Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ

މުބާރާތުގެ ގުރޫޕު ސްޓޭޖް އިން ދެކުނު ކޮރެއާ ކެޓުމާ އެކު، އެ ޤައުމުގެ ރައީސް ލީ ޖޭ މިޔުންގް ވަނީ ޓީމަށް ނާކާމިޔާބީ ކުރިމަތިވި ސަބަބު ތަހުގީގު ކުރުމަށް ގޮވާލައްވާފައި. އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޮންގް ބުނީ، މި ނާކާމިޔާބީގެ ޒިންމާ އޭނާ އުފުލާ ކަމަށާއި، ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2026 | ހޯމަ 08:13
ދެކުނު ކޮރެއާގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އައި ހޮންގް މިޔުންގް ބޯ.

ދެކުނު ކޮރެއާގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އައި ހޮންގް މިޔުންގް ބޯ. | ރޮއިޓާސް

ދެކުނު ކޮރެއާގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އައި ހޮންގް މިޔުންގް ބޯ އެ މަގާމުން އަމިއްލަ އަށް ވަކިވެއްޖެ އެވެ.

ހޮންގް މަގާމުން ވަކިވެފައި ވަނީ، މުބާރާތުގެ ގުރޫޕު ސްޓޭޖް އިން ދެކުނު ކޮރެއާ ކެޓުމާ ގުޅިގެން އޭނާ އަށް އަމާޒު ވަމުން އައި ފާޑު ކިޔުން ތަކުގެ ތެރޭގައި އެވެ. 

މުބާރާތުގެ ގުރޫޕު ސްޓޭޖް އިން ދެކުނު ކޮރެއާ ކެޓުމާ އެކު، އެ ޤައުމުގެ ރައީސް ލީ ޖޭ މިޔުންގް ވަނީ ޓީމަށް ނާކާމިޔާބީ ކުރިމަތިވި ސަބަބު ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ. އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޮންގް ބުނީ، މި ނާކާމިޔާބީގެ ޒިންމާ އޭނާ އުފުލާ ކަމަށާއި، ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

ފީފާގެ ރޭންކިންގައި 32 ވަނައިގައި އޮތް ދެކުނު ކޮރެއާގެ ޓީމުގައި މަޝްހޫރު ކުޅުންތެރިޔާ ސޮން ހިއުންގް މިން ހިމެނޭއިރު، މުބާރާތުގައި އެ ޓީމަށް ލިބުނީ އެންމެ މޮޅެކެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައި އެވެ. ގުރޫޕު އޭގެ ތިން ވަނަ ދެކުނު ކޮރެއާ އަށް ލިބުނީ، މެކްސިކޯ އާއި ދެކުނު އެފްރިކާގެ ފަހަތުންނެވެ. ތިން ވަނައިގައި ހިމެނި މުބާރާތުގެ ދެ ވަނަ ބުރަށް ދިޔުމުގެ ކުޑަ އުންމީދެއް އޮތް ނަމަވެސް، ދެކުނު ކޮރެއާ އަށް ޖެހުނީ ގުރޫޕު ސްޓޭޖުން މުބާރާާތް ނިންމާލާށެވެ. 

ހޮންގް ބުނީ ދެކުނު ކޮރެއާގެ ސަޕޯޓަރުން އުންމީދު ކުރި ނަތީޖާ އޭނާ އަށް ހޯދައި ނުދެވުނު ކަމަށެވެ. ޤައުމީ ޓީމުގެ ކޯޗުގެ މަގާމުން ވަކިވި ނަމަވެސް، ދެކުނު ކޮރެއާގެ ފުޓުބޯޅަ އިން އެއްކޮށް ދުރަށް ނުދާނެ ކަމަށް ހޮންގް ބުންޏެވެ. އަދި އަބަދު ވެސް ޤައުމީ ޓީމަށް ހިތުގެ އެންމެ ފުން މިނުން ތާއީދު ކުރާނެ ކަމަށް ވެސް ހޮންގް ވަނީ ބުނެފައި އެވެ. 

ދެކުނު ކޮރެއާގެ ކޯޗަކަށް ހޮންގް ހަމަޖެއްސިއިރު ވެސް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. އޭނާ އަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަށް ދެކުނު ކޮރެއާ ގެންދިޔަ ޓީމުގެ ކެޕްޓަން އެވެ. 2014 ވަަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ދެކުނު ކޮރެއާ އަށް އިރުޝާދު ދިން ނަމަވެސް، އެ ފަހަރު ވެސް ގުރޫޕް ސްޓޭޖުން ކެޓީ އެވެ. ނަމަވެސް 2024 ވަނަ އަހަރު އަލުން އޭނާ ކޯޗަކަށް ހަމަޖެއްސުމުން ވެސް، ގިނަ ބަޔަކު ނުރުހުން ފާޅު ކުރި އެވެ. 

ފީފާ ވާރލްޑް ކަޕް 2026ދެކުނު ކޮރެއާ ޤައުމީ ފުޓުބޯޅަ ޓީމުހޮންގް މިއުންގް-ބޯ

އިތުރަށް ކިޔާލަން

29 ޖޫން 2026

މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ

29 ޖޫން 2026
މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ
29 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް

29 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް
28 ޖޫން 2026

ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!

28 ޖޫން 2026
ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!
28 ޖޫން 2026

ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް

28 ޖޫން 2026
ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް
28 ޖޫން 2026

ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ

28 ޖޫން 2026
ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ
28 ޖޫން 2026

ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް

28 ޖޫން 2026
ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް
27 ޖޫން 2026

މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި

27 ޖޫން 2026
މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި
27 ޖޫން 2026

އަނގަ މަތީ އަތް އެޅުމުން ބެލިންހަމް އަށް ރަތް ކާޑު ނުދައްކައިގެން ބޮޑު ބަހުސެއް އުފެދިއްޖެ

27 ޖޫން 2026
އަނގަ މަތީ އަތް އެޅުމުން ބެލިންހަމް އަށް ރަތް ކާޑު ނުދައްކައިގެން ބޮޑު ބަހުސެއް އުފެދިއްޖެ
27 ޖޫން 2026

ފުރަތަމަ ފަހަރަށް މިޞްރު ދެ ވަނަ ބުރަށް، ނިއުޒިލެންޑު ބަލިކޮށް ބެލްޖިއަމް އަށް ގުރޫޕުގެ އެއް ވަނަ

27 ޖޫން 2026
ފުރަތަމަ ފަހަރަށް މިޞްރު ދެ ވަނަ ބުރަށް، ނިއުޒިލެންޑު ބަލިކޮށް ބެލްޖިއަމް އަށް ގުރޫޕުގެ އެއް ވަނަ
27 ޖޫން 2026

އުރުގުއޭ ބަލިކޮށް ސްޕެއިން އަށް އެއް ވަނަ، ކޭޕް ވާޑް ވެސް ދެ ވަނަ ބުރަށް

27 ޖޫން 2026
އުރުގުއޭ ބަލިކޮށް ސްޕެއިން އަށް އެއް ވަނަ، ކޭޕް ވާޑް ވެސް ދެ ވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު