Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!

2 ޖުލައި 2026 | ބުރާސްފަތި 08:17

އެ ޚަބަރު ލިބުމާ އެކު، އެ ތަނުގައި ތިބި ނޫސްވެރިންނާ މުޚާތަބުކޮށް "ޝުކުރިއްޔާ" ބުނުމަށް ފަހު ޑެސަބްރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފައި. ޑެސަބްރޭގެ ބައްޕަ މަރުވި ކަމުގެ ޚަބަރާ އެކު، ކޮންގޯގެ ސަޕޯޓަރުން އަންނަނީ އޭނާގެ އާއިލާ އަަށް ތައުޒިޔާ ފޮނުވަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2026 | ބުރާސްފަތި 08:17
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑެސަބްރޭ އަށް ބައްޕަގެ މަރުގެ ޚަބަރު ލިބުނު ވަގުތު ބަލަހައްޓައިގެން.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑެސަބްރޭ އަށް ބައްޕަގެ މަރުގެ ޚަބަރު ލިބުނު ވަގުތު ބަލަހައްޓައިގެން. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑު އަތުން ބަލިވެ ކޮންގޯ މުބާރާތުން ކެޓި މެޗަށް ފަހު، އޭނާގެ ބައްޕަ މަރުވެފައިވާ ކަމުގެ ޚަބަރު ކޮންގޯގެ ކޯޗު ސެބަސްޓިއަން ޑެސަބްރޭ އަށް ލިބުމާ އެކު ނޫސްވެރިންގެ ބައްދަލުވުން ދޫކޮށްލައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އިންގްލެންޑުން ވަނީ 2-1 އިން ކޮންގޯ ބަލިކޮށްފައި އެވެ. ނަމަވެސް، ކޮންގޯ އިން އެ މެޗުގައި ތަފާތު ހިތްވަރެއް ދެއްކި އެވެ. މެޗުގެ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ކޮންގޯ އިން ލީޑު ނެގިިއިރު، އެ ޓީމުން އިތުރު ލަނޑު ޖަހަން ވެސް ފުރުސަތު ހޯދި އެވެ. ނަމަވެސް، 15 މިނެޓުގެ ތެރޭގައި ހެރީ ކޭން ޖެހި ދެ ލަނޑާ އެކު ކޮންގޯ ވަނީ ކަޓައިފަ އެވެ.

އެ މެޗަށް ފަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގޯގެ ކޯޗު ޑެސަބްރޭ ވަނީ ބައިވެރިވެފައި އެވެ. އަދި ވަކި ހިސާބަކުން ޕްރެސްގައި ހިމެނޭ އެހެން މީހަކު ވަނީ، ޑެސަބްރޭގެ ބައްޕަ މަރުވެފައިވާ ކަމުގެ ވާހަކަ އިއުލާން ކޮށްފައި އެވެ. އަދި އެއާ އެކު ނޫސްވެރިންގެ ބައްދަލުވުން މެދު ކަނޑާލުމަށް ވެސް ވަނީ އެދިފައި އެވެ. 

އެ ޚަބަރު ލިބުމާ އެކު، އެ ތަނުގައި ތިބި ނޫސްވެރިންނާ މުޚާތަބުކޮށް "ޝުކުރިއްޔާ" ބުނުމަށް ފަހު ޑެސަބްރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފައި އެވެ. ޑެސަބްރޭގެ ބައްޕަ މަރުވި ކަމުގެ ޚަބަރާ އެކު، ކޮންގޯގެ ސަޕޯޓަރުން އަންނަނީ އޭނާގެ އާއިލާ އަަށް ތައުޒިޔާ ފޮނުވަމުންނެވެ. 

އުމުރުން 49 އަހަރުގެ ޑެސަބްރޭ އަކީ ފްރާންސް އަށް ނިސްބަތްވާ މީހެކެވެ. ބައްޕަ މަރުވި ޚަބަރާ އެކު، ޑެސަބްރޭ ވަނީ ވަގުތުން އެނބުރި ޤައުމަށް ގޮސްފައި އެވެ. ކޮންގޯގެ ކޯޗަކަށް އޭނާ ހަމަޖައްސާފައި ވަނީ 2022 ވަނަ އަހަރު އެވެ. މިއީ ކޮންގޯ އިން އަލަށް ވޯލްޑް ކަޕްގައި ވާދަ ކުރި ފަހަރު ކަމަށްވާއިރު، އެ ޓީމުން ވަނީ ހައިރާން ކުރުވަނިވި ނަތީޖާ ތަކެއް ނެރެފައި އެވެ.

ފީފާ ވާރލްޑް ކަޕް 2026ކޮންގޯ ޤައުމީ ފުޓުބޯޅަ ޓީމުސެބަސްޓިއަން ޑެސަބްރޭ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
02 ޖުލައި 2026

ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!

02 ޖުލައި 2026
ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!
02 ޖުލައި 2026

ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި

02 ޖުލައި 2026
ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި
02 ޖުލައި 2026

ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް

02 ޖުލައި 2026
ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް
02 ޖުލައި 2026

ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް

02 ޖުލައި 2026
ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް
02 ޖުލައި 2026

15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް

02 ޖުލައި 2026
15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް
01 ޖުލައި 2026

ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި

01 ޖުލައި 2026
ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި
01 ޖުލައި 2026

އެކުއެޑޯ ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ގަަދަ 16 އަަށް

01 ޖުލައި 2026
އެކުއެޑޯ ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ގަަދަ 16 އަަށް
01 ޖުލައި 2026

އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް

01 ޖުލައި 2026
އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް
01 ޖުލައި 2026

ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް

01 ޖުލައި 2026
ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް