Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ

ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި

ވެނެޒުއޭލާގެ ކަރާކަސް ސަރަހައްދަށް އައި 7.2 އާއި 7.5 މެގްނިޓިއުޑްގެ ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން 164 މީހުން މަރުވެ، 1،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ގިނަ އަދަދެއްގެ އިމާރާތްތައް ބިމާ ހަމަވެފައިވާއިރު، 10،000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރޭ. މި ކާރިސާއާ ގުޅިގެން ބައިނަލްއަގުވާމީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ގައުމުގެ ބައެއް ސަރަހައްދުތަކުން ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް ވަނީ މެދުކެނޑިފައި.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 13:17
2026 ޖޫން 24 ވަނަ ދުވަހު ކަރާކަސްއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ސަލާމަތްކުރި މީހަކު، ރެސްކިއު ވޯކަރުން ސްޓްރެޗަރެއްގައި ބޭރަށް ނެރެނީ.

2026 ޖޫން 24 ވަނަ ދުވަހު ކަރާކަސްއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ސަލާމަތްކުރި މީހަކު، ރެސްކިއު ވޯކަރުން ސްޓްރެޗަރެއްގައި ބޭރަށް ނެރެނީ. | ގެޓީ އިމޭޖަސް

ވެނެޒުއޭލާގެ ވެރިރަށް ކަރާކަސް އާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހު އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން، އިމާރާތްތައް ވެއްޓި އޭގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވާއިރު، މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. މި ބިންހެލުންތަކަށްފަހު ބާރުގަދަ ލޮޅުންތަކެއް (އެފްޓަރޝޮކްސް) ވެސް ދަނީ އަންނަމުންނެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ހާމަކުރި ގޮތުގައި، ބުދަ ދުވަހުގެ މެންދުރުފަހު ކަރަކަސްގެ ހުޅަނގުން ގާތްގަނޑަކަށް 160 ކިލޯމީޓަރު (100 މޭލު) ދުރަށް 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. އަދި އޭގެ މިނެޓެއްވެސް ނުވަނީސް 7.5 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއް ވަނީ އައިސްފައެވެ.

ރޭގަނޑުވީއިރު، ކަރާކަސްގައި ވެއްޓިފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ތެރޭގައި މީހުން ސަލާމަތްކުރާ ފަރާތްތަކުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ އާއިލާގެ މެންބަރުން ސަލާމަތްކުރުމަށް ރޮއި އާދޭސްކުރަމުންދިޔަ މީހުންނަށް އެހީތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ބިންހެލުމުގެ ސަބަބުން ސިހުން ލިބިފައި ތިބި މީހުން އެ ސަރަހައްދުތަކުން ބޭރުކުރަމުންދިޔައިރު، ބައެއް މީހުން އުފުލާފައިވަނީ ސްޓްރެޗަރުގައެވެ.

ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި މިހާތަނަށް 164 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި ގާތްގަނޑަކަށް 1،000 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކަރާކަސް ކައިރީގައި އޮންނަ، އެ ސިޓީގެ އެއާޕޯޓް ވެސް އޮންނަ ލާ ގުއައިރާ ސްޓޭޓަށެވެ. އެ ސަރަހައްދުން އާންމުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިމާރާތްތަކުގެ ސީލިންގުތައް ވެއްޓެމުން ދިޔައިރު މީހުން ތިބީ ވަރަށް ބޮޑަށް ބިރުގަނެ ހާސްވެފައެވެ.

"ދިހަވަރަކަށް އިމާރާތް ވަނީ ބިމާ ހަމަވެފައި. ވީހާވެސް ގިނަ ފުރާނައެއް ސަލާމަތް ކުރުމަށްޓަކައި މީހުން ސަލާމަތްކުރުމުގެ ވަރުގަދަ އޮޕަރޭޝަނެއް މިހާރު ދަނީ ހިންގަމުން،" ބުރާސްފަތި ދުވަހުގެ ދަމުން ފަތިހު 1 ޖަހާކަންހާއިރު ދައުލަތުގެ ޓީވީ މެދުވެރިކޮށް ރޮޑްރިގޭޒް ވިދާޅުވިއެވެ.

"ލާ ގުއައިރާ ސްޓޭޓަށް ކުރިމަތިވެފައިވަނީ ވަރަށް ބޮޑު ހިތާމައެއް. އެ ސަރަހައްދަކީ މިހާރު ކާރިސާގެ ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި."

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ލަފާކުރާ ގޮތުގައި، މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެއެވެ. އަދި މި އަދަދު 10،000 އަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ގެއްލިފައިވާ މީހުންގެ މައުލޫމާތު ހޯދުމަށް އުފައްދާފައިވާ ވެބްސައިޓެއްގައިވާ ގޮތުން، ބުރާސްފަތި ދުވަހުގެ ފަތިހު 5:40 އާ ހަމައަށް 10،000 އަށްވުރެ ގިނަ މީހުންގެ ޚަބަރެއް ނުވެއެވެ. 

ބިންހެލުން އައި ދުވަހަކީ ބަންދު ދުވަހަކަށް ވުމުން، ގިނަ ބަޔަކު ތިބީ ގޭގައެވެ.

ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތުތަކާ ހަމައަށް ވެސް ކަރާކަސް އަށް ދިޔައީ ލޮޅުންތައް އަރަމުންނެވެ.

ރޮޑްރިގޭޒް ވިދާޅުވީ އެހެން ގައުމުތަކުގެ ރެސްކިއު ޓީމުތައް ވަރަށް އަވަހަށް އަންނާނެ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވުލަޑީމިއަރ ޕޫޓިން ފަދަ ލީޑަރުން ދެއްވި އެހީތެރިކަމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ވެނެޒުއޭލާގެ ރައްޔިތުން އެއްބައިވަންތަވުމަށް އޭނާ ގޮވާލެއްވިއެވެ. މިއަހަރުގެ ޖެނުއަރީ މަހު ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް ޓްރަމްޕް އަމުރުކުރެއްވި ފަހުން، އަހަރަކު 500 އިންސައްތައަށްވުރެ މަތީގައި އިންފްލޭޝަން ހުރި އެ ގައުމުގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަނީ އިތުރުވެފައެވެ.

މި ކާރިސާގައި އެހީތެރިވުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ. އަދި މަރުވި މީހުންގެ އަދަދު "ހިތާމަވެރި" މިންވަރަކަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އދ. އިން ވެނެޒުއޭލާއަށް ކަނޑައަޅާފައިވާ ހިއުމަން ރައިޓްސް މިޝަނުން ވަނީ ސޯޝަލް މީޑިއާއަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލާފައެވެ. އެ މިޝަނުން ބުނީ މިއީ "މަރާއި ދިރިއުޅުމާ ގުޅިފައިވާ" ކަމެއް ކަމަށެވެ. އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް އިންޓަނެޓްގެ ޚިދުމަތް ލިބެމުންދިޔަ ނަމަވެސް، ކަމާބެހޭ ފަރާތްތަކަށް ވަނީ ހާލަތު ކޮންޓްރޯލް ކުރުމުގައި ދަތިތަކާ ކުރިމަތިވެފައެވެ.

ވެނެޒުއޭލާގެ ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ވިލްމާ އަޒުއާޖޭ ވަނީ މައިކެޓިއާ އެއާޕޯޓަށް ބިންހެލުން އައި ވަގުތު، އިމާރާތުގެ ބައިތައް ވެއްޓި ހިރަފުސް ބުރައިގެން ދިޔަ މަންޒަރު ރެކޯޑުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ހާލަތު ވަރަށް ނާޒުކެވެ. އަދި އެއާޕޯޓް ބަންދުކުރުމާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

1967 ވަނަ އަހަރު ވެސް 6.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ތަޖުރިބާކޮށްފައިވާ ކަރަކަސްގެ ރައްޔިތުން، އިމާރާތްތައް ތެޅެން ފެށުމާއެކު މަގުތަކަށް ނުކުމެފައިވެއެވެ.

އެލް ސަލްވަޑޯރު، ޑޮމިނިކަން ރިޕަބްލިކް، ބްރެޒިލް އަދި ސްޕެއިން ފަދަ ގައުމުތަކުގެ ލީޑަރުން ވަނީ ވެނެޒުއޭލާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ.

ވެނެޒުއޭލާ އޮންނަނީ ކެރީބިއަން ޕްލޭޓާއި ސައުތު އެމެރިކަން ޕްލޭޓް ބައްދަލުވާ، ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ސަރަހައްދެއްގައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި، 1812 ވަނަ އަހަރު މެރިޑާ އަދި ކަރަކަސްއަށް އައި ބިންހެލުމެއްގައި 30،000 އެއްހާ މީހުން މަރުވެފައިވެއެވެ.

ކަރަކަސްގެ ހޮސްޕިޓަލް ޑި ކްލިނިކާސްގެ މުވައްޒަފަކު ބުނި ގޮތުގައި، އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރޭގަނޑު ޑިއުޓީގައި އުޅޭ މުވައްޒަފުންގެ އަދަދު ވަނީ ދެގުނަ އިތުރުކޮށްފައެވެ.

މި ހަފުތާގެ ބާކީ އޮތް ދުވަސްތަކުގައި ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ. އަދި ސިޓީގެ ސްޓޮކް އެކްސްޗޭންޖް ބަންދުކޮށް، އެ ތަން މިހާރު ބޭނުންކުރަމުންދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށެވެ.

ވެނެޒުއޭލާގެ ރެޑް ކްރޮސްއިން ބުނީ އެ ޖަމިއްޔާގެ ހެޑްކުއާޓަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކަށް ރެސްކިއު ޓީމުތައް ފޮނުވާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ފަރަންސޭސިވިލާތުން ބުނި ގޮތުގައި އެ ގައުމުގެ އެމްބަސީއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ވެނެޒުއޭލާގެ ތެޔޮ އުފައްދާ ވަސީލަތްތަކަށް މިހާތަނަށް ގެއްލުމެއް ލިބިފައިވާ ކަމަކަށް ނުފެނެއެވެ. ތެލުގެ މުހިންމު މަރުކަޒެއް ކަމަށްވާ މަރަކައިބޯ ކައިރީގައި ހުރި އިދާރާތަކުން ބުނީ އެ ސަރަހައްދުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. ބިންހެލުން އައި މަރުކަޒު ކަމަށްވާ މޮރޯން ކައިރީގައި ހުންނަ އެލް ޕަލިޓޯ ރިފައިނަރީގެ މުވައްޒަފަކު ބުނީ އެތަނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ބްރިޓިޝް ތެޔޮ ކުންފުނި ޝެލްއިން ބުނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ހާލު ރަނގަޅު ކަމަށެވެ.

ނަމަވެސް، ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮންނަ ވަގުތު އިތުރުވެއްޖެނަމަ، ތެޔޮ އުފައްދާ މިންވަރަށް އަސަރުކޮށްފާނެ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ވެނެޒުއޭލާގެ އޮއިލް މިނިސްޓްރީއާއި، ދައުލަތުގެ ތެޔޮ ކުންފުނި ޕީޑީވީއެސްއޭ އަދި އެ ކުންފުނީގެ މައިގަނޑު ބައިވެރިޔާ ޝެވްރޮންއިން މިކަމާ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މަސްދަރު: ރޮއިޓާސް

ވެނެޒުއޭލާކަރާކަސްބިން ހެލުންޑެލްސީ ރޮޑްރިގޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

25 ޖޫން 2026
ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

25 ޖޫން 2026
ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

25 ޖޫން 2026
މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ

މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ

23 ޖޫން 2026
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

08 ޖޫން 2026

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު