Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު

ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވީ، އިންތިޚާބަށްފަހު ތެލުގެ އަގު ބޮޑުވެ، ރަށްރަށުން ކަރަންޓު ކަނޑަން ފަށާނެ ކަމަށް. މީގެ އިތުރުން ޣަފޫރު ވިދާޅުވީ މިސަރުކާރުން މިގައުމު ފަސާދަކޮށް، ހަލާކުކޮށް، ވައްކަމުގެ ހާއްޔަކަށް ބަދަލު ކޮށްފައިވާ ކަމަށް. އަދި މިހާލަތުގައި ރިފެރެންޑަމް ވޯޓެއް ނަގަނީ ރައްޔިތުންގެ ބާރު އެކުއެކީގައި ނިގުޅައިގަތުމަށް ކަމަށާއި، މިވޯޓަށް ފާޅުގައި ރައްޔިތުން ނުކުމެ ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 މާރިޗު 2026 | ހޮނިހިރު 11:10
ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވާހަކަ ދައްކަވަނީ. | އެމްޑީޕީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަކް ކަމަށާއި، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ވެސް ކަނޑަން ފަށާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވާ ޣަފޫރު ވިދާޅުވީ، ފެހި ގާނޫނު އަސާސީއާއެކު ރާއްޖޭގެ ވެރިކަމަށް އައި އެއްވެސް ސަރުކާރަކަށް ބަޖެޓު ނުދޭ މިންވަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޮޑު ބަޖަޓެއް ދީފައިވާ ކަމަށާއި، ނަމަވެސް ރައްޔިތަކަށް އަދި ރަށަކަށް ވެސް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ބަޖެޓު ހުސްވެފައިވާ ކަމަށާއި، ފާޅުގައި މުޅި ދައުލަތުން ވައްކަން ކުރަމުންދާ ކަމަށް ގަފޫރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވައްކަން ކުރުމަކީ ޕީއެންސީގެ ސަރުކާރުގެ އިސް ބޭފުޅުންގެ ޑީއެންއޭގައި ހަރުލާފައިހުރި ކަމެއް ކަމަށާއި، އެ ރޮނގުން އެބޭފުޅުންނަށް ޕީއެޗްޑީ ލިބޭނެ ކަމަށެވެ. 

މެދުއިރުމަތީގެ ހަނގުރާމައަށް އިޝާރާތް ކުރައްވައި ޣަފޫރު ވިދާޅުވީ ހަރުދަނާ އެއްވެސް ފިޔަވަޅެއް މިހާރު ނޭޅި ނަމަވެސް އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބު ތަކަށް ފަހު ރައްޔިތުންނަށް ދަތި ކުރާނެ ކަމަށާއި، ހުރިހާ ރަށަކުން ކަރަންޓު ވެސް ކަނޑާނެ ކަމަށެވެ. އަދި ސެންޓަރަލް ބޭންކުގައި ފައިސާއެއް ނެތް ކަމަށާއި، ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރަބޮލަކް ކަމަށެވެ. 

ދައުލަތުގެ ހުރިހާ ފައިސާއެއް ހުސްވެއްޖެ. ސެންޓްރަލް ބޭންކުގެ ތިޖޫރީގައި ދެ ޕެކެޓް ކަރުބޮލަކު ނޫން އެހެން އެއްޗެއް ނެތް. ސެންޓްރަލް ބޭންކުގެ ތިޖޫރީގައި ދެ ޕެކެޓު ކަރުބޮލަކު ނޫން އެހެން އެއްޗެއް ނެތް. ތިބޭފުޅުން އަޅުގަނޑު މިހެން ބުނީތި އަޑުއަހަން ތިބޭ. އެޕްރީލު މަހުގެ ހަތަރު ވަނަ ދުވަހަށް ފަހު މި ގައުމުގައި ހުރިހާ ރަށަކުން، މި ފުވައްމުލައް ވެސް ހިމެނޭ ގޮތަށް ކަރަންޓު ކަނޑަން ފަށްޓާނީ. މިއަދު ވެސް މި ގައުމުގައި 30 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އެ ދަނީ. ވޯޓަށް ޓަކައި ބައެއް ތަންތަނުގައި އަގުހެޔޮކޮށް އެ ދެނީ. ހަމަ 4 ވަނަ ދުވަހަށް ފަހު ހުރިހާ ތަނެއްގައި ޕެޓްރޯލުގެ އަގު ބޮޑުވެގެންދާނެ.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ)

މީގެ އިތުރުން ޣަފޫރު ވިދާޅުވީ މިސަރުކާރުން މިގައުމު ފަސާދަކޮށް، ހަލާކުކޮށް، ވައްކަމުގެ ހާއްޔަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި މިހާލަތުގައި ރިފެރެންޑަމް ވޯޓެއް ނަގަނީ ރައްޔިތުންގެ ބާރު އެކުއެކީގައި ނިގުޅައިގަތުމަށް ކަމަށާއި، މިވޯޓަށް ފާޅުގައި ރައްޔިތުން ނުކުމެ ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޣަފޫރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ބިރު ނުދެއްކޭނެ ކަމަށާއި، ބިރު ދައްކާ ބޭފުޅުންނަށް މާދަމާ އޮންނާނީ ޖަލު ކަމަށެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަބްދުލްޣަފޫރު މޫސާއެމްޑީޕީބަޖެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

28 މާރިޗު 2026
ރައީސް ސޯލިހު ރައްޔިތުންނަށް ވިދާޅުވެދެއްވީ އިންތިޚާބުގައި ޕީއެންސީ އަށް ނޫނެކޭ ބުނުމަށްޓަކައި ވިސްނަން ޖެހޭ 3 ކަމެއް

ރައީސް ސޯލިހު ރައްޔިތުންނަށް ވިދާޅުވެދެއްވީ އިންތިޚާބުގައި ޕީއެންސީ އަށް ނޫނެކޭ ބުނުމަށްޓަކައި ވިސްނަން ޖެހޭ 3 ކަމެއް

28 މާރިޗު 2026
19 ވަނަ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ، އެކަމަކު ރައީސާއި ޕާޓީ އަށް ފަސޭހަކުރަން ގާނޫނު އަސާސީ ބަދަލެއް ނުކުރޭ: ކުރީގެ ނައިބު ރައީސް ފައިސަލް

19 ވަނަ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ، އެކަމަކު ރައީސާއި ޕާޓީ އަށް ފަސޭހަކުރަން ގާނޫނު އަސާސީ ބަދަލެއް ނުކުރޭ: ކުރީގެ ނައިބު ރައީސް ފައިސަލް

27 މާރިޗު 2026
އެމްޑީޕީގެ ސިޔާސަތު ޖަލްސާގެ ތެރެއިން މައި ސަރުކާރަށް ކުޅުދުއްފުށީ ރައްޔިތުން ބިންދާލީ ރީނދޫ ރާޅެއް

އެމްޑީޕީގެ ސިޔާސަތު ޖަލްސާގެ ތެރެއިން މައި ސަރުކާރަށް ކުޅުދުއްފުށީ ރައްޔިތުން ބިންދާލީ ރީނދޫ ރާޅެއް

27 މާރިޗު 2026
ފުވައްމުލަކު ސިޓީ އިން ރައީސް ސޯލިހް އާއި އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާ އެއް

ފުވައްމުލަކު ސިޓީ އިން ރައީސް ސޯލިހް އާއި އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާ އެއް

27 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު