Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުޓިލިޓީ ޚިދުމަތް

މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި

21 ޖޫން 2026 | އާދީއްތަ 18:34

ފެނަކަ ކޯޕަރޭޝަނުން މ. އަތޮޅުގެ އަށް ރަށަކަށް ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފި. ފެނަކައިގެ ޚަރަދުތައް ބޮޑުވެ، އާމްދަނީއާ ނުބައްދަލު މިންވަރަށް މުވައްޒަފުން ތިބުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައި. މި ބަދަލާއެކު ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ރިޑަންޑެންސީ ޕޮލިސީއެއް އެކުލަވާލައި، މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައި.

ރާއްޖެ އެމްވީ | 21 ޖޫން 2026 | އާދީއްތަ 18:34
މ. އަތޮޅުގެ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި އަދި ރަތްމަންދޫގެ އިތުރުން ވޭވަށު ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯ އިން މިއަދު ވަނީ ރަސްމީކޮށް ހަވާލުވެފައި.

މ. އަތޮޅުގެ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި އަދި ރަތްމަންދޫގެ އިތުރުން ވޭވަށު ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯ އިން މިއަދު ވަނީ ރަސްމީކޮށް ހަވާލުވެފައި. | ސްޓެލްކޯ

 ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފިއެވެ.

ޚިދުމަތް ދިނުމަށް ސްޓެލްކޯ އަށް ހަވާލު ކުރި ރަށްތަކަކީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ.

Advertisement - newsAdvertisement

ފެނަކަ އިން، މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސެއިންއެވެ. ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ. 

ފެނަކައިން ވަނީ، މިދިޔަ އޭޕްރިލްމަހު ވެސް އެ ކުންފުނިން 3 އަތޮޅަކަށް ދެމުން ދިޔަ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއާ ޙަވާލުކޮށްފައެވެ. 

ފެނަކައިގެ ޚަރަދުތައް ބޮޑުވެ ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) މުހައްމަދު އަފީފް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ އެމްޑީ ވިދާޅުވެފައިވަނީ ކުންފުނީގައި މިވަގުތު 8000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު މިމުއްވަޒަފުންގެ މުސާރައަށް ގާތްގަނޑަކަށް 90 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށެވެ. އެ ގޮތުން ކުންފުނީގެ އާމްދަނީއާއި ނުބައްދަލު މިންވަރަކަށް މުވައްޒަފުން ތިބުމާއެކު ރިޑަންޑެންސީ ޕޮލިސީއެއް ފާސްކޮށްފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ކުންފުނިން އިސްނަގައިގެން މުވައްޒަފުން ވަކިކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު، އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން މުވައްޒަފުންގެ ގޮތުގައި ނެގުމުގެ އިތުރުން މުވައްޒަފުންނަށް ނުހައްގުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަން ސަރުކާރުން ކޮށްފައިވާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

ފެނަކަ ކޯޕަރޭޝަންސްޓެލްކޯމ އަތޮޅުމުހައްމަދު އަފީފު ހުސައިންޑރ. އަލީ އަޒްވާރުޔުޓިލިޓީ ޚިދުމަތް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

20 ޖޫން 2026

ހަތަރު މަހުގެ މުސާރައާއެކު 97 މުވައްޒަފަކު ފެނަކައިން ވަކިވާން އެދިއްޖެ

20 ޖޫން 2026
 ހަތަރު މަހުގެ މުސާރައާއެކު 97 މުވައްޒަފަކު ފެނަކައިން ވަކިވާން އެދިއްޖެ
19 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖޫން 2026

މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން

14 ޖޫން 2026
މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން
06 ޖޫން 2026

ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑް ކުރި ކަމުގެ ތުހުމަތު

06 ޖޫން 2026
ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑް ކުރި ކަމުގެ ތުހުމަތު
04 ޖޫން 2026

ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި

04 ޖޫން 2026
ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި
04 ޖޫން 2026

8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ

04 ޖޫން 2026
8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ
03 ޖޫން 2026

ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

03 ޖޫން 2026
ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
01 ޖޫން 2026

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ވިލިނގިލިން ހައްޔަރުކޮށްފި

01 ޖޫން 2026
ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ވިލިނގިލިން ހައްޔަރުކޮށްފި
30 މެއި 2026

ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟

30 މެއި 2026
ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟
27 މެއި 2026

ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި

27 މެއި 2026
ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް