Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ މުވައްޒަފުން ވަކިކުރުން

އެއްކޮޅުން ވަޒީފާތައް ބަހަމުން، އަނެއްކޮޅުން ގިނަބަޔަކު ވަޒީފާ އިން ވަކި ކުރުމަށް ފެނަކައިގެ ރިޑަންޑަންސީ ޕޮލިސީ ބަދަލުކޮށްފި

ފެނަކައިގެ ބައެއް ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަށް ޕީސީބީން އެންގުމާ ގުޅިގެން، ކުންފުނީގެ އިދާރީ އޮނިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން މުވައްޒަފުން ވަކިކުރެވޭނެ އާ އުސޫލެއް ވަނީ އެކުލަވާލާފަ. މި އުސޫލުގެ ދަށުން މާލީ ހާލަތަށް ރިއާޔަތްކޮށް މުވައްޒަފުން މަދުކުރުމުގެ ބާރު ކުންފުންޏަށް ލިބިދޭއިރު، މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ދަނޑިވަޅެއްގައި ސިޔާސީ މަގާމުތަކަށް މީހުން އިތުރުކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. މި ބަދަލުތަކަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ފެނަކައިން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 02:06
 އިންތިހާބުތަކާ ދިމާކޮށް  މިސަރުކާރުން ވަނީ އެތައް ހާސް ވަޒީފާ އެއް، އެންމެ ބޮޑު ގެއްލުމަކާ އެކު ހިންގާ ފެނަކަ އިން ދީފަ.

އިންތިހާބުތަކާ ދިމާކޮށް މިސަރުކާރުން ވަނީ އެތައް ހާސް ވަޒީފާ އެއް، އެންމެ ބޮޑު ގެއްލުމަކާ އެކު ހިންގާ ފެނަކަ އިން ދީފަ. | ރާއްޖެއެމްވީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް މާލީގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށް ބުނެ، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް "ރިޑަންޑަންސީ އުސޫލު" އިސްލާހުކޮށް އަމަލުކުރަން ފަށައިފި އެވެ.

މި އާ އުސޫލު ފާސްކޮށްފައިވަނީ މި ހިނގާ މެއި މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގަ އެވެ.

Advertisement - newsAdvertisement

ފެނަކަ އިން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން، ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ފެނަކައިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތްތަކެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ބަދަލުކުރުމަށްވެސް ޕީސީބީން ވަނީ އަންގާފަ އެވެ.

މި ބަދަލުތަކާ ގުޅިގެން ކުންފުނީގެ އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން، މުވައްޒަފުން ވަޒީފާ އިން ވަކިކުރަންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް "ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ރިޑަންޑަންސީ އުޞޫލު 2024" ގައި ވަނީ ބަޔާންކޮށްފަ އެވެ. މި އުސޫލުގެ ދަށުން މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ މައިގަނޑު ހަތަރު ހާލަތެއް ވަނީ ކަނޑައަޅާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ކުންފުނިން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ޚިދުމަތެއް ހުއްޓާލުމާއި، ކުންފުނީގެ ހިންގުމަށް އަންނަ ބަދަލަކާ ގުޅިގެން މަގާމެއް އުވިގެން ދިއުމެވެ. އަދި ކުންފުނީގެ އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލެއްގެ ތެރެއިން މަގާމެއް އުނިވުމުގެ އިތުރުން، ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން މުވައްޒަފުން މަދުކުރަންޖެހޭ ހާލަތްތަކުގައިވެސް މުވައްޒަފުން ވަކިކުރުމުގެ ބާރު މި އުސޫލުން ކުންފުންޏަށް ލިބިދެ އެވެ.

ފެނަކައިން ބުނެފައިވަނީ މި ބަދަލުތަކަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ކުންފުނިން ނިންމަންޖެހޭ ނިންމުންތައް އަވަހަށް ތަންފީޒުކުރުމަށް މަގުފަހިކުރުމަށް ގެނެވޭ ބަދަލުތަކެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ މުވައްޒަފުންނަށް ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ނަމަވެސް، ކުންފުނީގެ މާލީ ހާލަތު ގޯސްވެގެން މުވައްޒަފުން ވަކިކުރަން އާ އުސޫލެއް އެކުލަވާލާފައިވާއިރު، ސިޔާސީ ބޭނުންތަކަށްޓަކައި އަދިވެސް ކުންފުންޏަށް އާ މުވައްޒަފުން އިތުރުކުރަމުންދާ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި ވަނީ ބޮޑުވެފަ އެވެ. އެއްކޮޅުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ ބިރުވެރިކަން އުފެދިފައިވާއިރު، އަނެއްކޮޅުން ސިޔާސީ ނުފޫޒުން ވަޒީފާ ބަހަމުންދާ ދިއުމަކީ ކުންފުނީގެ މާލީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްރިޑަންޑެންސީ ޕޮލިސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު

ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު

03 މެއި 2026
ޕީސީބީ ރައީސް ކަމަށް މުހައްމަދު ނިޒާރު އަލުން އައްޔަންކުރައްވައިފި

ޕީސީބީ ރައީސް ކަމަށް މުހައްމަދު ނިޒާރު އަލުން އައްޔަންކުރައްވައިފި

30 އެޕްރީލު 2026
ސްޓެލްކޯގެ އެމްޑީ އަކަށް ޑރ. އަޒްވަރު އައްޔަންކޮށްފި

ސްޓެލްކޯގެ އެމްޑީ އަކަށް ޑރ. އަޒްވަރު އައްޔަންކޮށްފި

28 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯގެ މަގާމަށް ހުސައިން ޝަފީގް!

ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯގެ މަގާމަށް ހުސައިން ޝަފީގް!

22 އެޕްރީލު 2026
ހަރަދުކުޑަކުރުމުގެ ގޮތުން އެމްޕީއެލް އިން މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކޮށްފި

ހަރަދުކުޑަކުރުމުގެ ގޮތުން އެމްޕީއެލް އިން މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކޮށްފި

09 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު