Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފާފާޅުކުރެއްވިއިރު، މުބާރާތުގެ ތެރޭގައި އެމެރިކާ ސަރުކާރުން އީރާން ޓީމަށް ގިނަ ހުރަސްތަކެއް ކުރިމަތިކުރުވި ކަމަށް އެ ޓީމުން ވަނީ ތުހުމަތުކޮށްފައި. އީރާނުގެ ކޯޗު އާމިރު ގަލެނޯއީ ވަނީ އެމެރިކާގެ އަމަލުތަކަކީ ބޭއިންސާފު އަދި އިހާނެތި އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް، މިފަދަ ކަންކަމާ ދެކޮޅަށް ތެދުވުމަށް ފީފާއަށް ގޮވާލާފައި.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 12:37
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ މާކްވޭން މުލިން

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ މާކްވޭން މުލިން | ގެޓީ އިމޭޖަސް

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އުފާފާޅުކުރައްވައި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން "ހެޕީ ޑާންސެއް" ނުވަތަ އުފާވެރި ނެށުމެއް ނެށި ކަމަށް ސްޕޯޓްސް ބިޒްނަސް ޖާނަލް (އެސް.ބީ.ޖޭ) އިން ހޯމަ ދުވަހު ރިޕޯޓްކޮށްފި އެވެ.

މި މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމަށް އީރާން ޓީމަށް ވަނީ ވަރަށް ހަނި ފުރުސަތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. ގްރޫޕް ޖީގައި އީރާން ކުޅުނު ތިން މެޗުވެސް އެއްވަރުވިއިރު، އެ ޓީމު މުބާރާތުން ވަކިވާން ޖެހުނީ ގްރޫޕްގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން ނުވަވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަލްޖީރިއާ އަތުން އޮސްޓްރިއާ ފަހު ވަގުތު ލަނޑެއް ޖަހައި މޮޅުވުމާ ގުޅިގެންނެވެ. މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން 32 ޓީމު ކުޅޭ ބުރަށް ދަތުރުކުރަނީ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމެވެ.

އީރާން މުބާރާތުން ކެޓި ޚަބަރާއެކު މުލިން ހުންނެވީ އޭނާގެ އުފާވެރިކަން ފޮރުވައިގެންނެއް ނޫނެވެ. އެސް.ބީ.ޖޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޮޝިންގޓަންގައި ބޭއްވި ވޯލްޑް ކަޕްގެ ސަލާމަތީ ކަންކަމާ ބެހޭ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުލިން ވިދާޅުވީ، އީރާން ޓީމު މުބާރާތުން ދިއުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި އެ ޓީމު އެނބުރި ގައުމަށް ދާތީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، އެއީ އެހެން އެއްވެސް ޓީމަކަށްވުރެ ބޮޑަށް އެމެރިކާއިން މުއާމަލާތްކުރަން ޖެހުނު ޓީމަކީ އެއީ ކަމަށްވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއާއި އީރާނާ ދެމެދު އޮތް އަސްކަރީ އަދި ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، ވޯލްޑް ކަޕްގެ ތެރޭގައި އެމެރިކާ ސަރުކާރުން ވަނީ އީރާން ފުޓްބޯޅަ ޓީމުގެ ހަރަކާތްތަކަށް ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. މުބާރާތް ފެށުމުގެ ކުރިން އީރާނުން އެރިޒޯނާގެ ޓޫސަންގައި ކުރިއަށް ގެންދަން ރޭވި ތަމްރީނު ކެމްޕޭން މެކްސިކޯގެ ޓިހުއާނާއަށް ބަދަލުކުރަން ޖެހުނެވެ. މީގެ އިތުރުން، ކޮންމެ މެޗެއްގެ ކުރިން އެމެރިކާގައި އީރާން ޓީމަށް ހޭދަކުރެވޭނެ ވަގުތު އެމެރިކާއިން މަދުކުރިއިރު، މެޗު ނިމުމާއެކު ވަގުތުން ގައުމުން ފޭބުމަށްވެސް އެމެރިކާއިން ވަނީ މަޖުބޫރުކޮށްފަ އެވެ.

ހޯމަ ދުވަހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މުލިން ވިދާޅުވީ، އީރާން ޓީމުގެ ކަންތައް ނިމި، އެމީހުން އެނބުރި ނާންނާނެތީ އުފާކުރާ ކަމަށެވެ. އަދި އެމީހުންގެ ވިސާ ކެންސަލްކޮށް، އެމެރިކާގެ ފަސްގަނޑުން ފުރައިގެން ދާން ބުނެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށާއި، އެކަމުގެ އުފަލުގައި ލަވައެއް ކިޔައި ނުވަތަ އުފާވެރި ނެށުމެއްވެސް ނެށުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މުލިން ތުހުމަތުކުރެއްވި ގޮތުގައި، ވޯލްޑް ކަޕަށް އެމެރިކާއަށް ގެންދަން އީރާނުން ބޭނުންވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ސީދާ ގުޅުން އޮންނަ މީހުންނެވެ. ނަމަވެސް އީރާން ފެޑަރޭޝަނުން ވަނީ މިއީ އެއްވެސް ހެއްކެއް ނެތް ދޮގު ވާހަކައެއް ކަމަށް ބުނެފަ އެވެ.

އީރާން ޓީމުގެ ކޯޗު އާމިރު ގަލެނޯއީ ބުނީ، މުބާރާތުގެ ތެރޭގައި އޭނާގެ ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން ކަމަށެވެ.

ސިއެޓްލްގައި ހުކުރު ދުވަހު މިސްރާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން ގަލެނޯއީ ބުނީ، މުބާރާތް ބާއްވާ ގައުމުން އީރާނާ މެދު ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މުބާރާތް ބާއްވާ ގައުމުތަކުން ޓީމުތަކާއި ކުޅުންތެރިންނާ މެދު މިފަދަ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ނުދިނުމަށް ފީފާއަށް ގޮވާލާ ކަމަށާއި، ފީފާގެ ރައީސް އިންފަންޓީނޯ މިފަދަ ކަންކަމާ ދެކޮޅަށް ތެދުވެވަޑައިގަންނަވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަކީ ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު އިންފަންޓީނޯ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕަށް އަލަށް ތައާރަފުކުރި "ފީފާ ޕީސް ޕްރައިޒް" އަރުވާފަ އެވެ.

ގަލެނޯއީ އިތުރަށް ބުނީ، އެމެރިކާއިން އީރާނާ މެދު އަމަލުކުރި ގޮތް ވަރަށް ގޯސް ކަމަށާއި، މުޅި ދުނިޔެ އެކަން ބަލައިގަންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މި ހުރިހާ ދަތިތަކަކާއެކުވެސް އީރާން ޓީމުން ދެއްކި ކުޅުމާމެދު ދުނިޔެ ފަޚުރުވެރިވާނެ ކަމަށާއި، ކުރިމަތިކުރި ހުރަސްތަކާއެކުވެސް ހޯދުނު ނަތީޖާއަކީ އެންމެ ބޮޑު ކާމިޔާބީ ކަމަށް އޭނާ ފާހަގަކުރި އެވެ.

މުބާރާތުގެ ފަހު ދެ މެޗަށްފަހު އީރާން ޓީމުން ވަނީ ޗޭންޖިންގ ރޫމުގައި މުބާރާތް ބާއްވާ ފަރާތްތަކަށް ނޯޓެއް ބާއްވާފަ އެވެ. ޖޫން 21 ވަނަ ދުވަހު ބެލްޖިއަމާ ވާދަކޮށް އެއްވެސް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު ކެލިފޯނިއާގެ އިންގްލްވުޑްގައި ބޭއްވި ނޯޓުގައި ލިޔެފައިވަނީ: "ހާސް އަހަރުވީ ގަދީމީ ޕާޝިއާއިން ފެށިގެން މިއަދުގެ ތަހުޒީބީ އީރާނާ ހަމައަށްވެސް، އީރާނުގެ ރޫހު ދެމިއޮންނާނީ ސާބިތުކަމާއެކުގަ އެވެ. އަހަރެމެން ލޮސް އެންޖެލިސްއަށް އައީ ފަޚުރުވެރިކަމާއެކުގަ އެވެ. ވާދަކުރީ ޝަރަފުވެރިކަމާއެކުގަ އެވެ. އަދި އެނބުރި މިދަނީ ގަދަރާއި އިއްޒަތާއެކުގަ އެވެ."

ސިއާޓްލްގައި ބޭއްވި ނޯޓުގައި ލިޔެފައިވަނީ: "ފަހަރުގައި ޕޮއިންޓްތަކަކީ ތަފާތު ގޮތްގޮތަށް ހޯދިދާނެ އެއްޗެކެވެ. ފަހަރުގައި ގްރޫޕަކުން ޓީމެއް ކުރިއަށްވެސް ގޮސްދާނެ އެވެ. ނަމަވެސް ތާރީޚުގެ ކުރިމަތީގައި އިސްއުފުލާލައިގެން ހުރެވޭނީ އިންސާފާއި ޝަރަފުވެރިކަމާއެކުގަ އެވެ. ފެއާ ޕްލޭއަކީ ހަމައެކަނި ފުޓްބޯޅައިގެ ގަވާއިދު ފޮތުގައި އޮންނަ ލައިނެއް ނޫނެވެ. އެއީ ކުޅިވަރުގެ ފުރާނަ އެވެ. ސިއާޓްލްއިން ދިން މެހެމާންދާރީއަށް ޝުކުރިއްޔާ އެވެ. އަދި އީރާނަށްޓަކައި ހިތާއި، އަޑާއި، މުޅި ނަފްސު ގުރުބާންކުރި ހުރިހާ އީރާން ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ."

މަސްދަރު: ރޮއިޓާސް

މާކްވޭން މުލިންވޯލްޑް ކަޕްއީރާންއެމެރިކާ-އީރާންޖިއާނީ އިންފަންޓީނޯއާމިރު ގަލޭނޮއީފުޓްބޯޅަވޯލްޑް ކަޕް 2026

އިތުރަށް ކިޔާލަން

30 ޖޫން 2026

ވީއޭއާރުން ޖަރުމަނު ވޯލްޑްކަޕުން ކަޓުވާލީ؟ އެއީ "ލަދުވެތި" ކަމެއް!

ވޯލްޑް ކަޕްގައި ޕެރަގުއޭއާ ދެކޮޅަށް ޖަރުމަނުން ޖެހި ލަނޑެއް ވީއޭއާރް މެދުވެރިކޮށް ބާތިލުކުރުމުން، އެ ނިންމުމަށް ފުޓްބޯޅަ ތަޖުރިބާކާރުންނާއި ޖަރުމަނުގެ ކޯޗު ވަރަށް ބޮޑަށް ފާޑުކިޔައިފި. ޕެރަގުއޭގެ ކީޕަރަށް ފައުލްކުރި ކަމަށް ނިންމައި ރެފްރީ އެ ލަނޑު ގަބޫލުނުކުރުމަކީ "ޖޯކެއް" ކަމަށް ކޯޗު ނާގަލްސްމަން ބުނެފައިވާއިރު، އެލަން ޝިއަރާ ވަނީ އެއީ ކީޕަރު ރެފްރީއަށް އޮޅުވާލައިގެން ނިންމި ލަދުވެތި ނިންމުމެއްގެ ގޮތުގައި ސިފަކޮށްފަ. މި މެޗުން ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ މޮޅުވިއިރު، ޔާގަން ކްލޮޕް ފަދަ ތަޖުރިބާކާރުން ވެސް ވަނީ އެއީ ގޯސް ނިންމުމެއް ކަމަށް ބުނެފައި.

30 ޖޫން 2026
ވީއޭއާރުން ޖަރުމަނު ވޯލްޑްކަޕުން ކަޓުވާލީ؟ އެއީ "ލަދުވެތި" ކަމެއް!
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް މިފަދަ ފީއެއް ނެގުމުން ކަނޑުގެ ސަރަހައްދު ތަޣައްޔަރުވުމުން ސަލާމަތްވެ، ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުވާނެ ކަމަށް އޮމާނުގެ ފޮރިން މިނިސްޓަރު ވިދާޅުވި. މީގެ އިތުރުން، އީރާނާއި އެމެރިކާއާ ދެމެދު ދާދިފަހުން ސޮއިކުރި ފަހުމުނާމާގެ ދަށުން، އެ ކަނޑުއޮޅީގެ ސިޔާދަތީ ބާރު އީރާނަށް ލިބިގެންވާކަން ވަނީ ކަށަވަރުކޮށްދީފައި.

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
29 ޖޫން 2026

ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސައުދީ އަރަބިއްޔާ ކަޓައި، ކުރިމަތިވި ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އުފުއްލަވައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު އަލް މިސެހަލް މަގާމުން އިސްތިއުފާ ދެއްވައިފި. ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަމުން އޭނާ ވިދާޅުވީ، ޒިންމާދާރުވުމުގެ ގޮތުން އާ ބޯޑަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާތީ އާ އިންތިޚާބެއް ބޭއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް.

29 ޖޫން 2026
ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
29 ޖޫން 2026

އަލްޖީރިއާ އާއި އޮސްޓްރިއާ މެޗް އެއްވަރުވުން - ރޭވުމެއްތަ؟

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަލްޖީރިއާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެ، ދެ ގައުމު ވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި. މި ނަތީޖާއާއެކު އީރާން މުބާރާތުން ކަޓާފައިވާއިރު، މިއީ އެ ދެ ގައުމު ގުޅިގެން ކުރިން ރޭވުމެއްގެ ދަށުން ނެރުނު ނަތީޖާއެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުން. ނަމަވެސް ދެ ޓީމުގެ ކޯޗުން ވަނީ އެ ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކޮށް، މިއީ ފޯރިގަދަ އަދި އިންސާފުވެރި މެޗެއް ކަމަށް ބުނެފައި.

29 ޖޫން 2026
އަލްޖީރިއާ އާއި އޮސްޓްރިއާ މެޗް އެއްވަރުވުން - ރޭވުމެއްތަ؟
29 ޖޫން 2026

ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި

މުބާރާތުން ކެޓުމުގެ ޒިންމާ އުފުލައި ކޯޗު އިސްތިއުފާ ދިންއިރު، ދެކުނު ކޮރެއާގެ ރައީސް ވަނީ ކުޅިވަރުގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް މިފަދަ ނަތީޖާއެއް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ މިނިސްޓްރީއަށް އަންގަވާފައި. މި މައްސަލައިގައި ރައްޔިތުންނަށް ލިބުނު މާޔޫސްކަމަށްޓަކައި ރައީސް މާފަށް އެދިވަޑައިގެންފައިވާއިރު، ގައުމީ ޓީމުގެ ނަތީޖާތަކާ މެދު އާންމުންނާއި މީޑިއާގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ

29 ޖޫން 2026
ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު