Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާ

ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ

ވެނެޒުއޭލާގެ ވެރިރަށް ކަރަކަސް ކައިރިއަށް އައި ބާރުގަދަ ބިންހެލުންތަކުގައި 500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ތެރޭގައި އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިޔާ ހެކްޓަރ ބެއްލޯގެ އަންހެނުންނާއި ބައެއް ޒުވާން ކުޅުންތެރިން ހިމެނޭ. ބެއްލޯގެ އަންހެނުން މަރުވީ އިމާރާތް ވެއްޓުނު ވަގުތު އެމީހުންގެ ތުއްތު ދަރިފުޅު ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި.

ރާއްޖެ އެމްވީ | 26 ޖޫން 2026 | ހުކުރު 18:02
ޚަބަރުތަކުން އެނގޭ ގޮތުގައި، ކުއްޖާގެ މަންމަ މަރުވީ އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި.

ޚަބަރުތަކުން އެނގޭ ގޮތުގައި، ކުއްޖާގެ މަންމަ މަރުވީ އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި. | އިންސްޓަގްރާމް

ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި، އަމިއްލަ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ ތެރޭގައި ތުއްތު ކުއްޖާގެ މަންމަ މަރުވެއްޖެ ކަމަށް އޭނާގެ ފިރިމީހާ، ފުޓްބޯޅަ ކުޅުންތެރިޔާ ހެކްޓަރ ބެއްލޯ އާއި އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ފުޓްބޯޅަ ކުޅުންތެރިޔާ ހެކްޓަރ ބެއްލޯގެ އިންސްޓަގްރާމްގައި އޭނާ ބުނެފައިވަނީ، އޭނާގެ "ލޯބިވާ އަނބިމީހާ"، ވެނެޒުއޭލާ އަށް ފުލުފުލުގައި އައި ދެ ބިންހެލުމުގެ ތެރޭގައި އެމީހުންގެ ތުއްތު ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދީފައިވާ ކަމަށެވެ.

ބެއްލޯ އޭނާގެ ޕޯސްޓުގައި ލިޔެފައިވަނީ، "ލޯބިވާ އަނބިމީހާ އެވެ. ތިބާ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިން ގޮތުގެ ވާހަކަ އަހަރެން ދަރިފުޅަށް ކިޔައިދޭނަމެވެ. ދަރިފުޅަށްޓަކައި އަމިއްލަ ފުރާނަ ގުރުބާންކުރި ގޮތާއި، އެންމެ ފަހު ނޭވާއާ ހަމައަށްވެސް ދަރިފުޅު ދޫކޮށްނުލައި ތިބާ ދެއްކި ހިތްވަރުގަދަ ކަމުގެ ވާހަކަ ކިޔައިދޭނަމެވެ."

ވެނެޒުއޭލާގެ ވެރިރަށް ކަރާކަސް ކައިރިއަށް އައި ދެ ބިންހެލުމުގައި މިހާތަނަށް މަދުވެގެން 589 މީހުން މަރުވެ، 3،000 އެއްހާ މީހުން ޒަޚަމްވެފައިވާއިރު، އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ މެދުނުކަނޑައި ކުރަމުންނެވެ.

ބެއްލޯ ކުރި ސިލްސިލާ ޕޯސްޓުތަކެއްގައި ބުނެފައިވަނީ، އޭނާގެ ދަރިފުޅު އެޑްމިޓްކޮށްފައި އޮތް ކަރާކަސްގެ ހޮސްޕިޓަލަށް އޭނާ މިހާރު ގޮސްފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ދަރިފުޅާއި އޭނާގެ ބޮޑުދައިތަގެ ހާލު ރަނގަޅެވެ." 

އިންސްޓަގްރާމްގެ ވަކި ސްޓޯރީއެއްގައި ބެއްލޯ ލިޔެފައިވަނީ، "ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ތިބާގެ ފުރާނަ ގެއްލުނު ގޮތާއި، އެ ވަގުތު އެހީތެރިވާން އަހަރެން އެތަނުގައި ނެތް ސަބަބު ދަރިފުޅަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އެކަން ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަށް ކެތްތެރިކަން ދެއްވާށެވެ."

ވެނެޒުއޭލާގެ ފުޓްބޯޅަ ކުޅުންތެރިންގެ ޕްރެސް އެންޑް ޕަބްލިސިޓީ އޯގަނައިޒޭޝަނެއް ކަމަށްވާ 'ކުމަނާ ޑި ކެމްޕިއޯނެސް' އިން ވެސް ވަނީ އަންދްރެއާގެ މަރުގެ ޚަބަރު ހިއްސާކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ، "ފުޓްބޯޅަ ކުޅުންތެރިޔާ ހެކްޓަރ ބެއްލޯ ގެ ބައިވެރިޔާ، ބިންހެލުމުގައި ވެއްޓުނު އިމާރާތުގެ ދަށުން މަރުވެފައި އޮއްވާ ފެނިފައިވާކަން ހިތާމައާއެކު ހާމަކުރަމެވެ."

އެމެރިކާގެ ސްޕެނިޝް ބަހުން ޚަބަރު ފަތުރާ 'ޔުނިވިޝަން' އިން ވެސް ވަނީ ބެއްލޯގެ އަންހެނުން މަރުވިކަން ކަށަވަރުކޮށްދީފަ އެވެ. ބުދަ ދުވަހު އައި މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އިތުރުވަމުންދާއިރު، މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދިވެސް ގިނަ ބަޔަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.

ވެނެޒުއޭލާ ފުޓްބޯލް ފެޑެރޭޝަން (އެފް.ވީ.އެފް) އާއި ކްލަބްތަކުން ބުނާ ގޮތުގައި، މި ހާދިސާގައި ދެ ފުޓްބޯޅަ ކުޅުންތެރިއަކު ވެސް ވަނީ މަރުވެފަ އެވެ.

މީގެއިތުރުން، ކުރީގެ މިސް ވެނެޒުއޭލާ ގިސެލް ރޭއެސް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ލާ ގުއައިރާގައި އޭނާގެ މަންމަ ދިރިއުޅުނު އިމާރާތް ބިންހެލުމުގައި އެއްކޮށް ބިންމާ ހަމަވުމުގެ ސަބަބުން އޭނާގެ މަންމަ ވެސް މަރުވެފައިވާ ކަމަށެވެ.

މަސްދަރު: ބީބީސީ

ވެނެޒުއޭލާކަރާކަސްބިން ހެލުން

އިތުރަށް ކިޔާލަން

26 ޖޫން 2026

ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

26 ޖޫން 2026
ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2026
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
25 ޖޫން 2026

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

25 ޖޫން 2026
ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ
25 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި

25 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި
25 ޖޫން 2026

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

25 ޖޫން 2026
ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

25 ޖޫން 2026
ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
23 ޖޫން 2026

މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ

23 ޖޫން 2026
މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ
08 ޖޫން 2026

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

08 ޖޫން 2026
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
08 ޖޫން 2026

ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި

08 ޖޫން 2026
ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި
17 މެއި 2026

މަދޫރޯއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރި ވެރިޔާ ސާބް އެމެރިކާ އަށް ފޮނުވާލާފައިވާ ކަމަށް ވެނެޒުއެލާ އިން ހާމަ ކޮށްފި

17 މެއި 2026
މަދޫރޯއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރި ވެރިޔާ ސާބް އެމެރިކާ އަށް ފޮނުވާލާފައިވާ ކަމަށް ވެނެޒުއެލާ އިން ހާމަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު