Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވަރލްޑް ކަޕް 2026

އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު

3 ޖުލައި 2026 | ހުކުރު 06:12

މިއީ 1954 ވަނަ އަހަރުގެ މުބާރާތުގެ ކުއަޓަރ ފައިނަލްގައި ވާާދަ ކުރި ފަހުން، ސްވިޒަލެންޑަށް މުބާރާތުގެ ނޮކްއައުޓް ބުރުން ހޯދުނު ފުރަތަމަ މޮޅު. އޭގެ ފަހުން ސްވިޒަލެންޑު ވަނީ ގުރޫޕް ސްޓޭޖު ނުވަތަ ގަދަ 16 އިން ކަޓާފައި. މިފަހަރުގެ މުބާރާތުގެ ގަދަ 16 ގައި ސްވިޒަލެންޑުން ނިކުންނާނީ ކޮލަމްބިއާ އާއި ގާނާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2026 | ހުކުރު 06:12
މެޗުގައި ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވަރލްޑް ކަޕްގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްވިޒަލެންޑުން މުބާރާތުން ގަދަ 16 އިން ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ހެނދުނު ކުޅުނު މެޗު ސްވިޒަލެންޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލެންޑުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާާފުގައި އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސްވިޒަލެންޑަށް ޖަހައިދިނީ ބްރީލް އެމްބޯލޯ އެވެ. އެއީ ޔޯހާން މަންޒަމްބީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

އޭގެ ފަހުން ވެސް މެޗުގައި އިތުރު ލަަނޑު ޖަހަން ސްވިޒަލެންޑަށް ވަނީ ރަނގަޅު ފުރުސަތު ތަކެއް ލިބިފައި އެވެ. ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ސްވިޒަލެންޑުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑަން އެންޑޯޔޭ އެވެ.

މެޗުގައި ލަނޑު ޖަހަން އަލްޖީރިއާ އަށް ވެސް ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް، އެ ޓީމަށް އެކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. މެޗުން ބަލިވެ އަލްޖީރިއާ އަށް ވަނީ ވޯލްޑް ކަޕް ނިމިފައި އެވެ.

މިއީ 1954 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާާދަ ކުރި ފަހުން، ސްވިޒަލެންޑަށް މުބާރާތުގެ ނޮކްއައުޓް ބުރުން ހޯދުނު ފުރަތަމަ މޮޅެވެ. އޭގެ ފަހުން ސްވިޒަލެންޑު ވަނީ ގުރޫޕް ސްޓޭޖު ނުވަތަ ގަދަ 16 އިން ކަޓައިފަ އެވެ. މިފަހަރުގެ މުބާރާތުގެ ގަދަ 16 ގައި ސްވިޒަލެންޑުން ނިކުންނާނީ ކޮލަމްބިއާ އާއި ގާނާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ފީފާ ވަރލްޑް ކަޕް 2026ސްވިޒަލެންޑު ޤައުމީ ފުޓުބޯޅަ ޓީމުއަލްޖީރިއާ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

03 ޖުލައި 2026

ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ

03 ޖުލައި 2026
ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ
03 ޖުލައި 2026

އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް

03 ޖުލައި 2026
އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް
02 ޖުލައި 2026

އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!

02 ޖުލައި 2026
އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!
02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
02 ޖުލައި 2026

ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!

02 ޖުލައި 2026
ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!
02 ޖުލައި 2026

ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި

02 ޖުލައި 2026
ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި
02 ޖުލައި 2026

ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް

02 ޖުލައި 2026
ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް
02 ޖުލައި 2026

ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް

02 ޖުލައި 2026
ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް
02 ޖުލައި 2026

15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް

02 ޖުލައި 2026
15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް
01 ޖުލައި 2026

ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި

01 ޖުލައި 2026
ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް