Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން

21 ޖޫން 2026 | އާދީއްތަ 05:56

އެމެރިކާއާއެކު ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ސްވިޒަލޭންޑަށް ވަޑައިގެންފި. މި ދަތުރުފުޅުގައި އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ހައްގުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއިރު، އީރާނުގެ ޚާރިޖިއްޔާއިން ބުނީ މިއީ އާ އެއްބަސްވުމަކަށް ދިއުމުގެ ބަދަލުގައި ކުރީގެ ނިންމުންތައް ތަންފީޒުކުރުމަށް ބާރުއެޅުމަށް ކުރާ ދަތުރެއް ކަމަށް. ނަމަވެސް އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތަކާ ގުޅިގެން އެއްބަސްވުންތަކަށް ހުރަސްއެޅެމުންދާތީ، ރައްދުގައި އީރާނުން މިހާރު ވަނީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި.

ރާއްޖެ އެމްވީ | 21 ޖޫން 2026 | އާދީއްތަ 05:56
އިސްލާމީ ޖުމްހޫރިއްޔާ (އީރާން) އާއި އެމެރިކާއާ ދެމެދު ފަހުން ސޮއިކޮށްފައިވާ ފަހުމުނާމާގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް 2026 ޖޫން 20 ވާ ހޮނިހިރު ދުވަހު ސުވިޒަލޭންޑަށް ވަޑައިގެންފިއެވެ. ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލި މި ފަހުމުނާމާގައި ދެ ގައުމުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލީ މަސައްކަތްތައް ފެށުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައި.

އިސްލާމީ ޖުމްހޫރިއްޔާ (އީރާން) އާއި އެމެރިކާއާ ދެމެދު ފަހުން ސޮއިކޮށްފައިވާ ފަހުމުނާމާގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް 2026 ޖޫން 20 ވާ ހޮނިހިރު ދުވަހު ސުވިޒަލޭންޑަށް ވަޑައިގެންފިއެވެ. ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލި މި ފަހުމުނާމާގައި ދެ ގައުމުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލީ މަސައްކަތްތައް ފެށުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައި. | އައި އާރް އެން އޭ

އެމެރިކާ އާއި އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި، ޕާކިސްތާނު މެދުވެރިވެގެން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސްވިޒަލޭންޑަށް ކުރައްވާ ދަތުރުފުޅުގައި، އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ހައްގުގައި މަސައްކަތްކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އީރާނުގެ މަޖިލީހުގެ ރައީސް ދެއްވައިފިއެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް މިހެން ވިދާޅުވީ، އިރާން އާއި އެމެރިކާއާ ދެމެދު ދާދިފަހުން ސޮއިކުރި އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހޮނިހިރު ދުވަހު ޒިއުރިކަށް ވަޑައިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މިނާބަށް ދިން ހަމަލާތަކުގައި ސްކޫލް ކުދިން ހިމެނޭހެން 168 މީހުން ޝަހީދުވި ހާދިސާއަށް އިޝާރާތްކުރައްވައި ގާލީބާފް ވިދާޅުވީ، މިނާބުގެ މައުސޫމް ކުދިންނާއި އީރާނުގެ އެންމެހައި ޝަހީދުންނަކީ އެމަނިކުފާނުގެ އަމަލުތަކާއި އުޅުއްވުން އަބަދުވެސް ބައްލަވަން ތިއްބެވި ފަރާތްތަކެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ ޝަހީދުން އަޅުގަނޑުމެންގެ އަމަލުތައް ބައްލަވާ ކަމަށާއި، އަދި އަޅުގަނޑުމެންގެ ފަރާތުން އުންމީދުތަކެއް ކުރާ ކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅާއެކު، އެ މައުސޫމް ޝަހީދުންނާއި އީރާނުގެ ރައްޔިތުންގެ ކުރިމަތީގައި ލަދުގަންނަންޖެހޭ ފަދަ ކަމެއް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ޕޯސްޓާއެކު ގާލީބާފް ވަނީ، އެ ޝަހީދުންގެ ހަނދާނުގައި "މިނާބް 168" ގެ ނަމުން ނަންދީފައިވާ ވަފުދު ގޮވައިގެން ދިޔަ ބޯޓުން ފައިބައިވަޑައިގަންނަވާ ފޮޓޯއެއްވެސް ހިއްސާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވެސް ހިމެނިވަޑައިގަންނަވާ މި ވަފުދުން، ދެ ފަރާތުން އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށް ބެލެވެއެވެ.

މި ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، މިއީ ފަހުގެ އެއްބަސްވުމަކަށް އައުމަށް ބާއްވާ އާ މަޝްވަރާތަކެއްގެ ފެށުން ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. ބަޣާއީ ވިދާޅުވީ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އަނެއް ފަރާތުން (އެމެރިކާއިން) ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ބާރުއެޅުން ކަމަށާއި، ކޮންމެ އެއްބަސްވުމެއްގެ ވެސް އަސްލު ފެންނާނީ އެކަމެއް ތަންފީޒުކުރާ މަރުހަލާގައި ކަމަށެވެ.

ބަޣާއީ އިތުރަށް ވިދާޅުވީ، އެއްބަސްވުމުގެ މުހިންމު ބައެއް މާއްދާތައް ތަންފީޒުކުރަން ނުފަށަނީސް، ފަހުގެ އެއްބަސްވުމަކަށް ދިއުމުގެ މަޝްވަރާތައް ފެށޭނެ މާހައުލެއް ނެތް ކަމަށެވެ. އަދި ހިތާމައަކީ މިވަގުތު އެފަދަ މަންޒަރެއް ފެންނަން ނެތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލުބުނާނަށް އިސްރާއީލުން ދެމުންދާ އަސްކަރީ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، އެ އަމަލުތަކުގެ ސަބަބުން އެއްބަސްވުމުގެ ފުރަތަމަ މާއްދާ ކަމަށްވާ، ލުބުނާނު ހިމެނޭހެން ހުރިހާ ފަރާތްތަކަކުން ހަމަލާދިނުން ހުއްޓާލުމުގެ މާއްދާއަށް ހުރަސްއެޅޭ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާ އާއި އިސްރާއީލުން އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ބުނެ، ހޮނިހިރު ދުވަހު އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުން ވަނީ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން ރަސްމީކޮށް ބަންދުކޮށްފައެވެ.

މަސްދަރު: ޕްރެސްޓީވީ

އީރާން-އެމެރިކާއިޒްރޭލްޕާކިސްތާންސްވިޒަރލެންޑްމުހައްމަދު ބާގިރު ގަލިބާފްމިނާބް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

21 ޖޫން 2026

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ސްވިޒަލެންޑަށް

21 ޖޫން 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ސްވިޒަލެންޑަށް
20 ޖޫން 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު އެމެރިކާގެ އަސްކަރިއްޔާ ސަމާލުވެއްޖެ

20 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު އެމެރިކާގެ އަސްކަރިއްޔާ ސަމާލުވެއްޖެ
20 ޖޫން 2026

ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި

20 ޖޫން 2026
ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި
20 ޖޫން 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި

20 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
20 ޖޫން 2026

ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟

20 ޖޫން 2026
ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟
20 ޖޫން 2026

ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ

20 ޖޫން 2026
ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ
20 ޖޫން 2026

އީރާން އަށް އޮތީ 60 ދުވަސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހިތާމަ ކުރާނެ ފިޔަވަޅު ތަކެއް އަޅާނަން: ޓްރަމްޕް

20 ޖޫން 2026
އީރާން އަށް އޮތީ 60 ދުވަސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހިތާމަ ކުރާނެ ފިޔަވަޅު ތަކެއް އަޅާނަން: ޓްރަމްޕް
20 ޖޫން 2026

އެމެރިކާ މިހާރު އޮތީ މާ ނުރައްލާތެރި އަދި ދަށް ޙާލަތެއްގައި ކަމަށް ވިދާޅުވެ، އޮބާމާގެ ފާޑު ކިޔުން އީރާންގެ އެއްބަސްވުމަށް އަމާޒު ކޮށްފި

20 ޖޫން 2026
އެމެރިކާ މިހާރު އޮތީ މާ ނުރައްލާތެރި އަދި ދަށް ޙާލަތެއްގައި ކަމަށް ވިދާޅުވެ، އޮބާމާގެ ފާޑު ކިޔުން އީރާންގެ އެއްބަސްވުމަށް އަމާޒު ކޮށްފި
19 ޖޫން 2026

ހުކުރު ދުވަހު ބާއްވާން ތާވަލު ކުރި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ފަސްކޮށްފި

19 ޖޫން 2026
ހުކުރު ދުވަހު ބާއްވާން ތާވަލު ކުރި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ފަސްކޮށްފި
19 ޖޫން 2026

އަމިއްލަ ތަފާތު ވިސްނުމެއް ހުރި ނަމަވެސް އެމެރިކާ އާ އެކުވީ އެއްބަސްވުމަށް ރުހުން ދެއްވި ކަމަށް އީރާނުގެ ލީޑަރު ވިދާޅުވެއްޖެ

19 ޖޫން 2026
އަމިއްލަ ތަފާތު ވިސްނުމެއް ހުރި ނަމަވެސް އެމެރިކާ އާ އެކުވީ އެއްބަސްވުމަށް ރުހުން ދެއްވި ކަމަށް އީރާނުގެ ލީޑަރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް