Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވަރލްޑް ކަޕް 2026

15 މިނެޓުގެ ތެރޭގައި ކޭން ޖެހި ދެ ލަނޑުން ކޮންގޯ ބަލިކޮށް، އިންގްލެންޑު ގަދަ 16 އަށް

މެޗުގައި ކޮންގޯ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އިންގްލެންޑުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2026 | ބުރާސްފަތި 02:00
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވަރލްޑް ކަޕްގައި ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުން، ފަހަތުން އަރައި މޮޅުވެ އިންގްލެންޑުން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ކޮންގޯ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އިންގްލެންޑުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި އެވެ. 

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ކޮންގޯ އަށް ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ލަނޑު ކޮންގޯ އަށް ޖަހައިދިނީ ބްރިއަން ކިބާމްބޭ ސިޕެންގާ އެވެ. 

ކޮންގޯ އިން ލީޑު ނެގި ފަހުން އިންގްލެންޑުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮަޑަށް މަސައްކަތް ކޮށްފައި އެވެ. ނަމަވެސް، އިންގްލެންޑުގެ ހަމަލާތައް ހުއްޓުވުމުގައި ކޮންގޯގެ ގޯލު ކީޕަރު ވަނީ ހުށިޔާރުކަން ދައްކައިފަ އެވެ. 

އޭގެ އިތުރުން ކޮންގޯ އަށް ވަނީ ލީޑު ފުޅާ ކުރަން ވެސް ތަނަވަސް ފުރުސަތު ތަކެއް ލިބިފައި އެވެ. މެޗުގެ ދެ ވަނަ ހާފުގެ 75 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. އެ ލަނޑު އިންގްލެންޑަށް ޖަހައިދިނީ ކެޕްޓަން ހެރީ ކޭން އެވެ. އެއީ އެންތަނީ ގޯޑަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނޭ ޖެހި ލަނޑެކެވެ. 

އެ ލަނޑާ އެކު އިންގްލެންޑުން އިތުރު ހިތްވަރެއް ހޯދިއިރު، މެޗުގެ 86 ވަނަ މިނެޓުގައި ކޭން ވަނީ ދެ ވަނަ ލަނޑެއް ޖަހައި އިންގްލެންޑަށް ލީޑު ނަގައިދީފައި އެވެ. އެއީ ވެސް ގޯޑަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭން ޖެހި ލަނޑެކެވެ. 

މޮޅާ އެކު އިންގްލެންޑުން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދިއިރު، ގަދަ 16 ގައި ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މެކްސިކޯ އިން ވަނީ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗު އަދި ގަދަ 31 ގެ މެޗުން ވެސް މޮޅުވެފައި އެވެ. 

ފީފާ ވާރލްޑް ކަޕް 2026އިންގްލެންޑުގެ ގައުމީ ޓީމުކޮންގޯ ޤައުމީ ފުޓުބޯޅަ ޓީމުހެރީ ކޭން

އިތުރަށް ކިޔާލަން

01 ޖުލައި 2026

ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި

01 ޖުލައި 2026
ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި
01 ޖުލައި 2026

އެކުއެޑޯ ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ގަަދަ 16 އަަށް

01 ޖުލައި 2026
އެކުއެޑޯ ބަލިކޮށް، ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ގަަދަ 16 އަަށް
01 ޖުލައި 2026

އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް

01 ޖުލައި 2026
އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް
01 ޖުލައި 2026

ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް

01 ޖުލައި 2026
ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް
30 ޖޫން 2026

ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!

30 ޖޫން 2026
ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!
30 ޖޫން 2026

ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕެނަލްޓީގައި ބަލިވެ، ނެދަލެންޑްސް ކަޓައިފި

30 ޖޫން 2026
ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕެނަލްޓީގައި ބަލިވެ، ނެދަލެންޑްސް ކަޓައިފި
30 ޖޫން 2026

ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް

30 ޖޫން 2026
ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް
30 ޖޫން 2026

ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް

30 ޖޫން 2026
ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
29 ޖޫން 2026

ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅައަށް އައިސްފައިވާ ބަދަލުތައް

29 ޖޫން 2026
ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅައަށް އައިސްފައިވާ ބަދަލުތައް
29 ޖޫން 2026

ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ

29 ޖޫން 2026
ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް