Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާގެ ބިންހެލުން ކާރިސާ

ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި

އދގެ އެހީއާ ބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއް މިނެޓުގެ ތެރޭގައި އައި ބާރުގަދަ ދެ ބިންހެލުމަށް ފަހު 50،000 އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް. މި ބިންހެލުން ތަކުގެ ސަބަބުން ވެނެޒުއޭލާގެ އުތުރުގެ ސަރަހައްދު ތަކުގެ ގިނަ އިމާރާތް ތަކެއް ވަނީ ބިމާ ހަމަވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖޫން 2026 | ހޮނިހިރު 06:47
ލާ ގުއައިރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހިންގަމުންދާ ސަލާމަތީ އޮޕަރޭޝަންގެ ތެރެއިން، ރެސްކިއު ޓީމުތަކުގެ މެންބަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.

ލާ ގުއައިރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހިންގަމުންދާ ސަލާމަތީ އޮޕަރޭޝަންގެ ތެރެއިން، ރެސްކިއު ޓީމުތަކުގެ މެންބަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. | ރޮއިޓާސް

ވެނެޒުއޭލާ އަށް ބުދަ ދުވަހުގެ ރޭ ކުރިމަތިވި ބާރު ގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް އަރައި، އެތައް ހާސް ބަޔަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަ ކޮށްފި އެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ އެހީތެރިކަމާ އެކު ކުރިއަށްދާއިރު، ސަރުކާރުގެ އިޖާބަ ލަސްވުމުގެ ސަބަބުން އާންމުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައި އެވެ.

އެކުވެރި ދައުލަތްތައް (އދ) ގެ އެހީއާ ބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއް މިނެޓުގެ ތެރޭގައި އައި ބާރުގަދަ ދެ ބިންހެލުމަށް ފަހު 50،000 އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. މި ބިންހެލުން ތަކުގެ ސަބަބުން ވެނެޒުއޭލާގެ އުތުރުގެ ސަރަހައްދު ތަކުގެ ގިނަ އިމާރާތް ތަކެއް ވަނީ ބިމާ ހަމަވެފައި އެވެ.

މި ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ވެރިރަށް ކަރަކަސްއާ ކައިރީގައި އޮންނަ އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ ލާ ގުއައިރާ އަށެވެ. ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރު މިނުގައި އައި މި ބިންހެލުން ތަކުގައި އެ ސަރަހައްދުގެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ފުނޑު ފުނޑު ވެފައި އެވެ. ހާލަތު އިތުރަށް ގޯސްވަމުން ދާތީ، ހުކުރު ދުވަހުގެ ރޭގަނޑު 8:00 އިން ފެށިގެން ކާރިސާ ހިނގި ސަރަހައްދު ތަކަށް ވަނުން މަނާކޮށްފައިވާ ކަމަށް ދާޚިލީ ވަޒީރު ދިއޮސްޑާޑޯ ކަބެއްލޯ ވަނީ އިއުލާން ކުރައްވާފައި އެވެ.

ލާ ގުއައިރާގައި ހުރި ހަތަރު ބުރީގެ ބޮޑު އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި ޗިލީގެ ރެސްކިއު ޓީމަކުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ. އެ ޓީމުގެ ލީޑަރު ނަޑިއޯމާ ޕޮލާންކޯ ވިދާޅުވީ، އިމާރާތްތައް މުޅިން ބިމާ ހަމަވެފައި ވާތީ މީހަކު ދިރިހުއްޓާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށާއި، މިހާރު ބޮޑަށް އިސްކަންދެނީ މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމަށް ކަމަށެވެ.

ސަރުކާރުގެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ، ގިނަ ބަޔަކު ދަނީ އަމިއްލަ އަތުން ކޮނެގެންނާއި އާދައިގެ ވަސީލަތްތައް ބޭނުން ކޮށްގެން ކުނި ތަކުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން 40 އަހަރުގެ މަރްޖޯސްލީ ސަލަޒާރު ކިޔާ މީހަކު ބުނީ، އޭނާގެ 16 އަހަރުގެ ދަރިފުޅު މަރުވެފައިވާ ކަމަށާއި، މިހާރު ހޯދަމުން ދަނީ ފަސް މަހުގެ ތުއްތު ދަރިފުޅާއި އޭނާގެ ދެބެންގެ ދެދަރި މީހާ ކަމަށެވެ. އޭނާ ވަނީ ބަރު މެޝިނަރީތައް ބޭނުން ކޮށްގެން މީހުން ހޯދުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދި އާދޭސްކޮށްފައި އެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ރުޅިވެރިކަން އިންތިހާ އަށް ބޮޑު ވެފައިވާއިރު، ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ކަރަކަސްގެ އަވަށަކަށް ޒިޔާރަތް ކުރެއްވުމުން އާންމުން ވަނީ އޭނާއާ ދެކޮޅަށް އަޑުއުފުލާފައި އެވެ. ކުނި ތަކުގެ ދަށުގައި ތިބި މީހުންގެ އާއިލާ ތަކުން ބުނަމުން ދަނީ ސަރުކާރުން ރައްޔިތުންނަށްޓަކައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

ވެނެޒުއޭލާބިން ހެލުންޑެލްސީ ރޮޑްރިގޭޒް

އިތުރަށް ކިޔާލަން

26 ޖޫން 2026

ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ

26 ޖޫން 2026
ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ
26 ޖޫން 2026

ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

26 ޖޫން 2026
ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2026
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
25 ޖޫން 2026

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

25 ޖޫން 2026
ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ
25 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި

25 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި
25 ޖޫން 2026

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

25 ޖޫން 2026
ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

25 ޖޫން 2026
ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
23 ޖޫން 2026

މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ

23 ޖޫން 2026
މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ
08 ޖޫން 2026

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

08 ޖޫން 2026
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
08 ޖޫން 2026

ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި

08 ޖޫން 2026
ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު