Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

ރައްޔިތުންގެ ޚިދުމަތުގައި 24 ގަޑިއިރު އުޅުއްވާ ރައީސް، ބަންދެން ލިބޭ އިރަށް ވަޑައިގަންނަވަނީ ރާއްޖެ އިން ބޭރަށް. ފޮން ފޮދެއް ބުއިމެއް ނެތި، ނުވިތާކަށް ފާޚަނާ ކޮށްލުމެއް ނެތި ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާ ރައީސް، ބަންދެން އަންނައިރަށް ވަޑައިގަންވަނީ ސިންގަޕޫރަށް. ނުވަތަ އެހެން ޤައުމެކަށް. ސިންގަޕޫރުގެ ނަން ފާހަގަ ކޮށްލަން މި ޖެހުނީ ސަބަބެއް ނެތިއެއް ނޫން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މެއި 2026 | އަންގާރަ 06:11
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަކީ، ރައްޔިތުންގެ ޚިދުމަތުގައި 24 ގަޑިއިރު ހުންނަވާނެ ކަމަށް ވިދާޅުވި ބޭފުޅެކެވެ. އެމަނިކުފާނާއި، މުޅި ސަރުކާރު އޮންނާނީ ޑޭޓާ ކަނޑައި ނުލާ 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ކަމަށް ވިދާޅުވި އެވެ. ސަރުކާރުން މިނިސްޓަރުން ވެސް ޕޯޑިއަމް ތަކުގައި ވަރަށް ފަރިވެފައި، ނިކަން އަޑު ހަރުކޮށް އެ ވާހަކަ ވިދާޅުވެފައި އެބަ ހުއްޓެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކު އެވެ. 

އެކަމަކު، ރައީސް މުޢިއްޒު އާއި ސަރުކާރުގެ އަމަލުތައް ފެންނަނީ އެހެނެއް ނޫނެވެ. ފޯނުގެ ޑާޓާ ކަނޑައި ނުލެއްވިއެއް ކަމަކު، އަމަލުތައް ފެންނަނީ ދިމާާ އިދިކޮޅަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމާާއި، 24 ގަޑިއިރާއި، ފޯނުގެ ޑޭޓާއާ މިއީ މުޅިން ތަފާތު ކަންކަމެއް ނޫން ހެއްޔެވެ؟ ލޮލަށް ފެންނަ މަންޒަރު ތަކާއި، އިވޭ އަޑު ތަކުން ހިތަށް އަރަތީ ހައްތަހާ ވެސް ސުވާލެވެ. އަމަލާއި ބަހާ ދިމާ ނުވާ ރައީސް އަކާއި، ސަރުކާރެއް އޮތީމަ އެވެ. 

ރައްޔިތުންގެ ޚިދުމަތުގައި 24 ގަޑިއިރު އުޅުއްވާ ރައީސް، ބަންދެން ލިބޭ އިރަށް ވަޑައިގަންނަވަނީ ރާއްޖެ އިން ބޭރަށެވެ. ފޮން ފޮދެއް ބުއިމެއް ނެތި، ނުވިތާކަށް ފާޚަނާ ކޮށްލުމެއް ނެތި ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާ ރައީސް، ބަންދެން އަންނައިރަށް ވަޑައިގަންވަނީ ސިންގަޕޫރަށެވެ. ނުވަތަ އެހެން ޤައުމެކެވެ. ސިންގަޕޫރުގެ ނަން ފާހަގަ ކޮށްލަން މި ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ.

އާދީއްތަ ދުވަހުގެ ރޭ ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގެންފި އެވެ. ނުރަސްމީ ދަތުރުފުޅެއްގައި އެ ވަޑައިގެންނެވީ ޢީދު ޗުއްޓީ އަށެވެ. ރައީސް އޮފީހުން ޚަަބަރެއް އާންމު ކޮށްފައި އޮއްވާ އަހަރެން ދުށީމެވެ. "ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންފި" މިހެންނެވެ. އަހަރެން ހިތަށް އެރި އެވެ. އޭގެ ބަދަލުގައި "ޢީދު ޗުއްޓީ އަށް ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންފި" މިހެން ލިޔުއްވިއްޔާ މާ ތާހިރުވާނެ އެވެ. 

މިއީ ވެރިކަމުގެ ދެ އަހަރާއި ބައިގެ ތެރޭގައި ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގެންނެވި އަށް ވަނަ ފަހަރެވެ. 2024 ވަނަ އަހަރު ނުރަސްމީ ހަތަރު ދަތުރުފުޅު ސިންގަޕޫރަށް ކުރެއްވި އެވެ. 2025 ވަނަ އަހަރު ސިންގަޕޫރަށް ދެ ފަހަރު ވަޑައިގެންނެވިއިރު، އެއް ދަތުރުފުޅަކީ ނުރަސްމީ އެވެ. އަނެއް ދަތުރުފުޅަކީ ރަސްމީ އެވެ. 2026 ވަަނަ އަހަރު އެ ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ދެ ވަނަ ފަހަރަށެވެ. އަހަރެން ހިތަށް އެރި އެވެ. އެހާ ވަރަކުން ފުރަ ފުރައިގެން ސިންގަޕޫރަށް އެ ވަޑައިގަންނަވަނީ ކޮން ބޭނުމެއްގައި ހެއްޔެވެ؟

ގައިމު ރައްޔިތުންގެ ޚިދުމަތުގައި އަވަދި ނެތި އުޅުއްވާ ބޭފުޅެއް ނަމަ، އިރުއިރުކޮޅާ ފުރަ ފުރައިގެން ސިންގަޕޫރަށް ވަޑައިގަންނަވަން އެހާ ވަގުތު އޮންނާނެ ހެއްޔެވެ؟ 

ހަމައެކަނި ޤައުމުން ބޭރަށް ވަޑައިގެންނެވުމެއް ނޫނެވެ. ޤައުމުގައި ހުންނަވާއިރު ވެސް، ޙާލަކީ މިއީ އެވެ. ހަފުތާގެ ގިނަ ދުވަސްތައް ހޭދަ ކުރައްވަނީ ރިޔާސީ ރަށް، އާރަށުގަ އެވެ. ގިނަ ރޭރޭ އާރަށުގައި އުޅުއްވަނީ ފުޓްސަލް ކުޅުއްވުމާއި، މަޖާ ކުރެއްވުމުގަ އެވެ. އަރިހުގައި ސަރުކާރުގެ މިނިސްޓަރުންނާއި، އަރިސް ބޭފުޅުން ވެސް ގެންދަވަ އެވެ. ރިޔާސީ ލޯންޗު ކޮޅު އެ އޮންނާނީ، މާލެ އާއި އާރަށާ ދޭތެރޭގައި ބުރު ޖަހައި ޖަހައި ބަރުބަލިވެފަ އެވެ. 

ރައީސް އަމިއްލަފުޅަށް ވިދާޅުވެފައި އޮންނާނެ އެވެ. ހަފުތާ އަކު ތިން ރޭ އާރަށުގައި ވަރަށް ފިޒިކަލްކޮށް ފުޓްސަލް ކުޅުއްވާ ވާހަކަ އެވެ. ރައްޔިތުން ޚިދުމަތުގައި ރެޔާއި ދުވާލު އުޅުއްވާ ބޭފުޅާ އާއި، އެ ބޭފުޅާގެ އަރިހުގައި އުޅުއްވާ ބޭފުޅުންނަށް، ފުޓްސަލް ކުޅުއްވުމާއި، މަޖާ ކުރެއްވުމަށް މިހާ ވަގުތު އޮވޭ ހެއްޔެވެ؟ ސިންގަޕޫރަށް ވަޑައިގަންނަވަން އެހާ ވަގުތު އޮވޭ ހެއްޔެވެ؟ މި ހުރިހާ ކަމެއްގައި ހަމަ ޖެހިލައިގެން އުޅުއްވާ ވަރަށް، ޤައުމުގެ ކަންކަން އޮތީ ހަމަ މަގުގައި ހެއްޔެވެ؟

މަގޭ ރިޕޯޓްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

26 މެއި 2026
 ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

25 މެއި 2026
ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު

ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު

25 މެއި 2026
ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް

ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް

25 މެއި 2026
މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

25 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު