Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި

ޤަތަރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުން، އީރާންގެ މަންދޫބުންނާ ސީދާ ބައްދަލެއް ނުކުރައްވާނެ. އެހެން ނަމަވެސް، ދަށް ފަންތީގެ މަންދޫބުންގެ މެދުގައި ކުރިއަށްދާ ފަންނީ މަޝްވަރާ ތަކުން ކުރިއެރުން ލިބެމުންދާ ކަމަށް އެމެރިކާގެ އޮފިޝަލު ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2026 | ބުދަ 07:54
ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޖެރާޑް ކުޝްނާ.

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޖެރާޑް ކުޝްނާ. | ރޮއިޓާސް

އީރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް ޤަތަރުގެ ވެރި ރަށް ދޯހާގައި ކުރިއަށްދާ މަޝްވަރާ ތަކުގައި ބައިވެރިވާ އެމެރިކާގެ މަންދޫބުން ކަމަށްވާ ޖެރާޑް ކުޝްނާ އާއި ސްޓީވް ވިޓްކޮފް ސަރަހައްދީ ލީޑަރުންނާ އެކު އުންމީދީ ބައްދަލުވުން ތަކެއް ބާއްވާފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މި މަޝްވަރާ ތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބުރޫ އަރާފާނެ ފަދަ ހަމަލާ ތަކެއް ދާދި ފަހުން ބަދަލުކުރުމާ ގުޅިގެން، ދާއިމީ ސުލްހައެއް ގާއިމު ކުރުމަށް ކުރިއަށް ގެންދާ ނުސީދާ ވާހަކަ ތަކެކެވެ.

މި މަހުގެ ކުރީ ކޮޅު ސޮއި ކުރި ވަގުތީ އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ މުއްދަތަށް މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވީ ނަމަވެސް، ހުރްމުޒް ކަނޑު އޮޅީގައި ހިނގި ކުރިމަތިލުން ތަކުގެ ސަބަބުން މި މަސައްކަތަށް ވަނީ ހުރަސް ތަކެއް ކުރިމަތިވެފައި އެވެ.

ނަމަވެސް، އެމެރިކާ އާއި އީރާން އިން އަލުން ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވުމާ ގުޅިގެން، ކުޝްނާ އާއި ވިޓްކޮފް ވަނީ އަލުން ޤަތަރަށް ވަޑައިގެން މަޝްވަރާތައް ފައްޓަވާފައި އެވެ. ޤަތަރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުން، އީރާންގެ މަންދޫބުންނާ ސީދާ ބައްދަލެއް ނުކުރައްވާނެ އެވެ. އެހެން ނަމަވެސް، ދަށް ފަންތީގެ މަންދޫބުންގެ މެދުގައި ކުރިއަށްދާ ފަންނީ މަޝްވަރާ ތަކުން ކުރިއެރުން ލިބެމުންދާ ކަމަށް އެމެރިކާގެ އޮފިޝަލު ވިދާޅުވި އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންއާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަސްކަރީ ކެމްޕޭނެއް އަލުން ފެށުމަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައި އެވެ. އަދި މަޝްވަރާތައް އަންނަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހަށް ވުރެ އިތުރަށް ދެމިގެން ދިޔަ ނަމަވެސް، އެންމެ ރަނގަޅު ކަމަށް ޓްރަމްޕް ވަނީ އޭނާގެ މުވައްޒަފުންނަށް އަންގަވާފައި އެވެ.

ދާދި ފަހުން ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭންއާ އެކު އިތުރު ހަމަލާ ތަކެއް ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަޝްވަރާ ކުރެއްވި ނަމަވެސް، މިވަގުތަށް ޑިޕްލޮމެޓިކް މަގު އިޚްތިޔާރު ކުރެއްވުމަށް އޭނާ ވަނީ ނިންމަވާފައި އެވެ.

މި މަޝްވަރާ ތަކުގައި އަދިވެސް ހައްލު ނުވެ ހުރި މުހިންމު ކަންތައްތަކުގެ ތެރޭގައި، ފްރީޒް ކޮށްފައިވާ އީރާންގެ އެތައް ބިލިއަން ފައިސާއެއް ދޫކުރުމާއި، ހުރްމުޒް ކަނޑު އޮޅި ބެލެހެއްޓުމުގެ ކަންކަން ހިމެނެ އެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ތަކުން ފީއެއް ނެގުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އީރާން އިން ބުނަމުންދާއިރު، އެމެރިކާ އާއި ވިލާތުގެ ގައުމު ތަކުގެ އިތުރުން ގަލްފުގެ ގައުމު ތަކުން ދަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ. ވަގުތީ އެއްބަސްވުމުގައި 60 ދުވަހުގެ މުއްދަތަށް ފީ ނުނެގުމަށް އޮތް ނަމަވެސް، އޭގެ ފަހުން ކަންތައް ކުރަން ޖެހޭ ގޮތެއް ސާފެއް ނުވެ އެވެ. 

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ތެލާއި ގޭހުގެ އަގު ވަނީ އުފުލިފައި އެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އުންމީދު ބޮޑުވުމާ އެކު އޭޝިއާގެ ބާޒާރުގައި ތެލުގެ އަގު ވަނީ ކުޑަކޮށް ދަށަށް ޖެހިލާފައި އެވެ. އެމެރިކާގެ އިސް އޮފިޝަލު ވިދާޅުވި ގޮތުގައި، މިހާރު ހުރްމުޒް ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއީ ދުނިޔޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މާހިރުން ދެކެ އެވެ.

މަސްދަރު: ބްލޫމްބާގް

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޖަރެޑް ކުޝްނަރސްޓީވް ވިޓްކޮފްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

01 ޖުލައި 2026

ސަރަހައްދީ ޤައުމު ތަކަށް ހަމަލާ ދިނުމަށް، އިރާޤުގެ ބިން ބޭނުން ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް: ބޮޑު ވަޒީރު އަލީ އަލް ޒައިދީ

ބޮޑު ވަޒީރު އަލް ޒައިދީ ވިދާޅުވީ، އިރާޤުގެ ސަރަހައްދީ ރަތް ރޮނގުގެ ބޭރުން އަންނަ އެއްވެސް ނުފޫޒެއް، ނުވަތަ އަމުރެއް ޤަބޫލު ނުކުރައްވާނެ ކަަމަށް. އަދި އެއީ އިރުމަތީގެ ޤައުމަކުން ނުވަތަ، ހުޅަނގުގެ ޤައުމަކުން އަންނަ އަމުރެއް ކަމަށް ވީ ނަމަވެސް، އިރާޤުގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫ އަރާ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި.

01 ޖުލައި 2026
ސަރަހައްދީ ޤައުމު ތަކަށް ހަމަލާ ދިނުމަށް، އިރާޤުގެ ބިން ބޭނުން ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް: ބޮޑު ވަޒީރު އަލީ އަލް ޒައިދީ
01 ޖުލައި 2026

ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް

އެ މަޝްވަރާ ތަކުން އެދެވޭ ނަތީޖާއެއް ނުފެނި، ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ، އެމެރިކާގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އެމެރިކާ އޮތީ ތައްޔާރަށް. މިގޮތުން އެމެރިކާގެ އަތުގައި ބޭނުން ކުރެވިދާނެ ގިނަ ސިޔާސަތު ތަކާއި، އުސޫލު ތަކެއް އެބަހުރި ކަމަށް އޭނާ ފާހަގަ ކުރެއްވި.

01 ޖުލައި 2026
ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް
01 ޖުލައި 2026

ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި

ޣަލިބާފް ހާމަކުރެއްވި ގޮތުގައި ބަނދަރު ތަކަށް ކުރިމަތި ކޮށްފައި އޮތް ހުރަސްތައް ނައްތާލި ދުވަހުން ފެށިގެން، މިއަދާ ހަމައަށް އީރާން އިން ވަނީ 40 މިލިއަނަށް ވުރެ ގިނަ ތެޔޮ ފީފާ ބޭރު ކޮށްފައި. ނަމަވެސް، އޭގެ ކުރިން ދިޔަ 50 އާއި 60 އާ ދެމެދުގެ ދުވަސް ތަކުގައި، އެމެރިކާގެ ބްލޮކޭޑް ނުވަތަ ބަނދަރުތައް ބަންދު ކުރުމުގެ ސަބަބުން އެންމެ ތެޔޮ ފީފާއެއް ވެސް ބޭރު ކުރުމުގެ ޤާބިލުކަން އީރާންގެ ކިބައިގައި ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވި.

01 ޖުލައި 2026
ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް މިފަދަ ފީއެއް ނެގުމުން ކަނޑުގެ ސަރަހައްދު ތަޣައްޔަރުވުމުން ސަލާމަތްވެ، ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުވާނެ ކަމަށް އޮމާނުގެ ފޮރިން މިނިސްޓަރު ވިދާޅުވި. މީގެ އިތުރުން، އީރާނާއި އެމެރިކާއާ ދެމެދު ދާދިފަހުން ސޮއިކުރި ފަހުމުނާމާގެ ދަށުން، އެ ކަނޑުއޮޅީގެ ސިޔާދަތީ ބާރު އީރާނަށް ލިބިގެންވާކަން ވަނީ ކަށަވަރުކޮށްދީފައި.

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
30 ޖޫން 2026

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޤަތަރުގައި ކުރިއަށްދާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ވަފުދެއް އެ ޤައުމަށް ވަޑައިގަންނަވާނެ ކަމަށާއި، ފަހަރުގައި އެއީ މުހިންމު ބައްދަލުވުމަކަށް ވެސް ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

30 ޖޫން 2026
އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު