Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސަރަހައްދީ ޤައުމު ތަކަށް ހަމަލާ ދިނުމަށް، އިރާޤުގެ ބިން ބޭނުން ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް: ބޮޑު ވަޒީރު އަލީ އަލް ޒައިދީ

ބޮޑު ވަޒީރު އަލް ޒައިދީ ވިދާޅުވީ، އިރާޤުގެ ސަރަހައްދީ ރަތް ރޮނގުގެ ބޭރުން އަންނަ އެއްވެސް ނުފޫޒެއް، ނުވަތަ އަމުރެއް ޤަބޫލު ނުކުރައްވާނެ ކަަމަށް. އަދި އެއީ އިރުމަތީގެ ޤައުމަކުން ނުވަތަ، ހުޅަނގުގެ ޤައުމަކުން އަންނަ އަމުރެއް ކަމަށް ވީ ނަމަވެސް، އިރާޤުގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫ އަރާ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2026 | ބުދަ 05:08
އިރާޤުގެ ބޮޑު ވަޒީރު އަލީ އަލް ޒައިދީ.

އިރާޤުގެ ބޮޑު ވަޒީރު އަލީ އަލް ޒައިދީ. | ރޮއިޓާސް

ސަރަހައްދީ ޤައުމު ތަކަށް އަމާޒުކޮށް ދާދި ފަހުން ދިން ހަމަލާ ތަކަކީ، އިރާޤުގެ ބިން ބޭނުން ކޮށްގެން ދީފައިވާ ހަމަލާ ތަކެއް ކަމަށް ބުނާ ބުނުމަށް އެއްވެސް ހެއްކެއް ނެތް ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު އަލީ އަލް ޒައިދީ ވިދާޅުވެއްޖެ އެވެ. 

އިރާޤުގެ ބޮޑު ވަޒީރު މިހެން ވިދާޅުވީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. 

ބޮޑު ވަޒީރު އަލް ޒައިދީ ވިދާޅުވީ، އިރާޤުގެ ސަރަހައްދީ ރަތް ރޮނގުގެ ބޭރުން އަންނަ އެއްވެސް ނުފޫޒެއް، ނުވަތަ އަމުރެއް ޤަބޫލު ނުކުރައްވާނެ ކަަމަށެވެ. އަދި އެއީ އިރުމަތީގެ ޤައުމަކުން ނުވަތަ، ހުޅަނގުގެ ޤައުމަކުން އަންނަ އަމުރެއް ކަމަށް ވީ ނަމަވެސް، އިރާޤުގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫ އަރާ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. 

މި މޭރުމުން ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު އަލް ޒައިދީ ފާހަގަ ކުރެއްވި ގޮތުގައި، އަވަށްޓެރި ޤަލްފުގެ ގައުމު ތަކަށް ދޭ ހަމަލާ ތަކުގައި އިރާޤުގެ ބައިވެރިވުމެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަ ތަކަކީ، އެއްވެސް އަސާސެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ސަރަހައްދީ ގުޅުން ތަކަށް ބުރޫ އަރާފާނެތީ އެކަމާ މެދު ސަމާލުވުމަށް ވެސް ބޮޑު ވަޒީރު ވަނީ ގޮވާލައްވައިފަ އެވެ. 

އިރާޤުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމަށް ކަމަށާއި، އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް އިރާޤުގެ ބިން ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ބޮޑު ވަޒީރު އަލް ޒައިދީ ވަނީ ދެއްވާފައި އެވެ. މީގެ އިތުރުން ބޭރުގެ ބާރު ތަކުން އިރާޤުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ، ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފަހަކަށް އައިސް ގަލްފުގެ ބައެއް ޤައުމު ތަކަށް ޑްރޯން އަދި މިސައިލް ހަމަލާ ތަކެއް އަމާޒު ވެފައިވާއިރު، ބައެއް ފަރާތް ތަކުން ތުހުމަތު ކުރަމުން ދަނީ އެ ހަމަލާ ތަކަކީ އިރާޤުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތް ތަކުން ދީފައިވާ ހަމަލާ ތަކެއް ކަމަށެވެ. ނަމަވެސް ބޮޑު ވަޒީރު އަލް ޒައިދީގެ މި ބަޔާނާ އެކު، އެ ޤައުމުން ވަނީ އެ ހުރިހާ ތުހުމަތު ތަކެއް ރަސްމީކޮށް ދޮގު ކޮށްފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ގަލްފް ސަރަޙައްދުއިރާގުއިރާގުގެ ބޮޑު ވަޒީރު އަލީ އަލް ޒައިދީ

އިތުރަށް ކިޔާލަން

01 ޖުލައި 2026

ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް

01 ޖުލައި 2026
ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް
01 ޖުލައި 2026

ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި

01 ޖުލައި 2026
ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި
30 ޖޫން 2026

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޖޫން 2026
އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
30 ޖޫން 2026

އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ

30 ޖޫން 2026
އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ
30 ޖޫން 2026

އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!

30 ޖޫން 2026
އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!
29 ޖޫން 2026

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި

29 ޖޫން 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
28 ޖޫން 2026

އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި

28 ޖޫން 2026
އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު