Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިޖިޓަލައިޒް ކުރުން

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލައިޒޭޝަން ބިލަކީ ދައުލަތުގެ ތެރޭގައި ހިނގާ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި. ޚިދުމަތްތައް ދިނުމުގައި އިންސާނުންގެ ދައުރު ކުޑަކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުވުމުން ދައުލަތް ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އަވަސްވެފައި ހާމަކަން ބޮޑުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖޫން 2026 | ހޯމަ 08:02
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު | މަޖިލިސް

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބުނީވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުންކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

 ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލައިޒޭޝަން ބިލަށް ބަހުސް ކުރައްވަމުން ސުޖާއު ވިދާޅުވީ، މި ބިލަކީ ދައުލަތުގެ ތެރޭގައި ހިނގާ ވައްކަންތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ޚިދުމަތްތައް ދިނުމުގައި އިންސާނުންގެ ދައުރު ކުޑަކުރެވި، ޑިޖިޓަލް ނިޒާމެއްގެ ތެރެއަށް ކަންކަން ބަދަލުވުމުން ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ބަންދުވެގެންދާނެ ކަމަށެވެ.

 ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަކީ ވައްކަން ހުއްޓުވަން ކުރެވޭ މަސައްކަތެއް، މި ބިލާއެކު ވައްކަންތައް ހުއްޓިގެންދާނެ، އިންސާނުންގެ ދައުރު ކަންކަމުގައި މަދުކުރެވުނީމާ ވައްކަން މަދުކުރެވޭނެ

މި ބިލާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ މާ ކުރިން ފެއްޓެވި މަސައްކަތެއް ކަމަށެވެ. އެގޮތުން ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު، އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ޑިޖިޓަލައިޒޭޝަންގެ ވާހަކަ ހިމަނުއްވާފައިވާނެ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރައީސް މުޢިއްޒުގެ މޭޔަރުކަމުގެ ދައުރުގައި އެ މެނިފެސްޓޯއާ އެއްގޮތަށް ޑިޖިޓަލައިޒޭޝަންގެ އަމަލީ މަސައްކަތްތައް ނިންމިގެން ގޮސްފައިނުވާކަން ފާހަގަކުރެވެއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު މާލޭގެ މޭޔަރުކަމަށް ވަޑައިގެންނެވި ހިސާބުން، ރައްޔިތުން ގޭގެ ސިޓިންގ ރޫމްގައި ތިބެގެން ޚިދުމަތްތައް ހޯދޭނެ މަގުތައް ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އިންޓަނެޓުގެ ޚިދުމަތް ލިބެން ފެށީވެސް ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލައިޒޭޝަން ބިލުގައި މައިގަނޑު ފަސް އަސާސެއް ހިމެނޭކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، އޭގެ ތެރޭގައި ޑިޖިޓަލް އިޤްތިސާދެއް ބިނާކުރުމާއި، ޒަމާނީ ޑިޖިޓަލް މުޖުތަމައެއް އުފެއްދުން ފަދަ މުހިންމު ކަންކަން ހިމެނޭ ކަމަށެވެ. މި ބިލުގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އަވަސްވެފައި ހާމަކަން ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބިލަށް ބަހުސް ކުރެއްވި ސަރުކާރު ހިންގާ ޕާޓީގެ އެހެން މެމްބަރުން ވެސް ވަނީ މި ބިލުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

 

ޑރ. މުޙައްމަދު މުޢިއްޒުއިބްރާހިމް ސުޖާއުޑިޖިޓަލައިޒޭޝަން ބިލްޕީއެންސީބާރަށު ދާއިރާކަރަޕްޝަން

އިތުރަށް ކިޔާލަން

22 ޖޫން 2026

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު
21 ޖޫން 2026

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

21 ޖޫން 2026
"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"
21 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

21 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި
21 ޖޫން 2026

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

21 ޖޫން 2026
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
21 ޖޫން 2026

ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ

21 ޖޫން 2026
ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު