Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!

ބަޣާއީ ވިދާޅުވީ، ކުރިއަށް އޮތް ދުވަސް ތަކުގައި އެމެރިކާ އާއެކު އެއްވެސް ފެންވަރެއްގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނެތް ކަމަށް. އޭޭނާ ވިދާޅުވީ ޤަތަރަށް ވަޑައިގަންނަވައި އީރާންގެ ފަންނީ މާހިރުންގެ ވަފުދުގެ ބޭނުމަކީ ދެ ޤައުމުގެ ދެ މެދުގައި ސޮއި ކޮށްފައިވާ އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 05:14
އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ.

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ. | ގެޓީ އިމޭޖަސް

އީރާންގެ އޮފިޝަލުން ޤަތަރުގެ ވެރި ރަށް ދޯހާ އަށް ދަތުރެއް ކުރައްވާނެ ކަމަށާއި، ނަމަވެސް އެއީ އެމެރިކާގެ އޮފިޝަލުންނާ ބައްދަލު ކުރުމަށް ކުރާ ދަތުރެއް ނޫން ކަމަށް އީރާން އިން ބުނެ އެވެ.

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އީރާންގެ މަންދޫބުން ޤަތަރަށް ކުރައްވާ ދަތުރާ އެމެރިކާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ބަޣާއީ މިހެން ވިދާޅުވިއިރު، މީގެ ކުރިން އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވެސް ވަނީ އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް އީރާން އިން ޤަތަރަށް ދާ ވާހަކަ އަކީ ދޮގެއް ކަމަށް ވިދާޅުވެފައި އެވެ.

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
Raajje.mv

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

މީގެ އިތުރުން ބަޣާއީ ވިދާޅުވީ، ކުރިއަށް އޮތް ދުވަސް ތަކުގައި އެމެރިކާ އާއެކު އެއްވެސް ފެންވަރެއްގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނެތް ކަމަށެވެ. އޭޭނާ ވިދާޅުވީ ޤަތަރަށް ވަޑައިގަންނަވައި އީރާންގެ ފަންނީ މާހިރުންގެ ވަފުދުގެ ބޭނުމަކީ ދެ ޤައުމުގެ ދެ މެދުގައި ސޮއި ކޮށްފައިވާ އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުން ކަމަށެވެ. 

ބަޣާއީ ވިދާޅުވި ގޮތުގައި އީރާންގެ މިހާރުގެ އެންމެ ބޮޑު އިސްކަމަކީ، އެމެރިކާ އާއެކު ވެފައިވާ އެއްބަސްވުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފޯޒުވަމުންދާކަން ކަށަވަރު ކުރުން ކަމަށެވެ. އަދި އީރާން އިން ބޭނުންވާ ކަންކަން ޙާސިލު ކުރުމަށް ސީރިއަސްކަމާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން، އެއްބަސްވުމުގެ 10 ވަނަ މާއްދާގެ ދަށުން އީރާންގެ ތެޔޮ އެކްސްޕޯޓް ކުރުމުގައި އެމެރިކާ އިން ދީފައިވާ ލުއިތައް ތަންފީޒު ވަމުންދާ ގޮތް ބަލަމުންދާ ކަމަށް ބަޣާއީ ވިދާޅުވި އެވެ. ހަމައެއާ އެކު، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން، އެކި ޤައުމު ތަކުގައި ހިފަހައްޓާފައިވާ އީރާންގެ ފައިސާ ދޫކޮށްލުމުގެ ކަންކަން ވެސް އީރާންގެ އޮފިޝަލުން ދަނީ ފޮލޯއަޕް ކުރަމުން ކަމަށް ބަޣާއީ ވިދާޅުވި އެވެ. 

މީގެ ކުރިން އީރާނުގެ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި، އެމެރިކާ އިން ވަނީ ހިފަހައްޓާފައިވާ އީރާނުގެ 12 ބިލިއަން ޑޮލަރު ދޫކޮށްލުމަށް އެއްބަސްވެފަ އެވެ. މި ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސެއްގައި ހަ ބިލިއަން ޑޮލަރުގެ މަގުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްމާއިލް ބަޣާއީ

އިތުރަށް ކިޔާލަން

29 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް

29 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް
29 ޖޫން 2026

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

29 ޖޫން 2026
މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
29 ޖޫން 2026

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

29 ޖޫން 2026
އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ
29 ޖޫން 2026

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި

29 ޖޫން 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
28 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި

28 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު