކަޕްގެ މެޗެއް ފެށުމުގެ ކުރިން ދަނޑު މަތީގައި ފީފާގެ ލޯގޯ ފެންނަ ބެނާއެއް ބާއްވާފައި. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖުގެ މެޗުތައް ނިމި، ދެ ވަނަ ބުރު ކުރިއަށްދާއިރު ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ މެސެޖުތައް 89،000 އަށް އަރާފައިވާ ކަމަށް ފީފާ އިން ބުނެފި އެވެ. 

ފީފާ އިން ބުނެފައި ވަނީ، މިއީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕާ އަޅާ ބަލާއިރު، 13 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. 

ފީފާގެ ސޯޝަލް މީޑިއާ ޕްރޮޓެކްސަން ސާވިސް އިން ހަ މިލިއަނަށް ވުރެ ގިނަ ޕޯސްޓު ތަކާއި، ކޮމެޓުތައް ސްކޭން ކުރުމަށް ފަހު މިކަން ހޯދާފައިވާއިރު، މިއީ 2022 ވަނަ އަހަރު ކުރި ޕޯސްޓުތަކާ ބަލާއިރު 33 އިންސައްތަ އިތުރުވުމެކެވެ.  އޭގެ ތެރެއިން 11 އިންސައްތަ އަކީ ނަސްލީ ގޮތުން ދިމާ ކުރުމުގެ މެސެޖުތައް ކަމަށް ފީފާ އިން ބުނެފައިވެ އެވެ. 

ނަސްލީ ގޮތުން ކޮށްފައިވާ ފުރައްސާރަ އަށް ބަލާއިރު، ފީފާ އިން ބުނެފައި ވަނީ މިއީ ޤަތަރުގެ ވޯލްޑް ކަޕަށް ވުރެ ތިން އިންސައްތަ އިތުރުވުމެއް ކަމަށެވެ. އެއާ އެކު ފީފާ އިން ބުނެފައި ވަނީ، ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމް ތަކުގައި އެންމެ ގޯސް އަދި އެންމެ ނުރައްކާތެރި ގޮތުގައި ފުރައްސާރަ ކުރަމުން ގެންދާ ކަމަށެވެ. 

ފީފާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމު ތަަކަށާއި، ކުޅުންތެރިންނާއި، ކޯޗުން އަދި މެޗު އޮފިޝަލުންނަށް ޚާއްސަ ޚިދުމަތެއް ޤާއިމު ކޮށްފައި ވާނެ ކަމަށެވެ. އެގޮތުން އެ ޚިދުމަތުގެ ފަރާތުން މުބާރާތުގައި ބައިވެރިވާ ފަރާތްތަކާއި، އެ ފަރާތް ތަކުގެ ސޯޝަލް މީޑިއާގައި ހިމެނޭ ފޮލޯވަރުން ރައްކާތެރި ކުރުމުގެ ނިޒާމެއް ޤާއިމު ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

މި ޚިދުމަތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި، އިންސާނީ މޮޑަރޭޝަން އެއްކޮށް ބޭނުން ކުރުމަށް ފަހު، ނަސްލީ ގޮތުން އަންނަ ހަމަލާތަކާއި، ތަފާތު ކުރުމުގެ މެސެޖުތައް އަދި ބިރު ދެއްކުމުގެ މެސެޖުތައް ބަލައި ފިލްޓާކޮށް އަދި ބްލޮކް ކުރެވޭނެ އެވެ. 

މީގެ އިތުރުން ފީފާ އިން ބުނެފައި ވަނީ 225،000 ޕޯސްޓު އިންސާނީ ރިވިއު އަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މޮޑަރޭޓަރުން ހަމަލާ ދޭ ގޮތަށް 89،000 ޕޯސްޓު ކަށަވަރު ކޮށްފައިވާ ކަމަށާއި، އެކަމަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މިހާތަނަށް 1000 އެކައުންޓު ތަހުގީގަށް ފޮނުވާފައިވާ ކަމަށް ވެސް ފީފާ އިން ބުނެފައިވެ އެވެ. 

ފީފާ އިން ބުނެފައި ވަނީ 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި މުބާރާތުގައި 23 ޓީމު ބައިވެރިވި ނަމަވެސް، މި ފަހަރުގެ މުބާރާތުގެ 48 ޓީމު ބައިވެރިވާއިރު، މުބާރާތާ ގުޅިގެން ކުރާ ޕޯސްޓުތައް ވެސް އިންތިހާ އަށް އިތުރުވެފައިވާ ކަމަށެވެ. 

ފީފާފީފާ ވާރލްޑް ކަޕް 2026ސޯޝަލް މީޑިއާނަސްލީ ހަމަލާ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!

02 ޖުލައި 2026
ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!
02 ޖުލައި 2026

ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި

02 ޖުލައި 2026
ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި
02 ޖުލައި 2026

ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް

02 ޖުލައި 2026
ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް
02 ޖުލައި 2026

ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް

02 ޖުލައި 2026
ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް
02 ޖުލައި 2026

15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް

02 ޖުލައި 2026
15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް
01 ޖުލައި 2026

ޖަރުމަނުވިލާތުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ސަބަބު ފީފާއިން ހާމަކޮށްފި

01 ޖުލައި 2026
ޖަރުމަނުވިލާތުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ސަބަބު ފީފާއިން ހާމަކޮށްފި
01 ޖުލައި 2026

ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި

01 ޖުލައި 2026
ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި
01 ޖުލައި 2026

އެކުއެޑޯ ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ގަަދަ 16 އަަށް

01 ޖުލައި 2026
އެކުއެޑޯ ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ގަަދަ 16 އަަށް
01 ޖުލައި 2026

އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް

01 ޖުލައި 2026
އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް
01 ޖުލައި 2026

ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް

01 ޖުލައި 2026
ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް