Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފައިނޭންޝަލް އެކްސްޕޯ ޕާޓްނަރުން

ޔޫރޯ މަރކެޓިންގ، ފައިނޭންޝަލް އެކްސްޕޯ2026 ގެ ބެވަރޭޖް ޕަރޓްނަރ އަކަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" އަންނަ އަހަރުގެ ޖުލައި 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ތައްޔާރުވެފަ. މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމަށް ބާއްވާ މި މައުރަޒުގައި ޔޫރޯ މަރކެޓިންގ އިން އޮފިޝަލް ބެވަރޭޖް ޕަރޓްނަރުގެ ހައިސިއްޔަތުން ބައިވެރިވެ، ޒިޔާރަތްކުރާ ފަރާތްތަކަށް ލަވާޒާ ބްރޭންޑުގެ ކޮފީގެ ތަަފާތު ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދޭންވަނީ ހަމަޖެހިފަ. މި އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަކަށް.

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 1 ޖުލައި 2026 | ބުދަ 16:25
ޔޫރޯ ސްޓޯރ

ޔޫރޯ ސްޓޯރ | ރާއްޖެއެމްވީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ގެ އޮފިޝަލް ބެވަރޭޖް ޕަރޓްނަރަކަށް ޔޫރޯ މާކެޓިންގ ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގައި ބާއްވާ ގައުމީ ފެންވަރުގެ މާލީ މައުރަޒެއްގައި ޕްރީމިއަމް ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ފަތުރާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔޫރޯ މަރކެޓިންގ އިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މި އަހަރުގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާރކުގައެވެ. "އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން، އެންޑް އިންޓެލިޖެންސް" މި ޝިއާރުގެ ދަށުން ބާއްވާ މި އެކްސްޕޯއަކީ މާލީ ދާއިރާގެ މުހިންމު ފަރާތްތަކާއި، ވިޔަފާރިތަކުގެ އިތުރުން އާންމު ރައްޔިތުން އެއްތަނަކުން ބައްދަލުވެ، މާލީ ދާއިރާއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފަހިކޮށްދޭ މުހިންމު މަންސައެކެވެ.

އެކްސްޕޯގެ އޮފިޝަލް ބެވަރޭޖް ޕަރޓްނަރުގެ ހައިސިއްޔަތުން، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި ޔޫރޯ މަރކެޓިންގ އިން ހާއްސަ ބެވަރޭޖް ތަޖުރިބާއެއް ފޯރުކޮށްދޭނެއެވެ. އެގޮތުން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިޓަލީގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ލަވާޒާގެ ތަފާތު ކޮފީތަކާއި، އެ ކުންފުނީގެ ސިގްނޭޗަރ ކޯލްޑް ބްރޫ ކޮފީ ބޯލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ މައުރަޒުގެ ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއްގައި މައުލޫމާތު ބަދަލުކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ޔޫރޯ މަރކެޓިންގ އިން ހާމަކުރި ގޮތުގައި މިފަދަ ގައުމީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ ބްރޭންޑްތަކާއި ފެންވަރު ރަނގަޅު މެހެމާންދާރީގެ ތެރެއިން ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާ މުއްސަނދިކު ރުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ. އެކްސްޕޯ ކުރިއަށްދާ ވަގުތުތަކުގައި އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަވާޒާ ކޮފީގެ ރަހަތަކާއި އޭގެ ތާރީހާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެ ކުންފުނީގެ ޓީމުން ތިބޭނީ ތައްޔާރަށެވެ.

މި މައުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށާއި، މާލީ ހިދުމަތްތަކަށް އާންމުން ހޭލުންތެރިކުރުވުމަށް އެމްއެމްއޭ އިން ސިލްސިލާކޮށް ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ.

މަސްދަރު: Euro Marketing

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީމޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ޔޫރޯ މަރކެޓިންގލަވާޒާހުޅުމާލެ ސެންޓްރަލް ޕާރކު

އިތުރަށް ކިޔާލަން

27 ޖޫން 2026

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

27 ޖޫން 2026
 ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި
26 ޖޫން 2026

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

26 ޖޫން 2026
މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
18 ޖޫން 2026

ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށްފި

18 ޖޫން 2026
ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށްފި
28 މެއި 2026

އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ

28 މެއި 2026
އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ
09 މެއި 2026

ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް

09 މެއި 2026
ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް
27 އެޕްރީލު 2026

ދަރަނި ނެންގެވުމަށް ފަހު އެކަން އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތް ކުރައްވައިފި

27 އެޕްރީލު 2026
ދަރަނި ނެންގެވުމަށް ފަހު އެކަން އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތް ކުރައްވައިފި
24 އެޕްރީލު 2026

ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި

24 އެޕްރީލު 2026
ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި
31 މާރިޗު 2026

ދިވެހި ރުފިޔާގެ އަގު ހިފެހެއްޓޭނީ އެމްއެމްއޭ މިނިވަންކޮށް އޮވެގެން: ކުރީގެ އިޤްތިސޯދީ ވަޒީރު, އަޙްމަދު މުޙައްމަދު

31 މާރިޗު 2026
ދިވެހި ރުފިޔާގެ އަގު ހިފެހެއްޓޭނީ އެމްއެމްއޭ މިނިވަންކޮށް އޮވެގެން: ކުރީގެ އިޤްތިސޯދީ ވަޒީރު, އަޙްމަދު މުޙައްމަދު
28 މާރިޗު 2026

އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު

28 މާރިޗު 2026
އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު