Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންގެ އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާންގެ ބޮޑު ވަޒީރު ކުރެއްވި ފުރަތަމަ ޕޯސްޓު ޑިލީޓު ކުރައްވައިފި

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ފަހުން ކުރެއްވި ޕޯސްޓުގައި ރަސްމީ ގޮތުން ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައިވާ ބަސްތައް ވަނީ ފޮހެލައްވާފައި. ފަހުން ބޮޑު ވަޒީރު ޝެހްބާޒް ކުރެއްވި ޕޯސްޓުގައި ސޮއި ކުރުމުގެ އެފަދަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ބުނެފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 06:53
ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް.

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންގެ ރައީސުން ތާރީޚީ އެއްބަސްވުމެއްގައި ސޮއި ކުރެއްވި ކަމަށް ވިދާޅުވެ، ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އެންމެ ފުރަތަމަ ކުރެއްވި ޕޯސްޓު ޑިލީޓު ކުރައްވާފައިވާ ކަމަށް ފާހަގަ ކުރެވިއްޖެ އެވެ. 

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ފަހުން ކުރެއްވި ޕޯސްޓުގައި ރަސްމީ ގޮތުން ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައިވާ ބަސްތައް ވަނީ ފޮހެލައްވައިފަ އެވެ. ފަހުން ބޮޑު ވަޒީރު ޝެހްބާޒް ކުރެއްވި ޕޯސްޓުގައި ސޮއި ކުރުމުގެ އެފަދަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ބުނެފައި ނުވެ އެވެ. 

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އެއްބަސްވުމުގައި ޑިޖިޓަޕް ގޮތުން ސޮއި ކުރެވިފައިވާތީ ސްވިޒަލޭންޑުގައި ސޮއި ކުރުމުގެ ރަސްމިއްޔާތެއް ބާއްވަން ނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް ބަޣާއީ ވިދާޅުވީ ހުކުރު ދުވަހު ސްވިޒަލޭންޑުގެ ޖެނީވާގައި ދެ ގައުމުގެ ވާހަކަ ދެއްކުމުގެ ޓީމުތައް އެއްވެ ފޮލޯއަޕް ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު ވެވުނު މި ތާރީހީ އެއްބަސްވުމަކީ ދެ ގައުމުގެ ގުޅުން ތަކަށް މުހިންމު ބަދަލެއް އަންނަ އެއްބަސްވުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މީޑިއާ ތަކުން ސިފަ ކުރަމުން ގެންދެ އެވެ. މި އެއްބަސްވުމުގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން މުހިންމު ކަންކަން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރުގެ ފުރަތަމަ ޕޯސްޓު ޑިލީޓު ކުރެއްވުމުން، މި އެއްބަސްވުމާ ގުޅޭ ގޮތުން ބައެއް ސުވާލުތައް އުފެދިފައިވެ އެވެ. ބައެއް މީޑިއާ ތަކުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ތަފްސީލުތައް އާންމު ކުރުމުގައި ބައެއް ޤައުމު ތަކުން ވަރަށް ސަމާލުކަމާ އެކު ކަންތައް ކުރަމުން އަންނަ ކަމަށެވެ.

އީރާން އާއި އެމެރިކާގެ ގުޅުން ވަރަށް ގިނަ އަހަރު ތަކެއް ވަންދެން އޮތީ ދަށު ދަރަޖައެއްގައި އެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ނެގި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބައިނަލްއަގުވާމީ ސިޔާސީ ތަޖުރިބާކާރުން އަންނަނީ ފާހަގަ ކުރަމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

ޕާކިސްތާންޝެހްބާޒް ޝަރީފް އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

18 ޖޫން 2026

އެމެރިކާ-އީރާން ސުލްހައާއެކު ތެލުގެ އަގު ދަށަށް، ހިއްސާ ބާޒާރު މައްޗަށް!

18 ޖޫން 2026
އެމެރިކާ-އީރާން ސުލްހައާއެކު ތެލުގެ އަގު ދަށަށް، ހިއްސާ ބާޒާރު މައްޗަށް!
18 ޖޫން 2026

ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ފަސޭހަ ކަމެއް ނޫން: ޓްރަމްޕް

18 ޖޫން 2026
ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ފަސޭހަ ކަމެއް ނޫން: ޓްރަމްޕް
18 ޖޫން 2026

އީރާން ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހޭތީ، ޓްރަމްޕްގެ ޝުކުރު ޗައިނާ އާއި ރަޝިޔާ އަށް

18 ޖޫން 2026
އީރާން ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހޭތީ، ޓްރަމްޕްގެ ޝުކުރު ޗައިނާ އާއި ރަޝިޔާ އަށް
18 ޖޫން 2026

އީރާނާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަ 4 ހަފްތާގެ ތެރޭގައި ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި

18 ޖޫން 2026
އީރާނާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަ 4 ހަފްތާގެ ތެރޭގައި ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި
17 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި

17 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު