Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބިލްތަކުގެ މައްސަލަ

ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟

ރަމަޟާން މަހުގެ ލުއިތަކަށްފަހު ކަރަންޓާއި ފެން ބިލުތައް އާދަޔާ ހިލާފަށް ބޮޑުވުމާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެ، ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެގެން ދިޔަ. މި މައްސަލައިގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ކުޅުދުއްފުށީ މަށިމާލި ޕެރޭޑުންވެސް ފެނިގެންދިޔައިރު، ބިލުތައް ބޮޑުވި ސަބަބު ދެނެގަތުމަށް ހަދާނެ ކަމަށް ބުނި ހަކަތައިގެ އޮޑިޓުގެ އެއްވެސް ނަތީޖާއެއް މިހާތަނަށް ހާމަކޮށްފައެއް ނުވޭ. އެހެންކަމުން ސަރުކާރުން ހިލޭ ދިން ތަކެއްޗަކީ ބިލުތަކުގެ އަގު ބޮޑުކޮށްގެން އަތުލާ އެއްޗެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 މެއި 2026 | ހޮނިހިރު 07:47
އަޟްހާ އީދާ ގުޅިގެން ކޮންމެ އަހަރަކު ވެސް ކުޅުދުއްފުށިން ނެރޭ ''މަށިމާލި ޕެރޭޑުން'' ވަނީ ކަރަންޓު ރަހަލާ މަސްދަޅު ފެނިފައި.

އަޟްހާ އީދާ ގުޅިގެން ކޮންމެ އަހަރަކު ވެސް ކުޅުދުއްފުށިން ނެރޭ ''މަށިމާލި ޕެރޭޑުން'' ވަނީ ކަރަންޓު ރަހަލާ މަސްދަޅު ފެނިފައި. | ސޯޝަލް މީޑިއާ

ދިވެހިރާއްޖޭގެ ސިޔާސީ އަދި އިޖުތިމާއީ މަސްރަހުގައި މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ގަބޫލު ނުކުރެވޭ މިންވަރަށް ކަރަންޓާއި، ފެން ބިލުތައް ބޮޑުވާ މައްސަލަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ދިން ލުއިތަކާއި، ހަދިޔާގެ ގޮތުގައި ބެހި މަސްދަޅު ކޭސްތަކަކީ ރައްޔިތުންނަށް ލިބުނު އުފަލަކަށްވުރެ ބޮޑަށް، ފަހުން އުފުލަންޖެހުނު ތަކުލީފެއްގެ ފެށުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ރަމަޟާން މަހު ދިން ޑިސްކައުންޓަށްފަހު، ދެން ޖެހިފައި މަހު ބިލްތައް ހުރީ ކުރިން ދުވަހަކުވެސް ނާރާ މިންވަރަށް މަތީގަ އެވެ. އާންމުކޮށް 2000 ރުފިޔާ އަރާ ގޭބިސީތަކުގެ ބިލް 4000 ނުވަތަ 5000 އަށް އެރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މިމައްސަލައާ ގުޅިގެން އޭޕްރީލް މަހުގެ ތެރޭގައި ނ. ވެލިދޫ އާއި ރ. އަނގޮޅިތީމު ފަދަ ރަށްރަށުގައި ރައްޔިތުން ވަނީ ފެނަކަ އޮފީސް ދޮށަށް އެއްވެ، ''  ރައްޔިތުން ނޮޅާލައިފި ކަމަށް ބުނެ ކަމަށް ބުނެ އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.

މީގެ އިތުރުން މި މައްސަލައިގައި ރައްޔިތުންގެ ޝުއޫރުތައް ސޯޝަލް މީޑިއާއިން ވެސް ފެނިގެން ދިޔަ އެވެ. ގޭބިސީތަކުގެ ބިލްތަކުގެ ފޮޓޯ ހިއްސާކޮށް، ސަރުކާރުން ހިލޭ ދިން މަސްދަޅު ކޭހާއި، ބިލުތަކުން ދިން ޑިސްކައުންޓްގެ އަގު ބިލުން އަތުލަނީތޯ ސުވާލު އުފައްދާފައިވެ އެވެ. އަދި އެދުވަސްކޮޅު މިއަޑު ގަދަވި ނަމަވެސް ފަހުން މިއަޑާއި، ކަންބޮޑުވުންތަކުގެ އަޑު ވަނީ ކެނޑިގެން ގޮސްފަ އެވެ. 

ނަމަވެސް އަޟްހާ އީދާ ގުޅިގެން ކޮންމެ އަހަރަކު ވެސް ކުޅުދުއްފުށިން ނެރޭ ''މަށިމާލި ޕެރޭޑުން'' މިމައްސަލައާ ގުޅިގެން ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަ ނުޖެހުމަށް ބަދަލެއް ނާންނަކަން މިވަނީ ހާމަވެފަ އެވެ. އެޕެރޭޑުން ދައްކާލި މާލިތަކާއި، އެކިއެކި ކެރެކްޓަރތަކުންގެ އިތުރުން އެކިކަހަލަ އެއްޗެހީގެ ތެރެއިން ގިނަ ބައެއް ސަމާލުކަން ލިބިގެން ދިޔައީ '' ކަރަންޓް ރަހަލާ މަސްދަޅަށް'' ށެވެ. 

އެ ޕެރޭޑުގައި ދައްކާލި " ކަރަންޓު ރަހަލާ މަސްދަޅު " އަކީ މިއަދު ރައްޔިތުންގެ ހާލަތު ބަޔާންކޮށްދޭ ވަރުގަދަ މިސާލެކެވެ. ސަރުކާރުން ހިލޭ އެއްޗެއް ދީފިނަމަ، އެއީ ދަންތުރައެއް ކަމާއި، އޭގެ ބަދަލު އެހެން ގޮތަކުން ރައްޔިތުންގެ އަތުން ނަގާނެ ކަމުގެ ބިރު މިއަދު ވަނީ އުފެދިފަ އެވެ.

ކަންމިހެން އޮތްއިރު، ސްޓެލްކޯ އާއި ފެނަކައިން އަދި އެމްޑަބްލިޔުއެސްސީން ވެސް މި ތުހުމަތުތައް ދޮގުކުރެ އެވެ. އަދި ބޭނުން ނުކުރާ ޚިދުމަތަކަށް ބިލު ނުކުރާ ކަމަށް އެކުންފުނިތަކުން ބުނެ އެވެ. ނަމަވެސް، ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން 2024 އޯގަސްޓް މަހު ސްޓެލްކޯގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ މާލޭގެ %21 ގޭބިސީގެ ބިލްތައް އާދަޔާ ހިލާފަށް ބޮޑުކަން ގަބޫލުކުރައްވާފަ އެވެ. އަދި ހަކަތައިގެ އޮޑިޓެއް ހަދަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، މިއަދާ ހަމައަށް އެ އޮޑިޓުގެ އެއްވެސް ނަތީޖާ އެއް ނުވަތަ އޮޑިޓް ކުރި ކަމެއް ވެސް ނޭނގެ އެވެ. އެ އޮޑިޓް ވެސް އޮތީ ވާނުވާ ގަ އެވެ. 

އެހެންކަމުން ކުޅުދުއްފުށީގެ ރައްޔިތުން ބުނި ފަދައިން، މިއަދު ރައްޔިތުންގެ އަތަށް އަރާ ކޮންމެ މަސްދަޅަކުން ކަރަންޓު ރަހަ ލަނީ، އެއީ ހިލޭ ލިބޭ އެއްޗެއް ނޫންކަން އަމަލީ ގޮތުން ފެންނާތީއޭ ބުނެވިދާނެއްނުންތޯ އެވެ.

ސްޓެލްކޯފެނަކައެމްޑަބްލިޔުއެސްސީ ހުސައިން ފަހުމީކުޅުދުއްފުށި ސިޓީމަށިމާލި ޕެރޭޑްބިލްތަކުގެ މައްސަލަރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ ފެންވަރު ދަނީ ދަށަށް، މިހާތަނަށް އައު އެއްވެސް ޚިދުމަތެއް ތައާރަފެއް ނުކުރޭ: ކުރީގެ މެންބަރު ސަނީފް

މި ސަރުކާރުގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ ފެންވަރު ދަނީ ދަށަށް، މިހާތަނަށް އައު އެއްވެސް ޚިދުމަތެއް ތައާރަފެއް ނުކުރޭ: ކުރީގެ މެންބަރު ސަނީފް

30 މެއި 2026
މަށިމާލި ޕެރޭޑް އޭރު ސަޅިވި އާޒިމާއަށް، މިހާރު އެ ޕެރޭޑުން އުފާވެރިކަމުގެ ރޫހު ވަނީ ޚަރާބު!

މަށިމާލި ޕެރޭޑް އޭރު ސަޅިވި އާޒިމާއަށް، މިހާރު އެ ޕެރޭޑުން އުފާވެރިކަމުގެ ރޫހު ވަނީ ޚަރާބު!

29 މެއި 2026
ސަރުކާރަށް ހަޖަމްނުވި "މާލި ޕެރޭޑް". ދިފާއަށް ދީނީ ކާޑު

ސަރުކާރަށް ހަޖަމްނުވި "މާލި ޕެރޭޑް". ދިފާއަށް ދީނީ ކާޑު

29 މެއި 2026
  ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު