Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ޑިފެންސް މިނިސްޓަރު ކޮބާ؟ ކީއްވެ އިޙުސާން؟

އެމްއެންޑީއެފް އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިވަރުގެ ހާދިސާއެއް ހިނގައިގެން ދިޔައީމާ، އެކަމުގައި ވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑީ ޑިފެންސް މިނިސްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރޭ. އެކަމަކު، ޑިފެންސް މިނިސްޓަރުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ލިޔުއްވި އެއްޗެއް ލިޔުއްވާފައި އޮތީ ހޯމް މިނިސްޓަރު އަލީ އިޙުސާން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 10:46
ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު އާއި ހޯމް މިނިސްޓަރު އަލީ އިޙްސާން.

ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު އާއި ހޯމް މިނިސްޓަރު އަލީ އިޙްސާން. | ރާއްޖެ އެމްވީ

ރާއްޖޭގައި ގެއްލިގެން އުޅޭ އިޓަލީގެ ފަތުރުވެރިން ތަކެއް ހޯދުމަށް، އެމްއެމްޑީއެފް އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ޙަރަކާތްތެރި ވަމުން އައި އެމްއެމްޑީއެފްގެ ބޭފުޅަކު ނިޔާވެއްޖެ އެވެ. އެއީ ކުޑަ ކަމެއް ނޫނެވެ. އާދައިގެ ކަމެއް ވެސް ނޫނެވެ. "ރިސްކު" ނަގައިގެން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު، އެކަމަށް ބޭނުންވާ ވަސީލަތްތަކެއް ރާއްޖެ އަކު ނެތެވެ. އެކަމުގެ ޤާބިލު ކަމެއް ވެސް ނެތެވެ. އަމުދުން، މޫސުން ގޯސް ދުވަސްވަރެއްގައި އެއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް އެތައް ބަޔަކު ފާހަގަ ކޮށްފައިވެ އެވެ.

އެ ވާހަކަ މިވަގުތު ދައްކާކަށް ނެތީ އެވެ. މިވަގުތު ދައްކަން މި އުޅެނީ ޒިންމާދާރު މަގާމު ތަކުގައި ތިއްބެވި ވެރިންގެ ވާހަކަ އެވެ. މިވަރުގެ ބޮޑު ކަމެއް ހިނގައިގެން އުޅޭއިރު، ޑިފެންސް މިނިސްޓަރު ކޮބައި ހެއްޔެވެ؟ އައު ޑިފެންސް މިނިސްޓަރުގެ މަގާމަށް ޙަސަން ރަޝީދު އައްޔަން ކުރެއްވިތާ މިވީ، އެއް މަސް ދުވަހާއި، ހަަތަރު ދުވަހެވެ. އެމްއެމްޑީއެފް އިން ކުރިއަށް ގެންދިޔަ މިވަރުގެ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން، އެމްއެމްޑީއެފްގެ ބޭފުޅަކު ނިޔާވީއިރު، ޑިފެންސް މިނިސްޓަރުގެ ބަހެއް ނެތެވެ.

މިއީ އަނިޔާ އެކެވެ. އިހުމާލެކެވެ. ގެއްލިގެން އެ ދިޔައީ ދިވެހި ދައުލަތަށާއި، ދިވެހި އަސްކަރިއްޔާ އަށް ވަފާތެރި ކަމާ އެކު ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނެވި ދިވެހި ދަރިޔެކެވެ. ދިވެހި މަންމަ އަކާއި ބައްޕައެއްގެ ދަރި އެކެވެ. ފިރިއެކެވެ. ދަރިން ތަކެއްގެ ބައްޕަ އެކެވެ. ހިތްދަތިކަމާއި، ވޭނާއިި، ކެކުޅުން ތަހަންމަލު ކުރާނީ އެ އާއިލާ އިންނެވެ. ހިތްދަތި ކަމުގައި އުޅެން ޖެހޭނީ އެ އާއިލާގެ މެމްބަރުންނެވެ. މަގާމު ތަކުގައި ތިއްބެވި ވެރިންނަށް މިކަމުގެ ހިތްދަތިކަން އިޙުސާން ނުކުރެވިދާނެ އެވެ. 

ޑިފެންސް މިނިސްޓަރުގެ ޒިންމާ އާއި، ބެލުމުގެ ދަށުގައި އޮތް މުއައްސަސާއެއްގައި މަސައްކަތް ކުރައްވަން ހުންނެވި ބޭފުޅަކު ނިޔާވެގެން އުޅޭއިރު، ޑިފެންސް މިނިސްޓަރު އެއްޗެއް ވިދާޅު ނުވެ ހުންނެވުމަކީ ލަދުވެތި ކަމެކެވެ. ވެރިންގެ އަމުރަށް، އެންގެވުމަށް ނުވަތަ އޯޑަރަށް މަސައްކަތް ކުރަން ތިބި ސިފައިންގެ ތެރެއިން، ކަމުގެ އެންމެ މޮޅު އެއް ބޭފުޅާ ނިޔާވެގެން ދިޔައީ ވެރިންނަށް ވެސް ހެދުނު ގޯހަކުންނެވެ. ވަސީލަތް ނެތްކަން އިނގޭއިރު، އެވަރުގެ ޤާބިލުކަން ނެތްކަން އަމުދުން އެނގި ތިބެ، ރިސްކެއް ނަގަން ޖެހުނީ ކީއްވެ ހެއްޔެވެ؟ އެ ރިސްކު ނުނެގި ނަމަ، މިއަދު މި ވާހަކަ މިހެން ދައްކަން ޖެހުނީސް ހެއްޔެވެ؟

މިކަމުގައި ސަރުކާރުން ދައްކާ ވާހަކަ ވެސް ދިމަލެއް ނުވެ އެވެ. ސަރުކާރުގެ އިސް ތަރުޖަމާނު ބައިނަލްއަޤުވާމީ މީޑިއަ ތަކަށް ދީފައިވާ މައުލޫމާތަކީ ޞައްޙަ މައުލޫމާތު ނޫން ކަމަށް އެތައް ބަޔަކު އެބަ ބުނެ އެވެ. އަޅުގަނޑު ކަހަލަ އާދައިގެން ރައްޔިތުންނެއް ނޫނެވެ. ޑައިވް ކުރުމުގެ ތަޖުރިބާ އާއި، އެ ދާއިރާ އިން އެތައް ކަމެއް ހާސިލު ކޮށްފައިވާ ފަރާތް ތަކުން ސޯޝަލް މީޑިއާގައި އެ ވާހަކަ އެ ގެންދަނީ ދައްކަމުންނެވެ. ވީއިރު، ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް އާއި ދެން ވެސް ތިއްބެވި ވެރިން މިކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ދީ، ވެގެން ދިޔަ ގޮތް ސާފުކޮށް ބުނެ ދެއްވައި، ހަގީގަތާ ކުރިމަތިލާންވީ ނޫންތޯ އެވެ؟

އެމްއެންޑީއެފް އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިވަރުގެ ހާދިސާއެއް ހިނގައިގެން ދިޔައީމާ، އެކަމުގައި ވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑީ ޑިފެންސް މިނިސްޓަރު ނޫން ހެއްޔެވެ؟ އެކަމަކު، ޑިފެންސް މިނިސްޓަރުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ލިޔުއްވި އެއްޗެއް ލިޔުއްވާފައި އޮތީ ހޯމް މިނިސްޓަރު އަލީ އިޙުސާން އެވެ. އަޅުގަނޑު ހިތަށް އެރި އެވެ. ޑިފެންސް މިނިސްޓަރު ކޮބައިބާ އެވެ؟ އިޙުސާން ކީއްވެ ހެއްޔެވެ؟

ހޯމް މިނިސްޓަރު އިޙުސާން އަކީ މީގެ ކުރިން އެމްއެންޑީއެފްގައި ކިތަންމެ ގިނަ ދުވަހަކު މަސައްކަތް ކޮށްފައި ހުންނެވި ބޭފުޅަކަށް ވީ ނަމަވެސް، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހިނގި ކަމެއްގައި ބަސް ބުނުމުގެ ހައްގެއް އިޙުސާން އަކަށް ނޯންނާނެ އެވެ. އެކަން ވީ ގޮތާއި، އެކަމުގައި ހިނގައި ދިޔަ ކަންތަކާއި، އެމްއެންޑީއެފް އިން ކުރި މަސައްކަތާއި އަދި ދެން ވެސް ދޭން ޖެހޭ މައުލޫމާތު ދޭން ޖެހޭނީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އެ ބޭފުޅާ ބަހެއް ވިދާޅު ނުވެ، އިޙުސާން ޕޯސްޓު ތަކެއް ކުރެވުމަކީ، އުނދުޅި ދިގުވުން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ 

ކޮންމެ ވުޒާރާ އަކަށް މެންޑޭޓު ތަކެއް ކަނޑައަޅައި، މިނިސްޓަރުންނަށް މަސްއޫލިއްޔަތު ތަކެއް ދީފައި އޮންނަނީ ކަމެއް ވެގެންނެވެ. އެ ވުޒާރާއެއްގެ ކަމެއްގައި ވާހަކަ ދައްކަވަން ވާނީ، އެތަނެއްގައި ހުންނަވާ މިނިސްޓަރެކެވެ. ކޮންމެ މައްސަލައެއްގައި، ކޮންމެ ކަމެއްގައި ހޯމް މިނިސްޓަރު ބަސް ވިދާޅުވާކަށް ވެސް ނުޖެހޭނެ އެވެ. މިވަގުތު ވާހަކަ ދައްކަވަން ޖެހޭނީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު އެވެ.

ރައްޔިތުންގެ ޓެކްސް ފައިސާ އިން ކޮންމެ މަހަކު ބޮޑު މުސާރަ ނަންގަވައި، ރައްޔިތުންގެ ޓެކްސް ފައިސާ އިން ކާރު ކޮޅު ދެއްވައި އަދި ނުވިތާކަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ސެކިއުރިޓީ އިން ދީފައި ތިބެނީ ރީއްޗަކަށް ނޫނެވެ. ޒާތްކޮޅު ފުރިހަމަ ކުރާކަށް ވެސް ނޫނެވެ. ރައްޔިތުންނަށް ޚިދުމަތްް ކުރުމަށެވެ. ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ޖަވާބު ދިނުމަށެވެ. އިހުމާލުތައް ބެލުމަށެވެ. ޒިންމާ ނެގުމަށެވެ. އެ ނޫން ނަމަ، އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވަންވީ ގެޔަށެވެ. ހަގީގަތުގައި އެކަން ކުރަން ލަސް ވެސް ވެއްޖެ އެވެ.

މަގޭ ރިޕޯޓްދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުމިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންޙަސަން ރަޝީދުމިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސާވިސް ޙާސަން ރަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަވާބު ދޭން ނޭނގެންޏާ ކީއް ކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް؟

ޖަވާބު ދޭން ނޭނގެންޏާ ކީއް ކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް؟

12 މެއި 2026
އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!

އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!

05 މެއި 2026
ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!

03 މެއި 2026
ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

28 އެޕްރީލު 2026
ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

15 އެޕްރީލު 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު