Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އިވާޓޭގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.2 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ. ބިންހެލުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ރޭލު ދަތުރުތައް މެދުކަނޑާލި ނަމަވެސް، އެ ސަރަހައްދުގައި ހުރި ނިއުކްލިއާ މަރުކަޒުތަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވާކަމަށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައި.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 10:04
ޖަޕާނުގެ އިރުއުތުރު ސަރަހައްދަށް އައި ރިކްޓަރ މިންގަނޑުން 7.2 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން، 2026 ޖޫން 25 ވަނަ ދުވަހު އައޯމޯރީ ޕްރިފެކްޗަރގެ ހަޗިނޯހޭގައި ހުރި އިމާރާތެއްގެ ބޭރު ފާރުން ބައެއް ވެއްޓި، އެ ސަރަހައްދުގެ ޕާކިން ލޮޓަކަށް ކުނިތައް ޖަމާވެފައި.

ޖަޕާނުގެ އިރުއުތުރު ސަރަހައްދަށް އައި ރިކްޓަރ މިންގަނޑުން 7.2 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން، 2026 ޖޫން 25 ވަނަ ދުވަހު އައޯމޯރީ ޕްރިފެކްޗަރގެ ހަޗިނޯހޭގައި ހުރި އިމާރާތެއްގެ ބޭރު ފާރުން ބައެއް ވެއްޓި، އެ ސަރަހައްދުގެ ޕާކިން ލޮޓަކަށް ކުނިތައް ޖަމާވެފައި. | ގެޓީ އިމޭޖަސް

ޖަޕާނުގެ އުތުރު އައްސޭރިފަށަށް ބުރާސްފަތި ދުވަހު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ނަމަވެސް އެ ގައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެފައިވަނީ މި ބިންހެލުމާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.

ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، އިވާޓޭގެ އިރުމަތީ އައްސޭރިފަށަށް އައި މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.2 ގައެވެ. ފުރަތަމަ މި ބިންހެލުމުގެ ބާރުމިން 6.9 ގައި ހުރި ކަމަށް ރިޕޯޓްކުރި ނަމަވެސް، ފަހުން އެ އެޖެންސީން ވަނީ އެ އަދަދު މުރާޖައާކޮށްފައެވެ. މި ބިންހެލުން އައިސްފައިވަނީ ބިމުގެ 50 ކިލޯމީޓަރު (30 މޭލު) އަޑިއަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިންހެލުމުގެ ބާރުމިނަކީ 6.9 އެވެ.

މި ބިންހެލުން އައިސްފައިވަނީ ފަހަކަށް އައިސް ތަކުރާރުކޮށް ބާރުގަދަ ބިންހެލުންތައް އަންނަމުންދާ ސަރަހައްދަކަށެވެ. އޭގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހު އައި ބިންހެލުމަކާ ގުޅިގެން، ހަފުތާއެއްގެ މުއްދަތަށް "މެގަ-ކުއޭކް" ނުވަތަ ވަރަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމުގެ އިންޒާރު ނެރުނު ސަރަހައްދު ވެސް ހިމެނެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު މީހުން މަސައްކަތަށް ނުކުންނަ ގަޑީގައި ޖަޕާނުގެ އިރުއުތުރު ސަރަހައްދަށް އައި މި ބިންހެލުމުގެ ލޮޅުންތައް ވެރިރަށް ޓޯކިޔޯއަށް ވެސް ކޮންމެވެސް ވަރަކަށް އިހުސާސްކުރެވުނެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މިނޯރޫ ކިހާރާ ވިދާޅުވި ގޮތުގައި، މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ނުވަތަ މުދަލަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ބޮޑުވަޒީރު ސަނައޭ ތަކައިޗީ ޓޯކިޔޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސަރުކާރުގެ ކުއްލި ހާލަތްތަކާ ބެހޭ ޓީމުން "ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން" މައުލޫމާތު އެއްކުރަމުންދާ ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ރައްޔިތުން، އިތުރު ލޮޅުންތަކެއް (އެފްޓަރޝޮކްސް) އަތުވެދާނެތީ ސަމާލުވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

އައޯމޯރީ ޕްރިފެކްޗަރގެ ހާޝިކާމީ އަވަށުގެ ޕްރައިމަރީ ސުކޫލެއްގެ ޕްރިންސިޕަލް ޓޮމޯކޯ ނަގާނޭ އެންއެޗްކޭއަށް މައުލޫމާތު ދެމުން ބުނީ، ބިންހެލުމުގެ އިންޒާރު ލިބުނުއިރު އޭނާ ދިޔައީ ކާރު ދުއްވަން ކަމަށާއި، ކާރަށް ބާރުގަދަ ލޮޅުންތަކެއް އިހުސާސްވި ކަމަށެވެ. ސުކޫލަށް ހާޒިރުވެފައި ތިބި ކުދިންގެ ހާލު ރަނގަޅު ކަމަށާއި، ނަމަވެސް ބިރުން ބައެއް ކުދިން ރޮމުންދިޔަ ކަމަށް އޭނާ ބުންޏެވެ. މި ހާދިސާއާ ގުޅިގެން އެ ދުވަހުގެ ކިޔެވުން މެދުކަނޑާލައި، ހުރިހާ ކުދިން މިހާރު ރައްކާތެރިކަމާއެކު ގެއަށް ފޮނުވާލާފައިވާ ކަމަށް ވެސް ނަގާނޭ ބުންޏެވެ.

ޖަޕާނުގެ ދައުލަތުގެ މީޑިއާ އެންއެޗްކޭއިން ދެއްކި މަންޒަރުތަކުގައި، ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސެންޑާއީ އަދި މޮރިއޯކާ ފަދަ ރަށްތަކުގައި ތިބި އެ މީޑިއާގެ ނޫސްވެރިން ބުނެފައިވަނީ، ދެ މިނެއްޓެއްހާއިރު ވަންދެން ބިންހެލުމުގެ ލޮޅުންތައް އިހުސާސްވި ކަމަށެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ފެންނަން ނެތް ކަމަށާއި، އާންމުން ދަތުރުފަތުރު ކުރަމުންދަނީ އާންމު ހާލަތުގައި ވެސް ކުރާ ގޮތަށް ކަމަށް އެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

އިރުއުތުރު ސަރަހައްދުތަކުގައި ރޭލުގެ ޚިދުމަތް ދޭ އީސްޓް ޖަޕާން ރޭލްވޭ ކޮމްޕެނީން ބުނީ، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ބައެއް ބްލެޓް ރޭލުތަކާއި ލޯކަލް ރޭލުތަކުގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ތަރުޖަމާނު ކިހާރާ ވިދާޅުވި ގޮތުގައި، 2011 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމާއި ސުނާމީގައި ގެއްލުންވި ފުކުޝީމާ ޑައިޗީ ނިއުކްލިއާ ޕްލާންޓާއި، އައޯމޯރީގައި ހުންނަ ނިއުކްލިއާ ފިއުލް ރީޕްރޮސެސިން ޕްލާންޓް ހިމެނޭހެން، އެއްވެސް ނިއުކްލިއާ މަރުކަޒަކަށް ބުރާސްފަތި ދުވަހުގެ ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ޕެސިފިކް "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުންތައް އަންނަ އެއް ގައުމެވެ.

ޖަޕާންބިން ހެލުންޓޯކިޔޯސުނާމީފުކުޝިމާޕެސިފިކް ރިންގް އޮފް ފަޔަރ

އިތުރަށް ކިޔާލަން

25 ޖޫން 2026

ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

25 ޖޫން 2026
ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
23 ޖޫން 2026

ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި

23 ޖޫން 2026
ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި
16 ޖޫން 2026

ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި

16 ޖޫން 2026
ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި
16 ޖޫން 2026

ޖަޕާނުގެ އިންޓްރެސްޓް ރޭޓް 31 އަހަރަށްފަހު އެންމެ މަތީ މިންވަރަށް އުފުލައިފި

16 ޖޫން 2026
ޖަޕާނުގެ އިންޓްރެސްޓް ރޭޓް 31 އަހަރަށްފަހު އެންމެ މަތީ މިންވަރަށް އުފުލައިފި
08 ޖޫން 2026

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

08 ޖޫން 2026
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
08 ޖޫން 2026

ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި

08 ޖޫން 2026
ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި
02 އެޕްރީލު 2026

އިންޑޮނޭޝިއާ އަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެއްޖެ

02 އެޕްރީލު 2026
އިންޑޮނޭޝިއާ އަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެއްޖެ
22 މާރިޗު 2026

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

22 މާރިޗު 2026
ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ
16 މާރިޗު 2026

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026
އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި
08 މާރިޗު 2026

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ޖަޕާނުގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އަތުވެއްޖެ

08 މާރިޗު 2026
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ޖަޕާނުގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު