Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަދަލު ދިނުން

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން ބަދަލުދޭން އެކުލަވާލި އުސޫލަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ހަދާފައިވާ އުސޫލެއް: މައުރޫފް

20 ޖޫން 2026 | ހޮނިހިރު 14:58

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން ބަދަލުދޭން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި އުސޫލަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ހަދާފައިވާ އުސޫލެއް ކަމަށް ގާނޫނީ ވަކީލު އަހުމަދު މައުރޫފް ތުހުމަތު ކުރައްވައިފި. އޭނާ ވިދާޅުވީ އިންވެސްޓަރުން ރިސޯޓު ހަދަނީ ވަކި މުއްދަތަކަށް އަމިއްލަ ރިސްކުގައި ކަމަށްވާތީ، އެއްބަސްވުން ހަމަވުމުން ދައުލަތުން ބަދަލު ދޭންޖެހޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖޫން 2026 | ހޮނިހިރު 14:58
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް | ރާއްޖެ އެމްވީ

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން ބަދަލުދޭން އެކުލަވާލި އުސޫލަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ހަދާފައިވާ އުސޫލެއްކަމަށް ޤާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ކުލި މުއްދަތު ހަމަވެގެން ނުވަތަ ދައުލަތުން ބޭނުންވެގެން ރަށް ނަގާ ހާލަތްތަކުގައި ބަދަލު ދޭނެ ގޮތުގެ އުސޫލެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ވަނީ އާންމުކޮށްފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުރޫފް ވިދާޅުވީ، މިއީ ކޮންމެވެސް ބަޔަކަށް ދައުލަތުގެ ފައިސާތަކެއް ދިނުމުގެ މަގު ފަހިކުރުމަށްޓަކައި ހަދާފައިވާ އުސޫލެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި ރިސޯޓެއް ހަދަން ދޫކޮށްފައިވާ ރަށެއްގެ ލީސް ޕީރިއަޑް ނުވަތަ ކުލީގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުމުގެ ކަންކަން އެ ނިމުނީއެވެ. އެފަދަ ހާލަތެއްގައި ރަށުގައި ހުންނަ އުފުލޭ މުދާ ބޭރު ކުރުމުގެ ފުރުސަތު އިންވެސްޓަރަށް އޮންނަންވާނެ ކަމަށާއި، ނަމަވެސް އެ ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓަށް ދައުލަތުން ބަދަލު ދޭންޖެހޭނެ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަމުގެ ސަބަބުތައް ތަފްސީލުކޮށްދެއްވަމުން މައުރޫފް ވިދާޅުވީ، ރިސޯޓު ތަރައްގީކުރަން އިންވެސްޓަރުން އިންވެސްޓު ކުރަނީ މުއްދަތު ސާފުކޮށް އެނގެން އޮތް އެގްރީމަންޓެއްގެ ދަށުން، ވަކި މުއްދަތަކަށް އަމިއްލަ ރިސްކުގައި ކަމަށެވެ. އަދި ލީސް ޕީރިއަޑް ހަމަވާއިރު އާންމު އުސޫލުން އެ އިންވެސްޓްމަންޓުން ލިބެންޖެހޭ ފައިދާ އާއި ހަރަދުތައް ކަވަރު ކުރެވިފައި އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ރަށެއް އަނބުރާ ދައުލަތަށް ނަގާއިރު، އެތަނުގައި ހުރި އިމާރާތްތަކަށާއި އިންވެސްޓްމަންޓަށް ދައުލަތުން ފައިސާ ދޭންޖެހުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އުސޫލުގައިވާގޮތުން ބަދަލުގެ ގޮތުގައި ފައިސާ ލިބެނީ ކުލި މުއްދަތު ހަމަ ވެގެން ނޫނީ ދައުލަތުން ބޭނުންވެގެން ރަށެއް ނަގާ ނަމަ އެވެ. އުސޫލުގައި އޮތް ގޮތުން، އެއްބަސްވުމާ ހިލާފުވެގެން ރަށެއް ދައުލަތަށް ނަގާ ނަމަ، ބަދަލު ދޭކަށް ނުޖެހެ އެވެ.

އަހްމަދު މައުރޫފްއޮޑިޓަރ ޖެނެރަލްގެ ރިޕޯޓުޓޫރިސްޓު ރިސޯޓުތައް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޖޫން 2026

މިހާރުގެ ސަރުކާރުގައިވެސް، އަދި ވެރިކަން ކުރާ ޕާޓީގައިވެސް އެއްވެސް ސިޔާސަތެއް ނެތް: މައުރޫފް

18 ޖޫން 2026
މިހާރުގެ ސަރުކާރުގައިވެސް، އަދި ވެރިކަން ކުރާ ޕާޓީގައިވެސް އެއްވެސް ސިޔާސަތެއް ނެތް: މައުރޫފް
17 ޖޫން 2026

އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

17 ޖޫން 2026
އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް
09 ޖޫން 2026

މުއިއްޒުގެ ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ފެއިލްވެއްޖެ: މައުރޫފް

09 ޖޫން 2026
މުއިއްޒުގެ ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ފެއިލްވެއްޖެ: މައުރޫފް
31 މެއި 2026

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް
20 މެއި 2026

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް
18 މެއި 2026

މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ އެކައުންޓްގައި 2024 ވަނަ އަހަރުގެ ނިޔަލަށް ހުރި 16.7 މިލިއަން ރުފިޔާ އަކީ ކޮން ފައިސާއެއްކަން އެނގޭކަށް ނެތް: އޮޑިޓް

18 މެއި 2026
މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ އެކައުންޓްގައި 2024 ވަނަ އަހަރުގެ ނިޔަލަށް ހުރި 16.7 މިލިއަން ރުފިޔާ އަކީ ކޮން ފައިސާއެއްކަން އެނގޭކަށް ނެތް: އޮޑިޓް
20 އެޕްރީލު 2026

ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު

20 އެޕްރީލު 2026
ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު
11 އެޕްރީލު 2026

އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު އިބުރޭ އާއި ލީގަލް ޑިރެކްޓަރ މައުރޫފްގެ މަޤާމް އިއާދަކޮށްފި

11 އެޕްރީލު 2026
އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު އިބުރޭ އާއި ލީގަލް ޑިރެކްޓަރ މައުރޫފްގެ މަޤާމް އިއާދަކޮށްފި
11 އެޕްރީލު 2026

މައުރޫފް އާއި އިބުރޭގެ މަޤާމް އިއާދަކޮށް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަނީ

11 އެޕްރީލު 2026
މައުރޫފް އާއި އިބުރޭގެ މަޤާމް އިއާދަކޮށް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަނީ
08 އެޕްރީލު 2026

55 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޗެއާޕަރސަން ކަމުން ޣަފޫރު ވަކިކުރަން ހުށަހަޅައިފި

08 އެޕްރީލު 2026
55 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޗެއާޕަރސަން ކަމުން ޣަފޫރު ވަކިކުރަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް