Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް

ބާންހަމްގެ ސަރުކާރެއްގައި ރީވްސްގެ ބަދަލުގައި އެޑް މިލިބޭންޑް، ވެސް ސްޓްރީޓިން ނުވަތަ ޝަބާނާ މަހްމޫދު ޗާންސެލަރުގެ މަޤާމަށް އައްޔަންކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، ރީވްސް ވިދާޅުވީ ބާންހަމް އާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖޫން 2026 | ހުކުރު 06:16
އިނގިރޭސިވިލާތުގެ ޗާންސެލަރު ރީވްސް އަދި ބާންހަމް.

އިނގިރޭސިވިލާތުގެ ޗާންސެލަރު ރީވްސް އަދި ބާންހަމް. | ރޮއިޓާސް

އިނގިރޭސިވިލާތުގެ އިޤަތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި މިހާރު ގެންގުޅުއްވާ ސިޔާސަތު ތަކުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ސަރުކާރަކުން ވެސް އެ ސިޔާސަތު ތަކުގައި ހިފެހެއްޓުމަށް އެ ގައުމުގެ ޗާންސެލަރު ރޭޗަލް ރީވްސް ގޮވާލައްވައިފި އެވެ.

ރީވްސް މިކަމަށް ގޮވާލެއްވީ ބްރިޓިޝް ޗެމްބާސް އޮފް ކޮމާސް (ބީސީސީ) ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރެއްވުމާ ގުޅިގެން، އެ މަގާމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އެންޑީ ބާންހަމް އަށް ތާއީދު ކުރައްވާ ކަމަށް ވެސް ރީވްސް ވަނީ ވިދާޅުވެފައި އެވެ.

ވެރިކަން ކުރާ ލޭބާ ޕާޓީގެ އެތެރޭގެ ގިނަ މެންބަރުންގެ ތާއީދު ގެއްލުމާ ގުޅިގެން، ސްޓާމާ އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ. މިހާތަނަށް އެ މަގާމަށް ވާދަ ކުރައްވާނެކަން ހާމަ ކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ ގްރޭޓަރ މެންޗެސްޓަރގެ މޭޔަރުކަން ވެސް ކުރެއްވި ބާންހަމް އެވެ. އިތުރު ކެންޑިޑޭޓަކު ކުރިމަތިނުލާ ނަމަ، ކުރިއަށް ޖުލައި މަހުގެ 17 ވަނަ ދުވަހު އޭނާ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވާނެ އެވެ.

ބާންހަމްގެ ސަރުކާރެއްގައި ރީވްސްގެ ބަދަލުގައި އެޑް މިލިބޭންޑް، ވެސް ސްޓްރީޓިން ނުވަތަ ޝަބާނާ މަހްމޫދު ޗާންސެލަރުގެ މަޤާމަށް އައްޔަންކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، ރީވްސް ވިދާޅުވީ ބާންހަމް އާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އިޤްތިޞާދީ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރީވްސް ވިދާޅުވީ، އޭނާ ޗާންސެލަރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އިޤާތިޞާދަށް ހަމަޖެހުން ގެނެސް ދެވިފައިވާ ކަމަށާއި، އިންފްލޭޝަން ކުޑަ ކުރުމާއި އިޤްތިޞާދީ ކުރިއެރުމަށް ކުރެވުނު މަސައްކަތްތަކާ މެދު ފަޚުރުވެރިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޮންމެ ބޭފުޅަކު ޗާންސެލަރު ކަމުގައި ހުންނެވި ނަމަވެސް، މިހާރު ކަނޑަ އަޅާފައިވާ މާލީ އުސޫލު ތަކަށް ތަބާވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މި އުސޫލު ތަކަކީ ދައުލަތުގެ ދަރަނި ކުޑަ ކުރުމަށާއި، ދުވަހުން ދުވަހަށް ކުރާ ޚަރަދުތައް ޓެކްސްގެ އާމްދަނީ އިން ހަމަޖެއްސުމަށް އެކުލަވާލާފައިވާ ހަރުދަނާ އުސޫލު ތަކެކެވެ.

ލޭބާ ޕާޓީގެ ވާއަތު ފިޔައިގެ ބައެއް މެންބަރުން ދިފާއީ ދާއިރާ އަށް ކުރާ ޚަރަދު އިތުރު ކުރުމަށްޓަކައި މި އުސޫލު ތަކަށް ލުއި ދިނުމަށް އެދެމުން ދިޔަ ނަމަވެސް، ބާންހަމް ހުންނެވީ މިހާރުގެ މާލީ އުސޫލު ތަކަށް ތާއީދު ކުރައްވައިގެން ކަމަށް ރީވްސް ވިދާޅުވި އެވެ. މީގެ އިތުރުން، ކުރީގެ ސަރުކާރުން ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން، އިންފްލޭޝަން އާއި އިންޓްރެސްޓް ރޭޓް އިންތިހާ އަށް އުފުލިގެން ދިޔަ ކަމަށާއި، އޭގެ ނޭދެވޭ އަސަރު އާންމު އާއިލާތަކާއި ވިޔަފާރި ތަކަށް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ބާންހަމްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރީވްސް ވިދާޅުވީ، އޭނާ އަކީ މުވާސަލާތު ކުރުމުގެ ހުނަރު ހުރި، އަދި މޭޔަރު ކަމުގައި ނަތީޖާ ދައްކަވާފައިވާ ގާބިލު ބޭފުޅެއް ކަމަށެވެ. ޤައުމުގެ މިސްރާބު ރަނގަޅު ކުރުމާއި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ބާންހަމް އަކީ އެންމެ އެކަށީގެންވާ ލީޑަރު ކަމަށް ވެސް ރީވްސް ވިދާޅުވި އެވެ.

މީގެ އިތުރުން، މިއަހަރުގެ ފަހުކޮޅު ހުށަހަޅާ ބަޖެޓުގައި ވިޔަފާރި ތަކަށް ދެވޭ ލުއި ތަކާއި، އިނގިރޭސިވިލާތުގެ އެކި ސަރަހައްދު ތަކަށް މާލީ ބާރުވެރިކަން ދިނުމުގެ އިތުރު އިސްލާހުތައް ހިމެނޭނެ ކަމަށް ވެސް ޗާންސެލަރު ރީވްސް ހާމަ ކުރެއްވި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭއެންޑީ ބަރންހަމްރޭޗަލް ރީވްސް

އިތުރަށް ކިޔާލަން

26 ޖޫން 2026

ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!

26 ޖޫން 2026
ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!
25 ޖޫން 2026

ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

25 ޖޫން 2026
ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
25 ޖޫން 2026

މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!

25 ޖޫން 2026
މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!
25 ޖޫން 2026

ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް

25 ޖޫން 2026
ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
24 ޖޫން 2026

ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި

24 ޖޫން 2026
ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި
23 ޖޫން 2026

ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި

23 ޖޫން 2026
ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި
23 ޖޫން 2026

ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް

23 ޖޫން 2026
ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު