Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް

މެޗުގައި ސެނެގާލް އިން ދެ ލަނޑު ޖަހައިގެން ލީޑު ހޯދާފައި ވަނިކޮށް، ބެލްޖިއަމް އިން ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2026 | ބުރާސްފަތި 05:46
މެޗުގައި ލަނޑު ޖެހުމަށް ފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގައި ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗުން، ފަހަތުން އަރައި މޮޅުވެ ބެލްޖިއަމް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ބެލްޖިއަމް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ސެނެގާލް އިން ދެ ލަނޑު ޖަހައިގެން ލީޑު ހޯދާފައި ވަނިކޮށް، ބެލްޖިއަމް އިން ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. 

މެޗު ފަށައިގެން 26 ވަނަ މިނެޓުގައި ސެނެގާލް އަށް ލީޑު ނަގައިދިނީ ހަބީބް ޑިއާރާ އެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ސެނެގާލްގެ ދެ ވަނަ ލަނޑު ޖެހީ އިސްމާއިލާ ސާރް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ރޮމެލޫ ލުކާކޫ ވަނީ ބެލްޖިއަމްގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އޭގެ ތިން މިނެޓު ފަހުން ޔޫރީ ޓިއެލަމަންސް ވަނީ ބެލްޖިއަމްގެ ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމާ އެކު، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައި އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މެޗުން ބެލްޖިއަމް މޮޅު ކޮށްދިނީ ވެސް ޓިއެލަމަންސް އެވެ.

މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ބެލްޖިއަމް ކުޅުނު ފުރަތަމަ ދެ މެޗު އެއްވަރުވީއިރު، ފަހު މެޗުން ވަނީ މޮޅުވެފައި އެވެ.

ފީފާ ވާރލްޑް ކަޕް 2026ބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމުސެނެގާލް ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

02 ޖުލައި 2026

15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް

02 ޖުލައި 2026
15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް
01 ޖުލައި 2026

ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި

01 ޖުލައި 2026
ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި
01 ޖުލައި 2026

އެކުއެޑޯ ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ގަަދަ 16 އަަށް

01 ޖުލައި 2026
އެކުއެޑޯ ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ގަަދަ 16 އަަށް
01 ޖުލައި 2026

އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް

01 ޖުލައި 2026
އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް
01 ޖުލައި 2026

ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް

01 ޖުލައި 2026
ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް
30 ޖޫން 2026

ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!

30 ޖޫން 2026
ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!
30 ޖޫން 2026

ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕެނަލްޓީގައި ބަލިވެ، ނެދަލެންޑްސް ކަޓައިފި

30 ޖޫން 2026
ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕެނަލްޓީގައި ބަލިވެ، ނެދަލެންޑްސް ކަޓައިފި
30 ޖޫން 2026

ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް

30 ޖޫން 2026
ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް
30 ޖޫން 2026

ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް

30 ޖޫން 2026
ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
29 ޖޫން 2026

ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅައަށް އައިސްފައިވާ ބަދަލުތައް

29 ޖޫން 2026
ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅައަށް އައިސްފައިވާ ބަދަލުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް