Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕާކިސްތާން

އިންސާނުންގެ ޕްލެސެންޓާގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ޕާކިސްތާނުން އަތުލައިގެންފި

3 ޖުލައި 2026 | ހުކުރު 13:28

ޕާކިސްތާނުގެ ހޮސްޕިޓަލްތަކުން އިންސާނުންގެ ޕްލެސެންޓާ ގަނެ، އެ ބޭނުންކޮށްގެން އުމުރުން ދުވަސްވުން ހުއްޓުވައިދޭ އިންޖެކްޝަން އުފައްދާ ބައިނަލްއަގުވާމީ ނެޓްވޯކެއް އެ ގައުމުގެ ފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީން އަތުލައިގެންފި. މި މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، ވިއެޓްނާމަށް ފޮނުވަން ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ މަސް ވެސް ވަނީ އަތުލައިގެންފަ.

ރާއްޖެ އެމްވީ | 3 ޖުލައި 2026 | ހުކުރު 13:28
މާބަނޑު ދުވަސްވަރު ކުއްޖާއަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދޭ މަހާއި (ޕްލެސެންޓާ) ފޫޅުދަނޑި.

މާބަނޑު ދުވަސްވަރު ކުއްޖާއަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދޭ މަހާއި (ޕްލެސެންޓާ) ފޫޅުދަނޑި. | ގެޓީ އިމޭޖަސް

އިންސާނުންގެ ޕްލެސެންޓާ (މަސް) ބޭނުންކޮށްގެން އުމުރުން ދުވަސްވުން ހުއްޓުވައިދޭ ނުވަތަ "އެންޓި-އޭޖިން" އިންޖެކްޝަން އުފެއްދުމަށްޓަކައި، ހޮސްޕިޓަލްތަކުން އެތަކެތި ވަގަށް ހޯދާ ބޭރުކުރާ ނެޓްވޯކެއްގެ މައްސަލަ ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފި އެވެ.

ޕާކިސްތާނުގެ ފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފް.އައި.އޭ) އިން ތުހުމަތުކުރާ ގޮތުގައި، މި ގްރޫޕުން މަހަކު ގާތްގަނޑަކަށް 200 ކިލޯގެ ޕްލެސެންޓާ އެކި ހޮސްޕިޓަލްތަކުން ގަނެ އެވެ. އެފް.އައި.އޭ އިން ބީބީސީ އުރުދޫ އަށް މައުލޫމާތު ދިން ގޮތުގައި، މި ތަކެތި ހިއްކައި ޕްރޮސެސް ކުރުމަށްފަހު ގައުމުން ބޭރަށް ފޮނުވުމުގެ މަސައްކަތް މި ގްރޫޕުން ކުރަމުންދެ އެވެ.

މިދިޔަ ހަފުތާގައި އިސްލާމްއާބާދުގައި ހިންގި ރޭޑެއްގައި، ގަވާއިދާ ހިލާފަށް ޕްލެސެންޓާ ޕްރޮސެސް ކުރާ މަރުކަޒަކުން 500 ކިލޯގެ މަސް ފެނިފައިވާއިރު، މި މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ އެޖެންސީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޕްލެސެންޓާ ރައްކާކޮށް ޕްރޮސެސް ކުރުމަށް ބޭނުންކުރާ މަރުކަޒަކަށް ބަދަލުކޮށްފައިވާ ގެއެއްގެ ތެރޭގައި، ޓްރޮލީތަކެއްގެ މަތީގައި ހިއްކާފައިވާ މަސްތައް އަތުރާފައި ހުއްޓެވެ.

މީގެ އިތުރުން، ވިއެޓްނާމަށް ފޮނުވުމަށް ތައްޔާރުކޮށްފައި އޮތް 100 ކިލޯގެ މަސް، އިސްލާމްއާބާދު އެއާޕޯޓުން ބުދަ ދުވަހު އެފް.އައި.އޭގެ އޮފިޝަލުން ވަނީ އަތުލައިގެންފަ އެވެ.

ޕާކިސްތާނުގެ ހިއުމަން އޯގަން ޓްރާންސްޕްލާންޓް އޮތޯރިޓީގެ އޮފިސަރެއް ކަމަށްވާ ހީނާ ކަންވަލް ވިދާޅުވި ގޮތުގައި، ހައްޔަރުކުރި ފަސް މީހުން ޕްލެސެންޓާ ގަނެފައިވަނީ އިސްލާމްއާބާދާއި ރާވަލްޕިންޑީގެ ހޮސްޕިޓަލްތަކުންނެވެ. އެމީހުން ކޮންމެ ޕްލެސެންޓާ އެއް ގަނެފައިވަނީ ގާތްގަނޑަކަށް 800 ރުޕީސް (2.90 ޑޮލަރު) އަށެވެ.

އެފް.އައި.އޭ އިން ހާމަކުރި ގޮތުގައި، މި ތަކެތި ބޭރަށް އެކްސްޕޯޓް ކުރަނީ އުމުރުން ދުވަސްވުން ހުއްޓުވައިދޭ އިންޖެކްޝަން އުފެއްދުމަށެވެ. އަދި މިގޮތަށް އުފައްދާ ކޮންމެ އިންޖެކްޝަނެއްގެ އަގު 700,000 ރުޕީސް (2,530 ޑޮލަރު) އަށް އަރާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ނެޓްވޯކުގެ ހަރަކާތްތައް ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ލާހޯރު، ޕެޝާވަރު އަދި ރާވަލްޕިންޑީ ފަދަ ބޮޑެތި ސިޓީތަކަށް ފެތުރިފައިވާ ކަމަށް އެފް.އައި.އޭ އިން ގަބޫލުކުރެ އެވެ. އަދި މި ޖަރީމާގައި އިމިގްރޭޝަން އޮފިސަރުންނާއި، ކުނި މެނޭޖްކުރާ ކުންފުނިތަކާއި ހޮސްޕިޓަލްތަކުގެ ބައިވެރިވުން އޮތްތޯ ބެލުމަށް ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ވިޔަފާރީގެ ބޭނުމަށް އިންސާނުންގެ ގުނަވަންތައް ނަގައި ބޭނުންކުރާ ފަރާތްތަކަށް ޕާކިސްތާނުގެ ގާނޫނުގެ ދަށުން 10 އަހަރާ ހަމައަށް ޖަލު ހުކުމެއް އައުމާއެކު، އެއް މިލިއަން ރުޕީސްއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.

އެފް.އައި.އޭގެ އޮފިޝަލަކު ބީބީސީ އުރުދޫ އަށް ވިދާޅުވީ، މީގެ ކުރިން ވެސް ގަވާއިދާ ހިލާފަށް އިންސާނުންގެ ގުނަވަންތައް ބަދަލުކުރުމުގެ މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. ނަމަވެސް، މިއީ އިންސާނުންގެ ޕްލެސެންޓާގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް އަތުލައިގަނެވުނު ފުރަތަމަ ފަހަރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޕާކިސްތާނުގެ އަންހެނުންގެ ބަލިތަކާބެހޭ ޑޮކްޓަރެއް ކަމަށްވާ ސަދަފް ތާރިގު ވިދާޅުވި ގޮތުގައި، މަހަކީ ބަލިމަޑުކަން ފެތުރުމުގެ ނުރައްކާ ބޮޑު މެޑިކަލް ކުަންޏެއް ކަމަށްވާތީ، އެ ތަކެތި ނައްތާލުމުގައި ހަރުކަށި އުސޫލުތަކެއް ކަނޑައެޅިފައިވެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ޕާކިސްތާނުގައި ވެސް އާންމު އުސޫލަކީ، ދަރިފުޅު ވިހެއުމަށްފަހު މަސް ކްލިނިކަލް ކުނީގެ ގޮތުގައި އުކާލުމެވެ.

މިފަދަ ތަކެތި ނައްތާލުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ސަރުކާރުން ހުއްދަދީފައިވާ ކުންފުނިތަކަށެވެ. އަދި ހޮސްޕިޓަލްތަކުން މި ތަކެތި ނައްތާލާ ގޮތުގެ ފުރިހަމަ ރެކޯޑްތައް ބަލަހައްޓަން ޖެހެ އެވެ.

މަހަކީ މާބަނޑު ދުވަސްވަރު ރަހިމުގެ ތެރޭގައި އުފެދި، ދަރިފުޅަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދޭ ވަގުތީ ގުނަވަނެކެވެ. މީގެ މައިގަނޑު ބޭނުން ނިމުމަކަށް އަންނަނީ ވިހެއުމުގެ ތެރޭގައި މައިމީހާގެ ހަށިގަނޑުން އެ ބޭރުވުމުންނެވެ.

ނަމަވެސް، ޕްރޮޓީން، ދަގަނޑު އަދި ފެޓް ގިނަ އަދަދަކަށް އެކުލެވޭ ޕްލެސެންޓާ އަކީ ބޮޑެތި މީހުންނަށް ވެސް ފައިދާހުރި އެއްޗެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އަދި މަސް ބޭނުންކޮށްގެން އުފައްދާ ގުޅަ ބޭހާއި އިންޖެކްޝަނަކީ ހަށިގަނޑުގެ ސެލްތައް އާލާކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެހެންނަމަވެސް، މިކަމުގެ ފަހަތުގައިވާ ސައިންޓިފިކް ހެކިތަކާއި، މިކަމާ ގުޅޭ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި އަމަލުކުރާ ގަވާއިދުތައް ތަފާތެވެ.

ޕާކިސްތާންފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީމަސް

އިތުރަށް ކިޔާލަން

03 ޖުލައި 2026

ޕާކިސްތާނުގައި މީހުން ތޮއްޖެހިފައިވާ ބަހެއް ފުރޮޅާލައިގެން ވެއްޓި 40 މީހުން މަރުވެއްޖެ

03 ޖުލައި 2026
ޕާކިސްތާނުގައި މީހުން ތޮއްޖެހިފައިވާ ބަހެއް ފުރޮޅާލައިގެން ވެއްޓި 40 މީހުން މަރުވެއްޖެ
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
30 ޖޫން 2026

ޕާކިސްތާނުގައި ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި 14 ކުއްޖަކު މަރުވެއްޖެ

30 ޖޫން 2026
ޕާކިސްތާނުގައި ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި 14 ކުއްޖަކު މަރުވެއްޖެ
27 ޖޫން 2026

އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި

27 ޖޫން 2026
އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި
25 ޖޫން 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް

25 ޖޫން 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް
22 ޖޫން 2026

އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ

22 ޖޫން 2026
އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ
21 ޖޫން 2026

އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން

21 ޖޫން 2026
އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން
20 ޖޫން 2026

ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ

20 ޖޫން 2026
ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ
18 ޖޫން 2026

އެމެރިކާ އާއި އީރާންގެ އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާންގެ ބޮޑު ވަޒީރު ކުރެއްވި ފުރަތަމަ ޕޯސްޓު ޑިލީޓު ކުރައްވައިފި

18 ޖޫން 2026
އެމެރިކާ އާއި އީރާންގެ އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާންގެ ބޮޑު ވަޒީރު ކުރެއްވި ފުރަތަމަ ޕޯސްޓު ޑިލީޓު ކުރައްވައިފި
15 ޖޫން 2026

އެމެރިކާާ އާއި އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ، ހުކުރު ދުވަހު ރަސްމީކޮށް ސޮއި ކުރަނީ

15 ޖޫން 2026
އެމެރިކާާ އާއި އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ، ހުކުރު ދުވަހު ރަސްމީކޮށް ސޮއި ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް