Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަރަންސީ ސްވޮޕް ދެއްކުން

ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން، ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނޭ. ސަރުކާރުން ފުރަތަމަ ނެގި 400 މިލިއަން ޑޮލަރުގެ ސްވޮޕް އަނބުރާ ދެއްކީ މުއްދަތު އިތުރުކޮށް ނުދިނުމުން.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 24 އެޕްރީލު 2026 | ހުކުރު 08:33
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ).

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ). | ސޯޝަލް މީޑިއާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު ވެފައިވާ "ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީޒް 2024-2027" ގެ ދަށުން، ޔޫއެސް ޑޮލަރު/ޔޫރޯ ސްވޮޕް ވިންޑޯ މެދުވެރިކޮށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދެއްކުމުގެ މުއްދަ އިންޑިއާ ސަރުކާރުން އިތުރުކޮށް ނުދިނުމުން އެބައި ދައްކާ ހަލާސް ކުރުމަށްފަހު 318 މިލިއަން ޑޮލަރުގެ އިތުރު ސްވޮޕެއް ނަގައިފި އެވެ. 

2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެމްއެމްއޭ އިން އަނބުރާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ސަރުކާރުން ބުނީ ބުރާސްފަތި ދުވަހު އެވެ. ސަރުކާރުން ބުނީ އިންޑިއަން ރުޕީސް (އައިއެންއާރް) ސްވޮޕް ވިންޑޯގެ ތެރެއިން 30 ބިލިއަން ރުޕީ ނުވަތަ 4,919,559,066 (ހަތަރު ބިލިއަން ނުވަސަތޭކަ ނަވަރަ މިލިއަން ފަސްލައްކަ ފަންސާން ނުވަހާސް ފަސްދޮޅަސް ހަ ރުފިޔާ) ނެގުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ. 

ފޮރިން މިނިސްޓްރީ ބަޔާނުގައިވާ ގޮތުން ކުރީގެ ސްވޮޕަށް 400 މިލިއަން ޑޮލަރު ދެއްކުމުން އިތުރު ސްވޮޕެއް ދީފައިވަނީ އިންޑިއާ ރުޕީސް އިންނެވެ. މިއީ ޑޮލަރުން ބަލާނަމަ 318 މިލިއަން ޑޮލަރެވެ. 

ސަރުކާރުން ބުނެފައިވަނީ މިއީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް މި 30 ބިލިއަން ރޫޕީގެ ސްވޮޕް ފެސިލިޓީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ. 

މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓަށް އެހީވުމުގެ ގޮތުން ހޯދާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްގެ ތެރެއިން 50 މިލިއަން ޑޮލަރު ސަރުކާރުން މިހާތަނަށް ވަނީ ދައްކާފަ އެވެ.

މި 30 ބިލިއަން ރޫޕީގެ ސްވޮޕް ފެސިލިޓީ ހަމަޖެހިގެން ދިއުމަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް އިންޑިއާގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހިރާއްޖެއިން އެދިފައިވާ އެދުމަށް، އެ ނިޒާމު ހިންގުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެ އެކަމަށް އިންޑިއާ ސަރުކާރުން ލުޔެއް ދީފައި ނުވެ އެވެ. 

ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ރާއްޖެއިން ދާދިފަހުން ވަނީ އިންޑިއާގައި އެދިފައެވެ. ނަމަވެސް، އިންޑިއާ ސަރުކާރުން މި ހުށަހެޅުން ދިރާސާކުރަމުންދާއިރު، އެ ފެސިލިޓީގެ މިހާރުގެ އުސޫލުތަކާއި ޝަރުތުތައް ހުރިގޮތުން އެކަމަށް ހުއްދަ ދިނުމަކީ ވަރަށް ދަތި ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމުގެ ދެ މަރުހަލާގެ ދެމެދުގައި އޮންނަންޖެހޭ މުއްދަތާއި، އެންމެ ގިނަވެގެން މުއްދަތު އިތުރުކުރެވޭނެ އަދަދު ހަމަވެފައިވުން ހިމެނެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީރިޒާވް ބޭންކް އޮފް އިންޑިއާޑރ. މުޙައްމަދު މުޢިއްޒުރާއްޖެ-އިންޑިއާސާކް

ކޮމެންޓް

އިތުރަށް ކިޔާލަން

 18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.

18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.

23 އެޕްރީލު 2026
ރައީސް މުއިއްޒު އަތޮޅުތަކުގައި އަޅާ 40،000 ހައުސިންގ ޔުނިޓުގެ ވައުދުފުޅެއް ހައުސިންގ މިނިސްޓަރު ހަނދާނެއް ނެތް

ރައީސް މުއިއްޒު އަތޮޅުތަކުގައި އަޅާ 40،000 ހައުސިންގ ޔުނިޓުގެ ވައުދުފުޅެއް ހައުސިންގ މިނިސްޓަރު ހަނދާނެއް ނެތް

23 އެޕްރީލު 2026
މާރުކޭޓް ހުސް ނުކުރެވުނީ މަގު ހެދުމުގެ ޕްލޭން ކުއްލިއަކަށް ބަދަލުކޮށް 2 ހަފްތާ ތެރޭ ތަން ހުސްކުރަން އެންގުމުން، ރައީސް ހައްދަވަނީ އިތުރުފުޅެއް: އާޒިމް

މާރުކޭޓް ހުސް ނުކުރެވުނީ މަގު ހެދުމުގެ ޕްލޭން ކުއްލިއަކަށް ބަދަލުކޮށް 2 ހަފްތާ ތެރޭ ތަން ހުސްކުރަން އެންގުމުން، ރައީސް ހައްދަވަނީ އިތުރުފުޅެއް: އާޒިމް

23 އެޕްރީލު 2026
ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

22 އެޕްރީލު 2026
ފިޔަވަޅުނާޅާނަމޭ ބުނެ، ނާޅާ ކެތެއް ހަމަ ނުވީ އެވެ.

ފިޔަވަޅުނާޅާނަމޭ ބުނެ، ނާޅާ ކެތެއް ހަމަ ނުވީ އެވެ.

22 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު