Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ

ޝޫމާ ވިދާޅުވީ އެމެރިކާގެ ސަރުކާރުގެ އޮފިޝަލުން އެކަމުގެ މައުލޫމާތު ސެނެޓާ ހިއްސާ ކޮށްފައިވާ ކަމަށް. ނަމަވެސް، ސެނެޓަށް މައުލޫމާތު ދިނުން ލަސްވެފައިވާ ކަމަށާއި، އަދި މައުލޫމާތު ދިނުމުގައި ތަފްސީލު ތަކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 05:17
އެމެރިކާ ސެނެޓުގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޗަކް ޝޫމާ.

އެމެރިކާ ސެނެޓުގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޗަކް ޝޫމާ. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާން އާއެކު ކުރަމުން އަންނަ މަޝްވަރާ ތަކުގައި އެއްވެސް ކަހަލަ ހާމަ ކަމެއް ނެތް ކަމަށާއި، އެމެރިކާގެ ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި ކަމަށް އެމެރިކާ ސެނެޓުގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޗަކް ޝޫމާ ވިދާޅުވެއްޖެ އެވެ. 

ޝޫމާ ވިދާޅުވީ އެމެރިކާ ސަރުކާރުގެ އޮފިޝަލުން އެކަމުގެ މައުލޫމާތު ސެނެޓާ ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ސެނެޓަށް މައުލޫމާތު ދިނުން ލަސްވެފައިވާ ކަމަށާއި، އަދި މައުލޫމާތު ދިނުމުގައި ތަފްސީލުތަކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޝޫމާ ވިދާޅުވީ އެމެރިކާ އިން އިންތިހާ އަށް ޚަރަދު ކުރަން ޖެހުނު ހަނގުރާމަ އަކަށް އެ ޤައުމު ވަދެފައިވާއިރު، އެކަމުގެ ސަބަބުން އެމެރިކާ އަށް ހާސިލު ކުރެވުނު އެއްވެސް ކަމެއް ޓްރަމްޕްގެ ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި، އީރާން އަށް ތެލުގެ ވިޔަފާރިން އެތައް ބިލިއަން ޑޮލަރެއް ލިބޭ ކަމަށާއި، ހުރްމުޒް ކަނޑު އޮޅީގައި ނުރައްކާތެރި ބާރުވެރި ކަމެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ފާހަގަ ކުރައްވައި ޝޫމާ ވިދާޅުވީ، އެއީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހިއްސާ ކުރައްވާފައިވާ މައުލޫމާތު ތަކެއް ކަމަށެވެ. މިއީ ފޮރުވިގެން ތިބެ އަމިއްލަ ސަރުކާރު ދިފާއު ކުރުން ކަމަށް ވާ ނަމަ، ރޫބިއޯ އެކަން ހާމަ ކުރައްވަން ޖެހޭ ކަމަށް ވެސް ޝޫމާ ވިދާޅުވި އެވެ. އަދި ފޮރިން ރިލޭޝަން ކޮމެޓީ އަށް ހާޒިރުވެ، އެ މައުލޫމާތުތައް ފުރިހަމަ އަށް ހިއްސާ ކުރައްވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝޫމާ ވިދާޅުވީ، ޓްރަމްޕްގެ ހަނގުރާާމައިގެ އަގު ދައްކަން ޖެހިފައި ވަނީ އެމެރިކާގެ ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން އެމެރިކާގެ ރައްޔިތުންނަށް އެކަމުގައި ޖަވާބު ތަކެއް ލިބިގެން ޖެހޭ ކަަމަށް ވެސް ޝޫމާ ވަނީ ވިދާޅުވެފައި އެވެ. އޭގެ ބަދަލުގައި "ނުކުޅެދުންތެރި ކަމުގެ" ބަހަނާ ތަކެއް ދައްކައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ، 

ޝޫމާގެ މި ވާހަކަ ތަކުން ހާމަ ވަނީ އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދާ އޮޕަރޭޝަންއާ ގުޅޭ މައުލޫމާތު ޓްރަމްޕްގެ ސަރުކާރުން ހާމަ ކުރަމުން ނުދާ ކަމެވެ. އަދި ޤާނޫނު ހަދާ މަޖިލީހަށް ވެސް އެކަމުގެ ފުރިހަމަ މައުލޫމާތު ނުދިނުމުގެ ސަބަބުން، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކަންބޮޑުވާން މިންވަރެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޗަކް ޝުމާ

އިތުރަށް ކިޔާލަން

30 ޖޫން 2026

އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!

30 ޖޫން 2026
އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!
29 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް

29 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް
29 ޖޫން 2026

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

29 ޖޫން 2026
މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
29 ޖޫން 2026

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

29 ޖޫން 2026
އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ
29 ޖޫން 2026

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި

29 ޖޫން 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
28 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި

28 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

ބައިޑަންގެ ހޫނު ބަހުގެ ހަމަލާ ތަކެއް ޓްރަމްޕް އަށް!

28 ޖޫން 2026
ބައިޑަންގެ ހޫނު ބަހުގެ ހަމަލާ ތަކެއް ޓްރަމްޕް އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު