Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް

ޕާކިސްތާނުގެ މެދުވެރިވުމާއެކު އެމެރިކާއާއެކު އެކުލަވައިލި "އިސްލާމްއާބާދު އެމް.އޯ.ޔޫ" އަކީ އީރާނުގެ ސާބިތުކަމުގެ ނަތީޖާ ކަމަށާއި، މިއީ އެމެރިކާ ބަލިވިކަން އިއުލާނުކުރި ލިޔުމެއް ކަމަށް އީރާނުގެ މަޝްވަރާ ޓީމުގެ އިސްވެރިޔާ މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެ. މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންވާނީ އެ ސަރަހައްދުގެ ގައުމުތަކުން ގުޅިގެން ކަމަށް ފާހަގަކުރައްވަމުން، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަކީވެސް އީރާނަށް ނުހަނު މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި. ސަރަހައްދީ މަސްލަހަތު ދެމެހެއްޓުމުގައި އެއްބަޔަކު އަނެއްބަޔަކު ނައްތާލުމުގެ ބަދަލުގައި، އެކުގައި އުޅުމުގެ ސިޔާސަތު އިސްކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައި.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 05:35
ސްވިޒަރލޭންޑްގެ ލޫސާން ކައިރީގައިވާ އޮބްބާގަންގެ ބާގަންސްޓޮކް ރިސޯޓުގައި، 2026 ޖޫން 21 ވަނަ ދުވަހު އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވަޑައިގަންނަވަނީ.

ސްވިޒަރލޭންޑްގެ ލޫސާން ކައިރީގައިވާ އޮބްބާގަންގެ ބާގަންސްޓޮކް ރިސޯޓުގައި، 2026 ޖޫން 21 ވަނަ ދުވަހު އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވަޑައިގަންނަވަނީ. | އޭއެފްޕީ

މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ، އެމެރިކާ ބަލިވިކަން އިއުލާނުކުރުން ކަމަށް އީރާނުގެ މަޝްވަރާ ޓީމުގެ އިސްވެރިޔާ މުޙައްމަދު ބާގިރު ގާލީބާފް ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ މެދުވެރިވުމާއެކު އެކުލަވައިލި އެއްބަސްވުމަށް އިޝާރާތްކުރައްވައި ގާލީބާފް ވިދާޅުވީ، "އިސްލާމްއާބާދު އަންޑަސްޓޭންޑިންގް" އަކީ އެއްވެސް ފިއްތުމެއް ނުވަތަ މަޖުބޫރުކުރުމެއްގެ ނަތީޖާއެއް ނޫން ކަމަށެވެ. އަދި އެއީ އީރާނުގެ ހިތްވަރުގަދަ ރައްޔިތުން ދެއްކި ސާބިތުކަމާއި ބާރުގެ ނަތީޖާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެ ސަބަބަށްޓަކައި، އިސްލާމްއާބާދު އެމް.އޯ.ޔޫ ވެގެން ގޮސްފައިވަނީ އެމެރިކާ ބަލިވިކަން އިއުލާނުކުރި ލިޔުމަކަށް،" ގާލީބާފް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންވާނީ އެ ސަރަހައްދުގެ ގައުމުތަކުން ކަމަށެވެ.

ގާލީބާފް މިހެން ވިދާޅުވީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބުދަ ދުވަހު ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުން އީރާނުގެ ގައުމީ ޓީވީން ވަނީ ވަގުތުން ދައްކާފައެވެ.

ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާލީބާފް ވިދާޅުވީ، އެ ސަރަހައްދުގެ މުސްތަގުބަލު ފެންނަނީ ކުރިމަތިލުންތަކުގެ ތެރެއިން ނޫން ކަމަށާއި، ނަމަވެސް އެއީ ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން ކަމަށެވެ. އަދި އެއީ އެއްބަޔަކު އަނެއްބަޔަކު ނައްތާލުން ނޫން ކަމަށާއި، އެކުގައި އުޅުމުގެ ސިޔާސަތު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ އިސް މަޝްވަރާވެރިޔާ އިތުރަށް ވިދާޅުވީ، ވޮޝިންގޓަނާއެކު ފައިނަލް އެއްބަސްވުމަކަށް އައުމުގައި ލުބުނާނުގެ ސުލްހައަކީ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، އީރާނަށް ހަނގުރާމަ ހުއްޓާލުން މުހިންމުވި ފަދައިން، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަކީވެސް އީރާނަށް އެހާމެ މުހިންމު ކަމެއް ކަމަށެވެ. އަދި އީރާނުގެ ހަނގުރާމަ ނިމުމަކަށް އައުން މުހިންމުވި މިންވަރަށް، ލުބުނާނުގެ ހަނގުރާމަ ނިމުމަކަށް އައުންވެސް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާން-އެމެރިކާމުހައްމަދު ބާގިރު ގަލިބާފްޕާކިސްތާންލުބުނާން

އިތުރަށް ކިޔާލަން

25 ޖޫން 2026

އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން

25 ޖޫން 2026
އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން
24 ޖޫން 2026

އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ލުބުނާނުގައި ދެ މީހަކު މަރު

24 ޖޫން 2026
އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ލުބުނާނުގައި ދެ މީހަކު މަރު
24 ޖޫން 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި

24 ޖޫން 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި
24 ޖޫން 2026

ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް

24 ޖޫން 2026
ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް
24 ޖޫން 2026

މިސައިލް ނެތް ނަމަ، ޣައްޒާ ގޮތަށް އަހަރަމެން ވެސް ފުނޑު ފުނޑު ވާނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

24 ޖޫން 2026
މިސައިލް ނެތް ނަމަ، ޣައްޒާ ގޮތަށް އަހަރަމެން ވެސް ފުނޑު ފުނޑު ވާނެ: އީރާންގެ ރައީސް ޕެޒެޝްކިއާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު