Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް

މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލް އަކީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު. މުބާރާތުގެ ގަދަ 16 ގައި ބްރެޒިލް ނިކުންނާނީ އައިވަރީ ކޯސްޓް އަދި ނޯވޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 01:27
މެޗުގައި ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ޖަޕާން ބަލިކޮށް، ބްރެޒިލް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ބްރެޒިލް އިން ކާާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ޖަޕާން އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ބްރެޒިލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި އެވެ.

މެޗު ފަށައިގެން 29 ވަނަ މިނެޓުގައި ޖަޕާން އިން ވަނީ ބްރެޒިލް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޖަޕާން އަށް ޖަހައިދިނީ ކައީޝޫ އަސާނޯ އެވެ. ނަމަވެސް، މެޗުގެ ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ބްރެޒިލް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެއީ ކަސެމީރޯ ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން ކަސެމީރޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ގަބްރިއެލް މަގާލައެސް އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރި ފަހުން ބްރެޒިލް އިން ވަނީ ލީޑު ނަގަން ވަރަށް މަސައްކަތް ކޮށްފައި އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބްރެޒިލް މޮޅު ކޮށްދިނީ ގެބްރިއެލް މާޓިނެލީ އެވެ. އެ ލަނޑު ޖަހަން މާޓިނެލީ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރޫނޯ ގިމާރޭސް އެވެ.

ބްރެޒިލް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދިއިރު، އެ ޓީމަކީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލް އަކީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. މުބާރާތުގެ ގަދަ 16 ގައި ބްރެޒިލް ނިކުންނާނީ އައިވަރީ ކޯސްޓް އަދި ނޯވޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. 

ފީފާ ވާރލްޑް ކަޕް 2026ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުޖަޕާން ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

29 ޖޫން 2026

ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅައަށް އައިސްފައިވާ ބަދަލުތައް

29 ޖޫން 2026
ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅައަށް އައިސްފައިވާ ބަދަލުތައް
29 ޖޫން 2026

ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ

29 ޖޫން 2026
ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ
29 ޖޫން 2026

މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ

29 ޖޫން 2026
މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ
29 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް

29 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް
28 ޖޫން 2026

ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!

28 ޖޫން 2026
ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!
28 ޖޫން 2026

ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް

28 ޖޫން 2026
ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް
28 ޖޫން 2026

ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ

28 ޖޫން 2026
ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ
28 ޖޫން 2026

ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް

28 ޖޫން 2026
ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް
27 ޖޫން 2026

މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި

27 ޖޫން 2026
މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި
27 ޖޫން 2026

އަނގަ މަތީ އަތް އެޅުމުން ބެލިންހަމް އަށް ރަތް ކާޑު ނުދައްކައިގެން ބޮޑު ބަހުސެއް އުފެދިއްޖެ

27 ޖޫން 2026
އަނގަ މަތީ އަތް އެޅުމުން ބެލިންހަމް އަށް ރަތް ކާޑު ނުދައްކައިގެން ބޮޑު ބަހުސެއް އުފެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު