Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފެބްރުއަރީ މަހުގެ ފަހުން ނުވެއްޓޭ މިންވަރަކަށް ދަށަށް ހިނގައްޖެ

2 ޖުލައި 2026 | ބުރާސްފަތި 06:07

އަގުތަކަށް މި ބަދަލު އައީ އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތަކުން އުއްމީދީ ނަތީޖާތަކެއް ފެނުމާއި، ހުރްމުޒް ކަނޑުއޮޅީގެ މަސްރަހު ފިނިވާން ފެށުމާ ގުޅިގެން. މަޝްވަރާތަކުގައި ކުރިއެރުން ލިބި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ ދަތުރުފަތުރުގެ ނިޒާމު އަދިވެސް އާންމު ހާލަތަކަށް ނާދެ.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 06:07
ޖަރުމަނުވިލާތުގެ ރައިންލޭންޑް-ޕެލެޓިނޭޓްގެ މައިންޒް ސަރަހައްދުގައި އޮންނަ ރައިން ކޯރުގައި، އެތެރެވަރީގެ އުޅަނދެއް ކަމަށްވާ "އައިލްޓޭންކް 24" ތެޔޮ ހިފައިގެން ދަތުރުކުރަނީ.

ޖަރުމަނުވިލާތުގެ ރައިންލޭންޑް-ޕެލެޓިނޭޓްގެ މައިންޒް ސަރަހައްދުގައި އޮންނަ ރައިން ކޯރުގައި، އެތެރެވަރީގެ އުޅަނދެއް ކަމަށްވާ "އައިލްޓޭންކް 24" ތެޔޮ ހިފައިގެން ދަތުރުކުރަނީ. | ގެޓީ އިމޭޖަސް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު ނުވެއްޓޭ މިންވަރަކަށް، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަޝްވަރާތަކުން އުއްމީދީ ނަތީޖާތަކެއް ފެންނަން ފެށުމާއެކު ތެލުގެ އަގުތައް ދަށަށް ގޮސްފި އެވެ.

ބައިނަލްއަގުވާމީ މާކެޓުގައި ބްރެންޓް ކްރޫޑްގެ އަގު ބުރާސްފަތި ދުވަހު ވަނީ 1 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސް، ފީފާއެއްގެ އަގު 71 ޑޮލަރަށް ވުރެ ދަށަށް ވެއްޓިފަ އެވެ. މިއީ ހަނގުރާމަ ފެށުމުގެ ކުރިން ތެލުގެ އަގު ހުރި މިންވަރެވެ. ގްރީނިޗް މީން ޓައިމުން 04:30 އާ ހަމައަށް އޮގަސްޓް މަހު ސަޕްލައިކުރާ ބްރެންޓް ފިއުޗާސްގެ އަގު ހުރީ ފީފާއެއް 70.82 ޑޮލަރުގަ އެވެ. މިއީ ފެބްރުއަރީ 27 ވަނަ ދުވަހުގެ ފަހުން ތެލުގެ އަގު މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އަގަށް އައި މި ބަދަލާއެކު، އޭޕްރިލް 30 ވަނަ ދުވަހު ތެލުގެ އަގު އެންމެ މައްޗަށް ގޮސް ފީފާއެއް 126 ޑޮލަރަށް ވުރެ މަތީގައި ހުރި ހުރުމާ އަޅާބަލާއިރު، ބްރެންޓް ކްރޫޑްގެ އަގު މިހާރު ވަނީ 38 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފަ އެވެ.

ތެލުގެ އަގުތައް ދަށަށް ދާން ފަށާފައިވަނީ، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން، ހަނގުރާމަ ހުއްޓާލުމާ ގުޅޭ ފަހުމުނާމާގެ ކަންކަން ހައްލުކުރުމަށް ދެ ގައުމުގެ އޮފިޝަލުން ބޭއްވި ނުސީދާ މަޝްވަރާތަކުގައި "އެދެވޭ ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ބުދަ ދުވަހު މި މަޝްވަރާތަކާ މެދު އުއްމީދީ ވާހަކަފުޅުތަކެއް ދައްކަވާފަ އެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ ކަންކަން ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. ސިންގަޕޫރުގެ ތެލުގެ ބާޒާރު ދިރާސާކުރާ "ވޭންޑާ އިންސައިޓްސް" ގެ ބާނީ ވަންދަނާ ހަރީ ވިދާޅުވީ، ގަލްފް ސަރަހައްދުން ތެޔޮ ބޭރުކުރާ މިންވަރު އިތުރުވުމާއި، ސިޔާސީ މަސްރަހު ރަނގަޅުވާނެ ކަމުގެ އުއްމީދު ބޮޑުވުމަކީ އަގުތައް ދަށަށް ދިޔަ ސަބަބެއް ކަމަށެވެ.

"ފަހުމުނާމާގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގައި އަދިވެސް އެއްބަސްވުމަކަށް ނާދެވޭ. ނަމަވެސް ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި އޮތް ހަމަނުޖެހުންތަކަށް މިވަގުތަށް ވަނީ މަޑުޖެހުމެއް އައިސްފައި،" އަލްޖަޒީރާއާ ވާހަކަދައްކަވަމުން ހަރީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބާޒާރަށް ނެރެން ތައްޔާރުކޮށްފައި ހުރި ތެލުގެ ސްޓޮކް ހުސްވަންދެން އަގުތައް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށާއި، ބައެއް ފަހަރު އާދަޔާ ހިލާފަށް އަގު ދަށަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ފާރިސީ ކަނޑުއޮޅިން ތެޔޮ ސަޕްލައިކުރުން އާންމު ހާލަތަކަށް އައިތޯ ބެލޭނީ އޭގެ ފަހުން، ސަޕްލައިއާއި ޑިމާންޑްގެ ބެލެންސް އަލުން ވަޒަންކުރުމުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހުރްމުޒް ކަނޑުއޮޅީގައި، މިދިޔަ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދެ އުޅަނދަކަށް ދިން ހަމަލާތަކަށްފަހު ދަތުރުފަތުރު ވަރަށް ބޮޑަށް މަދުވި ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ވަނީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެންނަން ފަށާފައެވެ.

މެރިން ޓްރެފިކްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އާދީއްތަ ދުވަހު 22 އުޅަނދު އަދި ހޯމަ ދުވަހު 27 އުޅަނދު އެ ކަނޑުއޮޅި ހުރަސްކުރިއިރު، އަންގާރަ ދުވަހު އެ އަދަދު ވަނީ 40 އަށް އިތުރުވެފަ އެވެ.

އެހެންނަމަވެސް، ސަލާމަތީ ކަންކަމާ މެދު އޮތް ކަންބޮޑުވުންތަކާ ހުރެ، މިހާރު ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އަދިވެސް ހުރީ ހަނގުރާމައިގެ ކުރިން ދުވާލަކު ދަތުރުކުރާ 130 އުޅަނދަށް ވުރެ މާ ބޮޑަށް ވެސް މަދުކޮށެވެ.

ޖޫން 17 ވަނަ ދުވަހު އެމެރިކާއާއެކު ސޮއިކުރި ފަހުމުނާމާގައި، އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް އީރާނުން އެއްބަސްވި ނަމަވެސް، އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ ހަމައެކަނި އެ ގައުމަށް ކަމަށް ތެހެރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މެރިން ޓްރެފިކްގެ ރެކޯޑްތަކުން ދައްކާގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އެ ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަށް މަދުވެގެން 49 ހަމަލާއެއް ވަނީ ދީފަ އެވެ. މީގެ ތެރެއިން ގިނަ ހަމަލާތަކުގެ ޒިންމާ އީރާނުން އުފުލާފައިވާއިރު، ބައެއް ހަމަލާތަކަކީ އީރާނުގެ ސިފައިން ދިން ހަމަލާތަކެއް ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އީރާންބްރެންޓް ކުރޫޑްތެލުގެ އަގު

އިތުރަށް ކިޔާލަން

02 ޖުލައި 2026

އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ

02 ޖުލައި 2026
އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
01 ޖުލައި 2026

އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި

01 ޖުލައި 2026
އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި
30 ޖޫން 2026

ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި

30 ޖޫން 2026
ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި
30 ޖޫން 2026

އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ

30 ޖޫން 2026
އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ
30 ޖޫން 2026

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި

30 ޖޫން 2026
ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި

29 ޖޫން 2026
އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި
27 ޖޫން 2026

އީރާނުގެ މިނާބްގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާ އަމާޒުވި ސަބަބު ތަހުގީގުން ހާމަވެއްޖެ - ބްލޫމްބާގް

27 ޖޫން 2026
އީރާނުގެ މިނާބްގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާ އަމާޒުވި ސަބަބު ތަހުގީގުން ހާމަވެއްޖެ - ބްލޫމްބާގް
25 ޖޫން 2026

ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި

25 ޖޫން 2026
ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް