Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ޕާކިސްތާން

އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި

އަމްރިތުސާ އެއާޕޯޓުގެ ރަންވޭ ބަންދުކުރުމާ ގުޅިގެން، އެއާ އިންޑިއާގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި އޮޅުމަކުން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއް ފެންމަތިވެއްޖެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ ކަމަށްވާއިރު، މިކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފައި ނުވާތީ ފްލައިޓް ކުރޫންނާއި އެއާ ޓްރެފިކް ކޮންޓްރޯލަރާ މެދު މިހާރު ވަނީ ފިޔަވަޅު އަޅާފައި.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 14:41
ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން އެއާ އިންޑިއާގެ ބޯޓެއް އުދުއްސާލި ވަގުތު، އެ އެއާޕޯޓުގެ ގްރައުންޑް ސްޓާފަކު އެ މަންޒަރު ބަލަނީ.

ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން އެއާ އިންޑިއާގެ ބޯޓެއް އުދުއްސާލި ވަގުތު، އެ އެއާޕޯޓުގެ ގްރައުންޑް ސްޓާފަކު އެ މަންޒަރު ބަލަނީ. | ގެޓީ އިމޭޖަސް

އިންޑިއާގެ ވެރިރަށް ދިއްލީން ފުރައިގެން އެ ގައުމުގެ އުތުރުގެ ސިޓީއެއް ކަމަށްވާ އަމްރިތުސާރަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް، ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި އެ ފްލައިޓުގެ ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.

މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ އެއާބަސް އޭ321 މަރުކާގެ ބޯޓު އަމްރިތުސާރަށް ޖައްސަން ތައްޔާރުވަމުން ދަނިކޮށް، ރަންވޭގައި އޮތް ބޯޓެއްގައި ދޫންޏެއް ޖެހިފައިވާ ކަމުގެ ރިޕޯޓަކާ ގުޅިގެން ރަންވޭ ބަލައި ފާސްކުރުމަށްޓަކައި މަޑުކުރުމަށް ޕައިލެޓަށް އެންގި ކަމަށް އިންޑިއާގެ ސިވިލް އެވިއޭޝަން ރެގިއުލޭޓަރު، ޑީޖީސީއޭ އިން ބުނެފައިވެ އެވެ.

މިގޮތަށް މަޑުކޮށްގެން އުޅުމަށްފަހު، އެ ރޭގެ 10:08 ހާއިރު ބޯޓު ތިރިކުރަން އުޅުމުގެ ތެރޭގައި ނޭނގި ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނީ ވަދެވިފަ އެވެ. ޑީޖީސީއޭ އިން ބުނި ގޮތުގައި ރޭޑާ ވެކްޓަރިންގެ އެހީގައި ބޯޓު ތިރިކުރަން ފެށި ވަގުތު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު ނަމަވެސް، އެކަން ކުރިއަށް ދިޔައީ ޕާކިސްތާނުގެ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އާ ގުޅިގެންނެވެ. އަދި އެންމެ ފަހުން އެ ބޯޓު ވަނީ އަނބުރާ ދިއްލީއަށް ގޮސް ރައްކާތެރިކަމާއެކު ޖައްސާފަ އެވެ.

މި ހާދިސާ ރިޕޯޓްކޮށްފައި ނުވާތީ، ފްލައިޓް ކުރޫންނާއި އަމްރިތުސާގެ އެއާ ޓްރެފިކް ކޮންޓްރޯލަރާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ޑީޖީސީއޭ އިން ބުނެފައިވެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން ހަތަރު ދުވަހުގެ ކުރިމަތިލުމަކަށް ދިޔަ ހާދިސާއަށް ފަހު، މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޕާކިސްތާނުން ވަނީ އިންޑިއާގެ އެއާލައިންތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.

އެއާ އިންޑިއާ އިން ވެސް ވަނީ އެހެން ގައުމެއްގެ ވައިގެ ސަރަހައްދަށް ވަދެވުނުކަން ކަށަވަރުކޮށްދީފަ އެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖޫން 22 ވަނަ ދުވަހު ދިއްލީން އަމްރިތުސާރަށް ދަތުރުކުރި އޭއައި479 ފްލައިޓް، އަމްރިތުސާ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި "ގޯ-އަރައުންޑް" އެއް ހެދުމުގެ ތެރޭގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ކުޑަކޮށް ވަދެވިފައިވާ ކަމަށެވެ. އަދި މި ހާދިސާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް، އެތެރޭގެ ތަހުގީގެއް ހިންގަމުންދާ ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.

ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޓު އަނބުރާލި ވަގުތު ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ގާތްގަނޑަކަށް ތިން މޭލަށް ވަދެފައިވެ އެވެ. އެ ނޫހުން އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، މި ހާދިސާ ހިނގުމުގެ ކުރިން ހަވީރު 4:29 ގައި އަމްރިތުސާރަށް ޖެއްސި 6އީ 5028 ފްލައިޓުގައި ދޫންޏެއް ޖެހުނު ކަމަށް ރިޕޯޓްކުރުމާ ގުޅިގެން، އެ ސަރަހައްދަށް އައި ފަސް ފްލައިޓަކަށް މަޑުކުރުމަށް އެންގި ކަމަށެވެ.

އަދި ދިއްލީން އައި އެއާ އިންޑިއާގެ މި ފްލައިޓަކީ ޖައްސަން ކިއޫގައި އޮތް ހަތަރުވަނަ ފްލައިޓް ކަމަށް ވެސް އޭނާ އިތުރަށް ބުންޏެވެ.

އެއާޕޯޓް އޮފިޝަލުން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އަމްރިތުސާ އެއާޕޯޓުގެ އެޕްރޯޗް ސަވައިލަންސް ޚިދުމަތް ދޭ ގަޑިތަކުން ބޭރުގަ އެވެ. ބޯޓު ދެވަނަ ފަހަރަށް ޖައްސަން މަސައްކަތް ކުރި ނަމަވެސް، ތެޔޮ މަދުވަމުންދާ ކަމަށް ކުރޫން ރިޕޯޓްކުރުމާ ގުޅިގެން ބޯޓު ވަނީ އަނބުރާ ދިއްލީއަށް މިސްރާބު ޖަހާފަ އެވެ.

އެ ބޯޓު ދިއްލީއަށް ރައްކާތެރިކަމާއެކު ޖައްސާފައިވަނީ އެ ރޭގެ 11:27 ގައެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި، އޭގެ އިރުކޮޅެއް ފަހުން އެ ބޯޓު އަލުން ފުރުވާލައި، އަމްރިތުސާރަށް ކުރަންޖެހޭ ދަތުރު ވަނީ ފުރިހަމަކޮށްފަ އެވެ.

އިންޑިއާޕާކިސްތާންއެއަރ އިންޑިއާއިންޑިއާ - ޕާކިސްތާން

އިތުރަށް ކިޔާލަން

25 ޖޫން 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް

25 ޖޫން 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް
22 ޖޫން 2026

އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ

22 ޖޫން 2026
އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ
21 ޖޫން 2026

"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި

21 ޖޫން 2026
"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި
21 ޖޫން 2026

އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން

21 ޖޫން 2026
އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން
20 ޖޫން 2026

80 އަހަރުގެ އަންހެނަކު 60 އަހަރު ވަންދެން ކޮންމެ ދުވަހަކު ވެއްޔާއި ހިލަ ކައިފި

20 ޖޫން 2026
80 އަހަރުގެ އަންހެނަކު 60 އަހަރު ވަންދެން ކޮންމެ ދުވަހަކު ވެއްޔާއި ހިލަ ކައިފި
20 ޖޫން 2026

ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ

20 ޖޫން 2026
ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ
18 ޖޫން 2026

އެމެރިކާ އާއި އީރާންގެ އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާންގެ ބޮޑު ވަޒީރު ކުރެއްވި ފުރަތަމަ ޕޯސްޓު ޑިލީޓު ކުރައްވައިފި

18 ޖޫން 2026
އެމެރިކާ އާއި އީރާންގެ އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާންގެ ބޮޑު ވަޒީރު ކުރެއްވި ފުރަތަމަ ޕޯސްޓު ޑިލީޓު ކުރައްވައިފި
17 ޖޫން 2026

1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟

17 ޖޫން 2026
1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟
16 ޖޫން 2026

މެޑިކަލް ދާއިރާ އަށް ވަނުމަށް ބާއްވާ އިމްތިހާނުގައި މަކަރު ހަދާފާނެތީ އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފި

16 ޖޫން 2026
މެޑިކަލް ދާއިރާ އަށް ވަނުމަށް ބާއްވާ އިމްތިހާނުގައި މަކަރު ހަދާފާނެތީ އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފި
15 ޖޫން 2026

އެމެރިކާާ އާއި އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ، ހުކުރު ދުވަހު ރަސްމީކޮށް ސޮއި ކުރަނީ

15 ޖޫން 2026
އެމެރިކާާ އާއި އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ، ހުކުރު ދުވަހު ރަސްމީކޮށް ސޮއި ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު