Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެނުޒުއޭލާގެ ބިންހެލުން ތަޢުޒިޔާ

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ގައުމަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވި މި މެސެޖުގައި، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ހާލަތު އާންމު ހާލަތަށް ގެނައުމަށް ކުރާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވޭ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ބިންހެލުމުގެ އަސަރުކުރި އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން ރައީސް ވަނީ ހަމްދަރުދީ ފާޅުކުރައްވާފަ.

ޖިނާ
ޖިނާ | 25 ޖޫން 2026 | ބުރާސްފަތި 16:21
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ | ރައީސް އޮފީސް

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވެނުޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވެނެޒުއޭލާގެ ވަގުތީ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިޚްލާޞްތެރި ހަމްދަރުދީ ފޮނުއްވައި، މި ދަތި އަދި ހިތާމަވެރި ދަނޑިވަޅުގައި އެ ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، އަދި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

ވެނެޒުއޭލާޑރ. މުޙައްމަދު މުޢިއްޒުޑެލްސީ ރޮޑްރިގޭޒްބިން ހެލުންރާއްޖެ-ވެނުޒުއޭލާ

އިތުރަށް ކިޔާލަން

25 ޖޫން 2026

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

25 ޖޫން 2026
ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ
25 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި

25 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި
25 ޖޫން 2026

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

25 ޖޫން 2026
ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫ ކަލައިދޫގައި: މިނިސްޓްރީ

25 ޖޫން 2026
ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫ ކަލައިދޫގައި: މިނިސްޓްރީ
25 ޖޫން 2026

ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި

25 ޖޫން 2026
ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި
25 ޖޫން 2026

ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

25 ޖޫން 2026
ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
24 ޖޫން 2026

އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި

24 ޖޫން 2026
އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި
24 ޖޫން 2026

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި

24 ޖޫން 2026
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި
24 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
24 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

24 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު