Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ސެލޫންތަކަށް ގޮސް ހިލޭ މީހުންނަށް ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުން ފަދަ ކަންކަން ކުރުން ހުއްދައެއް ނުވާނެ: ޚުތުބާ

ސާފުތާހިރުކަމާއި ޒީނަތްތެރިވުމުގައި އިސްލާމީ އިންތަކުގެ ތެރޭގައި ހުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި. އެގޮތުން ރީތިވުމުގެ ނަމުގައި ހިލޭ މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމާއި، ޓެޓޫ ޖެހުމާއި، ބުމަ ހެދުން ފަދަ ދީނީ ގޮތުން މަނާކަންކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލާފައިވޭ. މީގެ އިތުރުން، ހަށިގަނޑުގެ ވަނާތައް ހާމަވާ ފަދަ ބާރު ހެދުން އެޅުމުގެ ބަދަލުގައި، ފޭރާމާއި ހަށިގަނޑުގެ ސާފުތާހިރުކަމަށް އިސްކަންދީގެން އިސްލާމީ އަދަބުތަކާ އެއްގޮތަށް ޒީނަތްތެރިވުމަށް ޚުތުބާގައި ބާރުއަޅާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2026 | ހުކުރު 08:29
ހުކުރު ޚުތުބާ އަޑު އަހަނީ.

ހުކުރު ޚުތުބާ އަޑު އަހަނީ. | އިސްލާމިކް މިނިސްޓްރީ

މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާ ކަމަށާއި، ސެލޫންތަކަށް ގޮސް ހިލޭ މީހުންނަށް ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުން ފަދަ ކަންކަން ކުރުން ހުއްދައެއް ނުވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

''ސާފުތާހިރުކަމާއި ޒީނަތްތެރިކަން'' މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، އިސްލާމް ދީނަކީ ސާފުތާހިރުކަމުގެ ދީން ކަމަށާއި، އެހެނިހެން ދީންތަކާއި، ޙަޟާރަތްތަކުގައި، އިންސާނާގެ ރީތިކަން އާންމު ގޮތެއްގައި މިންކުރަނީ ހަމައެކަނި ބޭރުފުށުގެ ޒީނަތަށް ކަމަށެވެ. 

ހަގީގީ ތާހިރުކަން ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަ ނުވާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ޝިރުކާއި، ހަސަދައާއި، ޝައްކުތަކުން ހިތް ސާފުނުކޮށް، ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ، ގަނޑުވަރެއްގެ ބޭރު ޒީނަތްތެރިކޮށްފައި އޭގެ އެތެރެ ގޮނޑަކަށް ހެދުން ފަދަ ކަމެއް ކަމަށެވެ.  އަދި މާތްﷲ އިންސާނާ އުފައްދަވައިފައިވަނީ ފިތުރަތުގެ ސާފުކަންމަތީގެ ކަމާއި މި ސާފުކަން ދެމެހެއްޓުމަށް ޓަކައި، މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އުގަންނަވައިދެއްވި "ފިޠުރަތުގެ ސުންނަތްތައް" އަމަލު ކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ.

ނަމަވެސް މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު، ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

އެގޮތުން ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމަށް ނުވަތަ "ލޭޒާ ޓުރީޓްމެންޓު" ހެދުމަށް ޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރާ ކަމަށާއި، މިއީ ދީނީ ގޮތުން ހުއްދަކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި ސިއްހީ ފަރުވާއެއް ފަދަ ޒަރޫރީ ހާލަތެއްގައި މެނުވީ މިކަން ހުއްދައެއް ނުވާނެ ކަމަށާއި، ރީތިކަމާއި ސާފުތާހިރުކަން ހޯދާންވާނީ ހަރާމް މަގުތަކުން އެއްކިބާވެ ތިބެގެން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

ޚުތުބާގައި ބުނީ ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލައުނަތް ހުރި ކަންކަން ކަމަށެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވާ ކަމަށާއި، ތިމާގެ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވާން ޖެހޭ ކަމަށެވެ. 

މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެ އެވެ. (مَنْ أَكَلَ الْبَصَلَ وَالثُّوْمَ وَالْكُرَّاثَ فَلَا يَقْرَبَنَّ مَسْجِدَنَا، فَإِنَّ الْمَلاَئِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُوْ آدَمَ‏‏) މާނައީ: "(ނަމާދު ވަގުތާ ކައިރިކޮށް) އެއްވެސް މީހަކު ފިޔާއާއި ލޮނުމެދާއި ލީކުސް ކައިގެން، ތިމަންމެންގެ މިސްކިތްތަކާ ކައިރިނުވާހުށިކަމެވެ. (އެބަހީ: ނަމާދުގެ ޖަމާޢަތަށް ނާންނާށެވެ!) ފަހެ، ހަމަކަށަވަރުން، އާދަމުގެ ދަރީންނަށް އެ ކަމަކުން އުނދަގޫވާ ކަންތައްތަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެ އެވެ." އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކޮށްގެން، ނުވަތަ ގައިން ދާވަސް ދުވާ ޙާލުގައި ނުވަތަ އަނގައިން ނުބައިވަސް ދުވާ ޙާލުގައި، މިސްކިތުގެ ޖަމާޢަތަށާއި މީސްތަކުން އެއްވެ ތިބޭ ތަންތަނަށްދާ އިރު އެ ވަސްތައް ކަނޑުވައިގެން މެނުވީ އެ ފަދަ ތަންތަނަށް ނުދާށެވެ! އެއީ އެހެން މީހުންނަށް ކުރެވޭ އުނދަގުލެކެވެ!
ހުކުރު ޚުތުބާ 

އިސްލާމްދީނަކީ ރީތިކަމަށް ލޯބިކުރާ އަދި ޒީނަތްތެރިވުމަށް ހިތްވަރުދޭ ދީންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ބައެއް ފަހަރު ނޭނގުމުގެ ތެރެއިން ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަނެވޭ މަންޒަރު މުޖުތަމައުއިން ފެންނަ ކަމަށެވެ.

އެގޮތުން ބުރުގާ އަޅައިގެން ތިބޭ އިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އަޅައިގެން އުޅޭ ކަމަށެވެ. އަދި ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒިނަތްތެރިވާ ކަމަށެވެ. މިއީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެއް ކަމަށާއި، ހިޖާބުގެ އަސްލު މަގުސަދު ވެސް ގެއްލޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ފިރިހެނުން ވެސް ކުޅިވަރުގެ މައިދާނުގައި ވިޔަސް ޢައުރަ ހާމަނުކުރުމަށް ޚުތުބާގައި ހަނދާން ކޮށްދީފަވެ އެވެ. ޢައުރަ ނިވައިނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ޚުތުބާގައި ވަނީ ޒީނަތްތެރިވުމުގެ ނަމުގައި ބައެއް ފަހަރު ކަންކަމަށް އަރައިގަނެވެނީ އެ ކަމުގެ ހުކުމް ނޭނގިގެން ނުވަތަ ފަރުވާކުޑަވެގެން ކަމަށް ވެދާނެތީ ހަރުކަށިކަމާއި ރުޅިވެރިކަން ދޫކޮށް، ލޯތްބާއި ކުލުނާއި ހިކުމަތްތެރިކަމާ ނަސޭހަތްތެރިވުމަށް ގޮވާލާފަ އެވެ.

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން, އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް: ޚުތުބާ

ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން, އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް: ޚުތުބާ

17 އެޕްރީލު 2026
ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވަރަށްވެސް ބޮޑު، ފާފަވެރި އަމަލުތަކުން އަމިއްލަ ނަފްސަށް އަނިޔާވެރިނުވޭ: ޚުތުބާ

ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވަރަށްވެސް ބޮޑު، ފާފަވެރި އަމަލުތަކުން އަމިއްލަ ނަފްސަށް އަނިޔާވެރިނުވޭ: ޚުތުބާ

10 އެޕްރީލު 2026
މަރާ ދޭތެރޭގައި އަބަދުވެސް ވިސްނަން ޖެހޭ، އެއީ ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން ހޭލައްވައިލާ ކަމެއް: ޚުތުބާ

މަރާ ދޭތެރޭގައި އަބަދުވެސް ވިސްނަން ޖެހޭ، އެއީ ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން ހޭލައްވައިލާ ކަމެއް: ޚުތުބާ

03 އެޕްރީލު 2026
ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ، އަގު ވަޒަން ނުކުރާ އެއް ނިއުމަތަކީ ވަގުތު: ޚުތުބާ

ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ، އަގު ވަޒަން ނުކުރާ އެއް ނިއުމަތަކީ ވަގުތު: ޚުތުބާ

20 މާރިޗު 2026
ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ

ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ

13 މާރިޗު 2026

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު