Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ޕާކިސްތާން

އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ޕާކިސްތާނުން އަދާކުރި މުހިންމު ދައުރަށް ޝުކުރު އަދާކުރެއްވުމަށް، އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަންގާރަ ދުވަހު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާއިރު، މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނޭ.

ރާއްޖެ އެމްވީ | 22 ޖޫން 2026 | ހޯމަ 16:32
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، 2026 ޖޫން 22 ވަނަ ދުވަހު އިސްލާމްއާބާދުގެ މަގެއްގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި ރައީސް އާސިފް އަލީ ޒަރުދާރީގެ ފޮޓޯފުޅުތައް ހިމެނޭ އިލެކްޓްރޯނިކް ބޯޑެއް ބަހައްޓާފައި.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، 2026 ޖޫން 22 ވަނަ ދުވަހު އިސްލާމްއާބާދުގެ މަގެއްގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި ރައީސް އާސިފް އަލީ ޒަރުދާރީގެ ފޮޓޯފުޅުތައް ހިމެނޭ އިލެކްޓްރޯނިކް ބޯޑެއް ބަހައްޓާފައި. | ގެޓީ އިމޭޖަސް

އީރާނާއި އެމެރިކާއާ ދެމެދު ސްވިޒަލޭންޑުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ޕާކިސްތާނާއި ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވަނިކޮށް، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަންގާރަ ދުވަހު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އީރާނުގެ ރައީސްގެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރު ހަބީބުﷲ އައްބާސީއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ ނޫސް އެޖެންސީ "އިރްނާ" އިން ބުނެފައިވަނީ، މި ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވި ކަމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ޝުކުރު އަދާކުރެއްވުން ކަމަށެވެ.

ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ، އީރާނުގެ އިސް މަންދޫބުންނާއި އެމެރިކާގެ އޮފިޝަލުންނާ ދެމެދު ސްވިޒަލޭންޑުގައި ކުރިއަށްދިޔަ ދިގުދެމިގެންދިޔަ މަޝްވަރާތަކަށްފަހު ކުރައްވާ ދަތުރުފުޅެކެވެ.

އީރާން-އެމެރިކާޕާކިސްތާންމަސްޢޫދު ޕެޒެޝްކިއަންޝެހްބާޒް ޝަރީފް އީރާން-ޕާކިސްތާން

އިތުރަށް ކިޔާލަން

22 ޖޫން 2026

އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި

22 ޖޫން 2026
އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!
21 ޖޫން 2026

ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ

21 ޖޫން 2026
ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު