Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި

ޣަލިބާފް ހާމަކުރެއްވި ގޮތުގައި ބަނދަރު ތަކަށް ކުރިމަތި ކޮށްފައި އޮތް ހުރަސްތައް ނައްތާލި ދުވަހުން ފެށިގެން، މިއަދާ ހަމައަށް އީރާން އިން ވަނީ 40 މިލިއަނަށް ވުރެ ގިނަ ތެޔޮ ފީފާ ބޭރު ކޮށްފައި. ނަމަވެސް، އޭގެ ކުރިން ދިޔަ 50 އާއި 60 އާ ދެމެދުގެ ދުވަސް ތަކުގައި، އެމެރިކާގެ ބްލޮކޭޑް ނުވަތަ ބަނދަރުތައް ބަންދު ކުރުމުގެ ސަބަބުން އެންމެ ތެޔޮ ފީފާއެއް ވެސް ބޭރު ކުރުމުގެ ޤާބިލުކަން އީރާންގެ ކިބައިގައި ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2026 | ބުދަ 05:06
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް.

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް. | ގެޓީ އިމޭޖަސް

އެމެރިކާ އިން އީރާންގެ ބަނދަރުތައް ބަންދުކޮށް ހުރަސްތައް ކުރިމަތި ކުރުވި ދުވަސްވަރު، އެ ޤައުމުން އެންމެ ތެޔޮ ފީފާއެއް ވެސް ބޭރު ކުރެވިފައި ނުވާ ކަމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ދައުލަތުގެ ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ޣަލިބާފް ވިދާޅުވީ، އެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފަހު މިހާރު އީރާންގެ ތެޔޮ އެކްސްޕޯޓް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ޣަލިބާފް ހާމަކުރެއްވި ގޮތުގައި ބަނދަރު ތަކަށް ކުރިމަތި ކޮށްފައި އޮތް ހުރަސްތައް ނައްތާލި ދުވަހުން ފެށިގެން، މިއަދާ ހަމައަށް އީރާން އިން ވަނީ 40 މިލިއަނަށް ވުރެ ގިނަ ތެޔޮ ފީފާ ބޭރު ކޮށްފައި އެވެ. ނަމަވެސް، އޭގެ ކުރިން ދިޔަ 50 އާއި 60 އާ ދެމެދުގެ ދުވަސް ތަކުގައި، އެމެރިކާގެ ބްލޮކޭޑް ނުވަތަ ބަނދަރުތައް ބަންދު ކުރުމުގެ ސަބަބުން އެންމެ ތެޔޮ ފީފާއެއް ވެސް ބޭރު ކުރުމުގެ ޤާބިލުކަން އީރާންގެ ކިބައިގައި ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެމެރިކާ އާއެކު އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޣަލިބާފް ވިދާޅުވީ، އީރާން އިން އެންމެ އިސްކަމެއް ދެނީ ޑިޕްލޮމެޓިކް އުސޫލުން މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް، މަޝްވަރާ ތަކުން ނަތީޖާއެއް ނުނިކުމެ، ކަންކަން ތަންފީޒު ނުކުރެވޭ ހާލަތެއްގައި ހަނގުރާމަ އަށް ވެސް އީރާން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ހާލަތެއްގައި އީރާން އިން ދޭންޖެހޭ ރައްދު ދޭނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައި އެވެ.

ޣަލިބާފް މިހެން ވިދާޅުވެފައި ވަނީ އީރާން އާއި އެމެރިކާގެ ވަފުދު ތަކުން ޤަތަރުގެ ވެރި ރަށް ދޯހާގައި ވަކި ވަކިން މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައި އެވެ. މި މަޝްވަރާ ތަކަކީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލެއް ހޯދުމަށް ކުރިއަށްދާ މުހިންމު މަރުހަލާއެއްގެ ގޮތުގައި ބެލެވެ އެވެ.

އީރާންގެ އިޤްތިޞާދަށް ތެލުގެ އެކްސްޕޯޓް އަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާ އެއްޗަކަށްވާ އިރު، އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ވަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައި އެވެ. ނަމަވެސް، ފަހަކަށް އައިސް ތެޔޮ ބޭރުކުރާ މިންވަރު އިތުރުވުމަކީ އީރާންގެ އިޤްތިޞާދަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޤައުމުގެ ސަރުކާރުން ދެކެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މުހައްމަދު ބާގިރު ގަލިބާފް

އިތުރަށް ކިޔާލަން

30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
30 ޖޫން 2026

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޖޫން 2026
އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
30 ޖޫން 2026

އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ

30 ޖޫން 2026
އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ
30 ޖޫން 2026

އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!

30 ޖޫން 2026
އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!
29 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް

29 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް
29 ޖޫން 2026

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

29 ޖޫން 2026
މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
29 ޖޫން 2026

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

29 ޖޫން 2026
އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ
29 ޖޫން 2026

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި

29 ޖޫން 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު