Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ބަންނޫ ޑިސްޓްރިކްޓްގައި ދިން ދެ ބޮމުގެ ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވި ނަމަވެސް، މިއީ ހަނގުރާމަވެރި ޓީޓީޕީން ދިން ހަމަލާތަކެއް ކަމަށް ބެލެވޭ. މިފަދަ ހަމަލާތައް އިތުރުވަމުންދާތީ ޕާކިސްތާނުން އަފްޣާނިސްތާނަށް ތުހުމަތުތަކެއް ކުރަމުންދާއިރު، މީގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވެ އަސްކަރީ ކުރިމަތިލުންތަކަކަށް ވަނީ މަގުފަހިވެފައިވޭ. ނަމަވެސް އަފްޣާން ސަރުކާރުން ވަނީ އެ ގައުމުގެ ބިން ހަނގުރާމަވެރިން ބޭނުންކުރާ ކަމަށް ބުނާ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފައި.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 07:33
ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތައް ހުންނަ ރާވަލްޕިންޑީގެ ކާރޫބާރޫ ބޮޑު ބަސް ޓާމިނަލެއްގެ ކައިރީގައި، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވީ ހުކުރު ދުވަހު މަގުމަތީގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލުމާ ގުޅިގެން، އެ ސަރަހައްދުގައި ޕާކިސްތާނުގެ ތަހުގީގީ އިދާރާތަކުން ހަރަކާތްތެރިވަމުންދަނީ. މި ބޮމުގެ ހަމަލާގައި ބައެއް މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައި.

ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތައް ހުންނަ ރާވަލްޕިންޑީގެ ކާރޫބާރޫ ބޮޑު ބަސް ޓާމިނަލެއްގެ ކައިރީގައި، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވީ ހުކުރު ދުވަހު މަގުމަތީގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލުމާ ގުޅިގެން، އެ ސަރަހައްދުގައި ޕާކިސްތާނުގެ ތަހުގީގީ އިދާރާތަކުން ހަރަކާތްތެރިވަމުންދަނީ. މި ބޮމުގެ ހަމަލާގައި ބައެއް މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައި. | އޭޕީ

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ހޮނިހިރު ދުވަހު ބުނެފިއެވެ.

ބަންނޫ ޑިސްޓްރިކްޓްގެ ފުލުހުންގެ އޮފިސަރެއް ކަމަށްވާ ޔާސިރު އަފްރީދީ ވިދާޅުވީ، އާންމުން ގޮވައިގެން ދަތުރުކުރި ޕިކަޕަކަށް އަމާޒުކޮށް ފުރަތަމަ ހަމަލާ ދީފައިވަނީ ރިމޯޓް ކޮންޓްރޯލް އައިއީޑީއެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އެ ހަމަލާގައި އަނިޔާވި މީހުން ކާރެއްގައި ހޮސްޕިޓަލަށް ގެންދަނިކޮށް، ދެވަނަ އައިއީޑީއެއް ގޮއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އިތުރު ތިން މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވި ނަމަވެސް، އެ ސަރަހައްދަކީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ވަރަށް ބޮޑަށް ހަރަކާތްތެރިވާ ސަރަހައްދެކެވެ.

ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އެ ގައުމުގައި ހަމަލާތައް އިތުރުވަމުންދަނީ އަވަށްޓެރި އަފްޣާނިސްތާނުގެ ސަބަބުންނެވެ.

ނަމަވެސް، އަފްޣާނިސްތާނުގެ ބިން ހަނގުރާމަވެރިންގެ ހާއްޔެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ ޕާކިސްތާނުން ކުރާ ތުހުމަތުތައް ކާބުލްގައި އޮތް ތާލިބާން ސަރުކާރުން ތަކުރާރުކޮށް ދޮގުކުރެއެވެ.

މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެ، ފާއިތުވި މަސްތަކުގައި ވަނީ ނުރައްކާތެރި ހަތިޔާރު އެޅި ކުރިމަތިލުންތަކަކަށް ބަދަލުވެފައެވެ. މީގެ ތެރޭގައި ޕާކިސްތާނުން އަފްޣާނިސްތާނުގެ ބައެއް ސިޓީތަކަށް ދިން ވައިގެ ހަމަލާތައްވެސް ހިމެނެއެވެ.

ޕާކިސްތާންޚައިބަރު ޕަޚްތުންޚުވާތަހްރީކޭ ތާލިބާން ޕާކިސްތާންޕާކިސްތާން-އަފްޣާނިސްތާންތާލިބާން

އިތުރަށް ކިޔާލަން

19 ޖޫން 2026

އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާތަކެއް ދީފި

19 ޖޫން 2026
އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާތަކެއް ދީފި
18 ޖޫން 2026

އެމެރިކާ އާއި އީރާންގެ އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާންގެ ބޮޑު ވަޒީރު ކުރެއްވި ފުރަތަމަ ޕޯސްޓު ޑިލީޓު ކުރައްވައިފި

18 ޖޫން 2026
އެމެރިކާ އާއި އީރާންގެ އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާންގެ ބޮޑު ވަޒީރު ކުރެއްވި ފުރަތަމަ ޕޯސްޓު ޑިލީޓު ކުރައްވައިފި
15 ޖޫން 2026

އެމެރިކާާ އާއި އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ، ހުކުރު ދުވަހު ރަސްމީކޮށް ސޮއި ކުރަނީ

15 ޖޫން 2026
އެމެރިކާާ އާއި އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ، ހުކުރު ދުވަހު ރަސްމީކޮށް ސޮއި ކުރަނީ
14 ޖޫން 2026

ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ

14 ޖޫން 2026
ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ
13 ޖޫން 2026

އެމެރިކާ އީރާން ސުލްހައިގެ އެންމެ ފަހުގެ ދެލިކޮޕީއަށް އެއްބަސްވެއްޖެ: ޕާކިސްތާން

13 ޖޫން 2026
އެމެރިކާ އީރާން ސުލްހައިގެ އެންމެ ފަހުގެ ދެލިކޮޕީއަށް އެއްބަސްވެއްޖެ: ޕާކިސްތާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު