Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤައުމުގެ ޙާލަތު

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

އާންމު ބޭނުންތަކަށް ބޭނުންވާ ޑޮލަރާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ލިބެމުންދާ ކަމަށް މެމްބަރު ޝުޖާއު ވިދާޅުވި. ނަމަވެސް، ޒަރޫރީ ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަން އާސަންދައިން ހާމަކޮށްފައިވާއިރު، ތަކެތީގެ އަގާއި ޑޮލަރުގެ ރޭޓު އުފުލެމުންދާކަން މާލީ ރިޕޯޓުތަކުން ދައްކާ. އެހެންކަމުން، މެމްބަރުގެ ވާހަކަތަކާއި ރާއްޖޭގެ ހަގީގީ ހާލަތާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖުލައި 2026 | ބުރާސްފަތި 06:56
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު | މަޖިލިސް

މިއަދު ދިވެހި ރައްޔިތުން ކަންބޮޑުވެގެން ނޫޅޭނެ ކަމަށާއި، މި ޤައުމުގައި ބޭހާއި ޑޮލަރު، އަދި ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ބަރާބަރަށް ލިބެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝުޖާއު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދިޔަ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަން ބަދަލުކޮށްފައިވާ ކަމަށެވެ. މިއަދު މި ޤައުމުގައި ކަންކަން ދަނީ ވަރަށް "ބަރާބަރަށް" ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮލަރު ލިބުމާ ބެހޭ ގޮތުން މެމްބަރު ވިދާޅުވީ، ރައްޔިތުންގެ އާންމު ބޭނުންތަކަށް ބަރާބަރަށް ޑޮލަރު ލިބެމުންދާ ކަމަށެވެ. ޑޮލަރު ނުލިބެނީ ވަގަށް ޓީޓީ ފޮނުވަން އުޅޭ ފަރާތްތަކަށް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މިއަދު މި ޤައުމުގައި ކަންބޮޑުވެގެން އުޅޭ ރައްޔިތެއް ނެތް ކަމަށެވެ. އަދި ބޭހާއި ކާޑުގެ ބާވަތްތައް ބަރާބަރަށް ލިބެމުންދާ ކަމަށާއި، ރައްޔިތުން ހާސްވާންވީ ކޮން ކަމަކާތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ދިވެހި ރައްޔިތުންނެއް ނޫޅެއޭ ކަންބޮޑުވެގެންނެއް މިއަދު މި ޤައުމުގައި، ބޭސް ބަރާބަރަށް އެބަ ލިބޭ، ކާޑުގެ ބާވަތްތައް ބަރާބަރަށް އެބަ ލިބޭ، ރަމަޟާން މަހެއް އައިސްފިނަމަ ތަކެތީގެ އަގު މައްޗަކަށް ނުދޭ، އެހެންވީމާ ކޮން ކަމަކާ ހާސްވާކަށް، ރައްޔިތުން ނޫޅޭ ހާސްވެގެންނެއް، އެންމެން ހެޕީކޮށް ތިބީ އިއްޒަތްތެރި ރައީސް
 ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު

މެމްބަރު އެފަދައިން ވިދާޅުވެފައިވާއިރު، ޒަރޫރީ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެ، އެންމެ ފަހުން އާސަންދައިންވެސް ވަނީ ބޭސް ލިބުމުގައި ދަތިތައް ހުރިކަން ޤަބޫލުކޮށް މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކާފައެވެ. އަދި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާކަން ސަރުކާރުން ނެރޭ މާލީ ރިޕޯޓުތަކުން ހާމަވަމުންދާއިރު، ޑޮލަރުގެ އަގުވެސް ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ.

އިބްރާހިމް ސުޖާއުބާރަށު ދާއިރާޑރ. މުޙައްމަދު މުޢިއްޒު20 ވަނަ ރައްޔިތުންގެ މަޖިލީސް

އިތުރަށް ކިޔާލަން

01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
01 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި

01 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި
01 ޖުލައި 2026

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!

01 ޖުލައި 2026
ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!
01 ޖުލައި 2026

ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!

01 ޖުލައި 2026
ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު