Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2026

އެމްބާޕޭގެ ދެ ލަނޑުން ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް

މޮޅާ އެކު ފްރާންސް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދިއިރު، ގަދަ 16 ގައި ފްރާންސް ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށް. ޕެރަގުއޭ އިން ވަނީ ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ގަދަ 16 އިން ޖާގަ ހޯދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2026 | ބުދަ 05:04
މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވާރލްޑް ކަޕްގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފްރާންސް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސް އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ފްރާންސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ފްރާންސް އަށް ޖަހައިދިނީ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެއީ އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ޖެހި ލަނޑެކެވެ.

ފްރާންސް އިން ރަނގަޅަށް ކުޅުނު މެޗުގައި، ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ބްރާޑްލޭ ބާކޮލާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މައިކަލް އޮލައިސޭ އެވެ.

އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ފްރާންސްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖަހަން އެމްބާޕޭ އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އޮލައިސޭ އެވެ. އަނެއްކޮޅުން މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި ހަ ވަނަ ލަނޑެވެ.

މޮޅާ އެކު ފްރާންސް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދިއިރު، ގަދަ 16 ގައި ފްރާންސް ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ. ޕެރަގުއޭ އިން ވަނީ ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. 

ފީފާ ވާރލްޑް ކަޕް 2026ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުސްވިޑަން ޤައުމީ ފުޓުބޯޅަ ޓީމުކީލިއަން އެމްބާޕޭ

އިތުރަށް ކިޔާލަން

01 ޖުލައި 2026

ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް

މޮޅާ އެކު ނޯވޭ އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދިއިރު، މިއީ ނޯވޭ އިން މުބާރާތުގެ ނޮކްއައުޓް ބުރުގައި ހޯދި ފުރަތަމަ މޮޅު. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނޯވޭ ވަނީ ގަދަ 16 އިން ބަލިވެ ކަޓާފައި. މިފަހަރުގެ މުބާރާތުގެ ގަދަ 16 ގައި ނޯވޭ ނިކުންނާނީ ބްރެޒިލްއާ ދެކޮޅަށް.

01 ޖުލައި 2026
ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ނޯވޭ ގަދަ 16 އަށް
30 ޖޫން 2026

ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!

ޖަރުމަނު ކެޓި މެޗަށް ފަހު ނާގަލްސްމަން ބުނީ، އޭނަ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް. އަދި ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން 2028 ވަނަ އަހަރާ ހަަމައަށް އޭނާ ހުންނަން ބޭނުންވާ ނަމަ، މަގާމުގައި ދެމި ހުންނާނެ ކަމަށް ނާގަލްސްމަން ބުނި. ނަމަވެސް، އެސޯސިއޭޝަން އިން އެގޮތް ބޭނުން ނުވާ ނަމަ މަގާމުން ދުރަށް ދާނެ ކަމަށް ނާގަލްސްމަން ވަނީ ބުނެފައި.

30 ޖޫން 2026
ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!
30 ޖޫން 2026

ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕެނަލްޓީގައި ބަލިވެ، ނެދަލެންޑްސް ކަޓައިފި

މިއީ ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ޖެހި ޖެހިގެން ކެޓި ދެ ވަނަ ވޯލްޑް ކަޕް. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނެދަލެންޑްސް ވަނީ ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ބަލިވެފައި.

30 ޖޫން 2026
ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕެނަލްޓީގައި ބަލިވެ، ނެދަލެންޑްސް ކަޓައިފި
30 ޖޫން 2026

ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް

ޕެނަލްޓީގައި ޖަރުމަނަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ. ޕެރަގުއޭ އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފައި.

30 ޖޫން 2026
ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް
30 ޖޫން 2026

ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް

މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލް އަކީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު. މުބާރާތުގެ ގަދަ 16 ގައި ބްރެޒިލް ނިކުންނާނީ އައިވަރީ ކޯސްޓް އަދި ނޯވޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް.

30 ޖޫން 2026
ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު