Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލަރުންގެ މުސާރަ

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ދެކޮޅު ހައްދަވައިފި. މި ބަހުސްގައި ޕީއެންސީގެ މެންބަރުން ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް އުސޫލެއްގެ ގޮތުން ތާއީދުކުރި ނަމަވެސް، މިވަގުތަކީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށާއި މި ދައުރުގެ ތެރޭގައި އެ ބަދަލު ގެންނާނެ ކަމަށް. ނަމަވެސް، އިގުތިސާދީ ދަތިކަމުގެ ވާހަކަ ސަރުކާރުން ދައްކާއިރު، ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 14:09
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު: އެނާ މަޖިލީހުގައި ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ތަން ނުދޭ ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު: އެނާ މަޖިލީހުގައި ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ތަން ނުދޭ ކަމަށް. | ރާއްޖެއެމްވީ ގްރެފިކްސް

ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތަށް ބަލާއިރު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުން އެކަމަށް ދެކޮޅު ހަދައިފި އެވެ.

 ޕީއެންސީ މެމްބަރުން މިކަން ހާމަކުރެއްވީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިންނެވެ.

Advertisement - newsAdvertisement

މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު މީކާއިލް ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރެއްވީ، ކައުންސިލުތަކުގެ ރައީސުންގެ މުސާރަ ސެކްރެޓަރީ ޖެނެރަލުންގެ މުސާރައަށް ވުރެ ކުޑަ ކަމަށާއި، ނައިބުންގެ މުސާރަ އެގްޒެކްޓިވުންގެ މުސާރައަށް ވުރެ ކުޑަ ކަމަށެވެ. އަދި ކައުންސިލަރުންގެ މުސާރަ ބައެއް މުވައްޒަފުންގެ މުސާރައަށް ވުރެ ވެސް ކުޑަ ކަމަށް އެ ގަރާރުގައި ވެއެވެ. ލާމަރުކަޒީ ގާނޫނަށް އެކިފަހަރު މަތިން ގެނައި އިސްލާހުތަކުގެ ސަބަބުން ކައުންސިލަރުންގެ ޒިންމާތައް އިތުރުވެފައިވާތީ، އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ޕީއެންސީން ޖުމްލަ ގޮތެއްގައި ތާއީދު ކުރި ނަމަވެސް، އެމްޑީޕީ އިން މި ގަރާރު ހުށަހެޅުއްވީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށެވެ. އެހެންކަމުން މި ގަރާރަށް ޕީއެންސީން ތާއީދު ނުކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. މިކަމަށް ގައުމުގެ އިގުތިސާދީ ހާލަތު މިވަގުތު ތަންނުދޭ ކަމަށް ވިދާޅުވެ، މި ދައުރު ނިމުމުގެ ކުރިން ކައުންސިލަރުންގެ މުސާރަ އަށް ބަދަލު ގެންނާނެ ކަމުގެ ޔަގީންކަން ޝުޖާއު ވަނީ ދެއްވާފަ އެވެ.

މި ބަހުސްގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، މި ސަރުކާރުން މަސައްކަތްކުރަނީ އެ ހާލަތުން ގައުމު ސަލާމަތްކުރުމަށް ކަމަށެވެ. އެމްޑީޕީން މިފަދަ ގަރާރުތައް ހުށަހަޅަނީ އިގުތިސާދު އިތުރަށް ހަލާކުކޮށްލުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. މީގެ އިތުރުން އައިބީ ވިދާޅުވީ، ކައުންސިލުތަކުގައި އެންމެ ބުރަކޮށް މަސައްކަތްކުރަނީ ސިވިލް ސާވަންޓުން ކަމަށެވެ. ނަމަވެސް ކައުންސިލަރުންގެ މުސާރަ ރަނގަޅުކުރަން މި ސަރުކާރުން މަސައްކަތްކުރާ ކަމަށް ވެސް އައިބީ ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވަނީ އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރުގައި ކައުންސިލަރުންގެ މުސާރަ ބޮޑު ނުކުރީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ވިދާޅުވީ، ކައުންސިލަރުންނަށް އެކަށީގެންވާ މުސާރައެއް ދިނުމަށް ތާއީދު ކުރެއްވި ނަމަވެސް، މިހާރުގެ އިގުތިސާދީ ހާލަތަށް ބަލާއިރު އެކަމަށް އެންމެ އެކަށޭނަ ވަގުތު މިއީ ނޫން ކަމަށެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީން ދެކޮޅު ހަދާއިރު، ގައުމުގެ އިގުތިސާދީ ހާލަތަށް ބެލުމެއްނެތި ހިތްހުރި ގޮތަކަށް މިހާރު ވެސް މި ސަރުކާރުން ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ވަޒީފާތައް ބަހަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ޕީއެންސީއެމްޑީޕީމީކާއިލް އަހުމަދު ނަސީމްއިބްރާހިމް ސުޖާއުއިބްރާހިމް ދީދީ20 ވަނަ ރައްޔިތުންގެ މަޖިލީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

17 ޖޫން 2026
ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

17 ޖޫން 2026
ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

17 ޖޫން 2026
 ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ

ޑައިލިސިސް ހަދަންޖެހޭ އެތައް ބަޔަކު ތިބިއިރު، ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމުން ސަރުކާރުގެ މަންޒަރާ އަޑު ދިމާނުވާވަރު ފެނޭ: ކުޑޫ

17 ޖޫން 2026
އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި

އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި

16 ޖޫން 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު