Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ސްޓާމާ ޕޮޕް ކޯން ބެއްސެވުމުގައި

މިދިޔަ ހޯމަ ދުވަހު ބޮޑު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ކުރެއްވި މި ޒިޔާރަތަކީ އާންމުންގެ މެދުގައި ބޮޑު ސަމާލު ކަމެއް ލިބުނު ކަމެއް. ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރަން ފެށި މި އައު ސްކީމުގެ ދަށުން، އާއިލާ ތަކަށް ހޫނު މޫސުމުގެ ޗުއްޓީގައި ކުރާ ޚަރަދުތައް ކުޑަ ކުރުމަށްޓަކައި ގިނަ ލުއި ތަކެއް ވަނީ ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖޫން 2026 | ހޮނިހިރު 06:56
ސްކޫލު ކުދިންނަށް ޕޮޕް ކޯން ބެހުމުގެ ޙަރަކާތެއްގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ބައިވެރިވެ ވަޑައިގަންނަވަނީ.

ސްކޫލު ކުދިންނަށް ޕޮޕް ކޯން ބެހުމުގެ ޙަރަކާތެއްގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ބައިވެރިވެ ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، މިލްޓަން ކީންސްގެ ސިނަމާ އަކަށް ޒިޔާރަތް ކުރައްވައި ސްކޫލް ކުދިންނަށް ޕޮޕް ކޯން ބެއްސެވުމުގައި ޙަރަކާތްތެރިވެ ވަޑައިގެންފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޯޑިއަން ސިނަމާގައި ބޭއްވި މި ހަރަކާތަކީ، އެ ގައުމުގައި އަލަށް ތައާރަފްކުރި "ގްރޭޓް ބްރިޓިޝް ސަމަރ ސޭވިންގްސް" ސްކީމް އިޝްތިހާރު ކުރުމަށް ބޭއްވި ހަރަކާތެކެވެ. މި ޒިޔާރަތުގައި ބޮޑު ވަޒީރު ވަނީ ސަމަރފީލްޑް ޕްރައިމަރީ ސްކޫލްގެ ދަރިވަރުންނާ ބައްދަލު ކުރައްވައި، އެ ކުދިންނަށް ޚިދުމަތް ދެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައި އެވެ.

މިދިޔަ ހޯމަ ދުވަހު ބޮޑު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ކުރެއްވި މި ޒިޔާރަތަކީ އާންމުންގެ މެދުގައި ބޮޑު ސަމާލު ކަމެއް ލިބުނު ކަމެކެވެ. ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރަން ފެށި މި އައު ސްކީމުގެ ދަށުން، އާއިލާ ތަކަށް ހޫނު މޫސުމުގެ ޗުއްޓީގައި ކުރާ ޚަރަދުތައް ކުޑަ ކުރުމަށްޓަކައި ގިނަ ލުއި ތަކެއް ވަނީ ދީފައި އެވެ. މީގެ ތެރޭގައި ރެސްޓޯރަންޓު ތަކުން ކުޑަކުދިންނަށް ދޭ ކެއުން ތަކުގެ އަގު ހެޔޮ ކުރުމާއި، އާއިލީ ދަތުރު ތަކަށް ހާއްސަ ޑިސްކައުންޓުތައް ހިމެނެ އެވެ.

މި ސްކީމުގެ ދަށުން އިނގިރޭސިވިލާތް، ވޭލްސް، ސްކޮޓްލޭންޑް އަދި ނޮދަން އަޔަލޭންޑްގައި ހިމެނޭ މުނިފޫހި ފިލުވުމުގެ ހަރަކާތް ތަކުން ނަގާ ވެލިއު އެޑެޑް ޓެކްސް ނުވަތަ ވެޓް ވަނީ 20 އިންސައްތަ އިން ފަސް އިންސައްތަ އަށް ދަށްކޮށްފައި އެވެ. މީގެ ސަބަބުން އާއިލާ ތަކަށް ހަފުތާ ބަންދުތަކާއި، ޗުއްޓީ ދުވަސްވަރު ބޭރަށް ގޮސް އުފާވެރި ވަގުތުތައް ހޭދަ ކުރުމަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމަކީ ހަމައެކަނި ބިލުތައް ދެއްކުން ނޫން ކަމަށާއި، އެއީ އާއިލާ އާއެކު ހޭދަކުރާ މުހިންމު ވަގުތު ތަކަށް ކުރާ އަސަރެއް ކަމަށެވެ. ގިނަ ބެލެނިވެރިންނަށް ގޭބިސީގެ ބަޖެޓަށް އޮންނަ ފިއްތުން ތަކުގެ ސަބަބުން ސިނަމާ އަށް ދިއުމާއި، އާއިލީ ކެއުން ތަކަށް ދިއުން ފަދަ ކަންކަމަށް ހުރަސް އެޅިފައިވާ ކަމަށާއި، މި ހޫނު މޫސުމުގައި ވެޓް ކުޑަކުރަން ނިންމީ އެ ސަބަބަށްޓަކައި ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.

މި ސްކީމުގެ ސަބަބުން އާއިލާ ތަކަށް ފައިދާވުމުގެ އިތުރުން، ވިޔަފާރި ތަކަށް ލިބޭ އާމްދަނީ އިތުރުވެ، އިގްތިސާދަށް ވެސް ކުރިއެރުން ލިބޭނެ އެވެ. މިހާރު ވެސް ޤައުމުގެ ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރި ތަކުން ވަނީ މި ސްކީމުގައި ބައިވެރިވެފައި އެވެ. މީގެ ތެރޭގައި މަޝްހޫރު ސިނަމާ ތަކެއް ކަމަށްވާ ވިއު، އެވްރީމަން އަދި ޕިކްޗަރހައުސްގެ އިތުރުން ބަޓްލިންސް، ވެދަރސްޕޫންސް އަދި ޝެޕަރޑް ނީމް ފަދަ ތަންތަން ހިމެނެ އެވެ.

މި ލުއި ތަކުގެ ދަށުން ރެސްޓޯރަންޓު ތަކުގެ ކުޑަކުދިންގެ މެނޫތަކާއި، ސިނަމާ، ތިއޭޓަރު، ކޮންސަރޓް އަދި މިއުޒިއަމް ފަދަ ތަންތަނުގެ ޓިކެޓު އަގުތައް ވަނީ ބޮޑު ތަނުން ހެޔޮކޮށްފައި އެވެ. މީގެ އިތުރުން، އޯގަސްޓު މަހުގެ އެއްކޮޅުން އަނެއްކޮޅަށް، އިނގިރޭސިވިލާތުގެ ކުޑަކުދިންނަށް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ވެސް ސަރުކާރުން ވަނީ ހަމަޖައްސާފައި އެވެ. މި ކެމްޕޭނަށް ބްރިޓިޝް ޗެމްބަރސް އޮފް ކޮމާސް އާއި ފެޑަރޭޝަން އޮފް ސްމޯލް ބިޒްނަސަސް ފަދަ މުހިންމު އިދާރާ ތަކުން ވަނީ ތާއީދު ކޮށްފައި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

26 ޖޫން 2026

އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟

26 ޖޫން 2026
އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟
26 ޖޫން 2026

ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން

26 ޖޫން 2026
ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން
26 ޖޫން 2026

ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް

26 ޖޫން 2026
ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް
26 ޖޫން 2026

ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!

26 ޖޫން 2026
ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!
25 ޖޫން 2026

ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

25 ޖޫން 2026
ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
25 ޖޫން 2026

މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!

25 ޖޫން 2026
މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!
25 ޖޫން 2026

ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް

25 ޖޫން 2026
ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު