Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގައި ވާހަކަދައްކަވަމުން ކުރީގެ މެންބަރު ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ވަޒީފާގެ ޔަގީންކަން ގެއްލިފައިވާ ކަމަށް. ގައުމުގެ ހާލަތު ގޯސްވެފައިވާތީ ރައްޔިތުންގެ 70 އިންސައްތަ މިހާރު ތިބީ ސަރުކާރާ ދެކޮޅަށް ކަމަށާއި، މިއީ ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާއެއް ކަމަށް އޭނާ ފާހަގަކުރެއްވި. މީގެއިތުރުން ރައްޔިތުންގެ އަޑު ނާހާނަމަ، އިދިކޮޅުން މަގުމައްޗަށް ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖޫން 2026 | ހޮނިހިރު 06:52
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވާހަކަ ދައްކަވަނީ.

އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވާހަކަ ދައްކަވަނީ. | އެމްޑީޕީ

ދިވެހިރާއްޖޭގެ ރައްޔިތުންގެ 70 އިންސައްތަ ރައްޔިތުން ގޮތް ނިންމާފައިވާ ކަމަށާއި، މިހާރު ވެސް ކުރިއަށް މި ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ވައްޑެ މިފަދައިން ވިދާޅުވީ އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މި ސަރުކާރާއެކު، ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ބޮޑުވެފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ. 

ވައްޑެ ވިދާޅުވީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތި ކުރަމުންދާ ކަމަށާއި، މިހާރު ގައުމު މިދަނީ ޖާހިލިއްޔަ ޒަމާނަށްވުރެ ފަހަތަށް ކަމަށެވެ.  އަދި ވަޒީފާގެ ބިރުވެރިކަން އުފައްދައި، ސަރުކާރު އެއްވެސް މުވައްޒަފެއްގެ މިއަދު ވަޒީފާގެ ޔަގީންކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ވައްޑެ ވިދާޅުވީ، ނަތީޖާއެއް ގޮތުން ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށާއި، ރައްޔިތުންގެ 70 ޕަސެންޓް ގޮތް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވެސް ކުރިއަށް މިދަނީ ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާއެއްް ކަމަށް އޭނާ ވިދާޅުވި އެވެ.


އަޅުގަނޑުމެންގެ ގައުމު ޖާހިލިއްޔަ ޒަމާނަށްވުރެ ފަހަތަށް މީނާ މި ވައްޓާލަނީ. ސަރުކާރު އެއްވެސް މުވައްޒަފެއްގެ މިއަދު ވަޒީފާގެ ޔަގީންކަން ނެތް. އޭނާ ވިސްނާ ވިސްނުމެއްގެ މައްޗަށް ވަކި ގޮތަކަށް ގުދުވެގެން ވަކި ގޮތަކަށް އެނބުރިގެން ނޫން ގޮތަކަށް މިހާރު މިރާއްޖޭގައި ވަޒީފާގެ ޔަގީންކަން ނެތް. ސަރުކާރުން ފޯރުވައިދޭ އެއްވެސް ޚިދުމަތެއްގެ ޔަގީންކަން ނެތް. މިހާލަތަށް ގައުމު ވައްޓާލީމަ އަޅުގަނޑުމެން އެބަ ޖެހޭ މީނާ ބާލަން. 
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)

ވައްޑެ ވިދާޅުވީ ރައްޔިތުންގެ އަޑު ނާހާ، ރައީސް މުއިއްޒު ކިބުރުވެރިކަމާއި ބޮޑާކަން ދައްކާނަމަ ކޮންމެ ފަހަރަކު ވެސް އެމްޑީޕީން މަގު މައްޗަށް ނުކުމެ، ސަރުކާރު ތަޅުވާލާނެ ކަމަށެވެ. އަދި މިސަރުކާރުގެ ތަނޑި  އިނީ ހިކިފައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަޒީފާ ބުރާސްފަތިމުހައްމަދު ވަހީދު (ވައްޑެ)ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

19 ޖޫން 2026

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
19 ޖޫން 2026

ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

19 ޖޫން 2026
ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު
19 ޖޫން 2026

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

19 ޖޫން 2026
ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް
19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
19 ޖޫން 2026

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު