Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޤަތަރުގައި ކުރިއަށްދާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ވަފުދެއް އެ ޤައުމަށް ވަޑައިގަންނަވާނެ ކަމަށާއި، ފަހަރުގައި އެއީ މުހިންމު ބައްދަލުވުމަކަށް ވެސް ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 06:18
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ވަފުދެއް އަންގާރަ ދުވަހު ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޤަތަރުގައި ކުރިއަށްދާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ވަފުދެއް އެ ޤައުމަށް ވަޑައިގަންނަވާނެ ކަމަށާއި، ފަހަރުގައި އެއީ މުހިންމު ބައްދަލުވުމަކަށް ވެސް ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ ވާހަކަތައް މެދު ކެނޑުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ. އެމެރިކާ އިން ބުނެފައި ވަނީ، އެމެރިކާ އާއެކު ދާއިމީ އެއްބަސްވުމަކަށް އައުމަށް އީރާން އަށް ވަގުތު ދީފައި ވާނެ ކަމަށެވެ. އެގޮތުން އޯގަސްޓު މަހާ ހަމައަށް ދާއިރު، އެއްބަސްވުމަކަށް އާދެވެން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

ދާދި ފަހުން ހުރްމުޒް ކަނޑު އޮޅީގެ ސަރަހައްދުގައި ދީފައިވާ ހަމަލާ ތަކުގެ ސަބަބުން، މި ސަރަހައްދުގައި ހަނގުރާމަ އަލުން ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި އެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ. މި ކަނޑު އޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ވަރަށް މުހިންމު މަގަކަށް ވާތީ، މި ސަރަހައްދުގައި ހަނގުރާމައިގެ ޙާލަތު އިތުރު ވުމަކީ ދުނިޔޭގެ އިގްތިސާދަށް ނުރައްކާތެރި ކަމެކެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ބޭނުން ވަނީ ސުލްޙަވެރި ގޮތެއްހައި މައްސަލަ ޙައްލު ކުރަން ކަމަށެވެ. ނަމަވެސް، އެމެެރިކާގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާ ވެއްޖެ ނަމަ، ކޮންމެ ފިޔަވަޅެއް ވެސް އެޅުއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ، އެކި ފަހަރު މަތިން އީރާން އަށް އިންޒާރު ދެއްވައިފަ އެވެ. 

އެެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ޤަތަރަކީ ވެސް ބައިވެރިވާ ޤައުމެކެވެ. ޕާކިސްތާން އާއެކު ޤަތަރުން ވެސް މި މަސައްކަތުގައި ބައިވެރިވާއިރު، ދެ ޤައުމުގެ ދެ މެދުގައި މިހާރު އޮތީ އެއްބަސްވުމެއްގައި ސޮއި ކުރެވިފައި އެވެ. 

އަންގާރަ ދުވަހު ޤަތަރަށް އެމެރިކާގެ ވަފުދެއް ދަތުރު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއިރު، އީރާން އިން ވެސް ވަނީ އެ ޤައުމުގެ އޮފިޝަލުން އަންގާރަ ދުވަހު ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފައި އެވެ. ނަމަވެސް، އެއީ އެމެރިކާއާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް ނޫން ކަމަށް ވެސް އީރާން އިން ވަނީ ބުނެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

30 ޖޫން 2026

އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ

30 ޖޫން 2026
އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ
30 ޖޫން 2026

އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!

30 ޖޫން 2026
އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!
29 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް

29 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް
29 ޖޫން 2026

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

29 ޖޫން 2026
މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
29 ޖޫން 2026

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

29 ޖޫން 2026
އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ
29 ޖޫން 2026

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި

29 ޖޫން 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
28 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި

28 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު