Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު އެމް.އެމް.އޭ

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާތީ، ބޭސްފަރުވާއާއި ތައުލީމު ފަދަ ޒަރޫރީ ބޭނުންތަކަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރުމަށް މަރުކަޒީ ބޭންކުން ވަނީ ނިންމާފަ. މި ފިޔަވަޅާއެކު ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ފަސޭހަވެގެންދާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން ކުރިއަށް އޮތް ތިން މަސްދުވަހަށް ގެނައި ބަދަލެއް. ނަމަވެސް، ފޮރިން އެކްސްޗޭންޖް މާކެޓަށް ދާއިމީ ހައްލެއް ލިބޭނީ ފަތުރުވެރިކަމުން ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެގެން ކަމަށް މާހިރުން ފާހަގަކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 27 ޖޫން 2026 | ހޮނިހިރު 11:46
އެމް.އެމް.އޭ

އެމް.އެމް.އޭ | އެމްއެމްއޭ

ރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމް.އެމް.އޭ) އިން ވިޔަފާރި ބޭންކުތަކަށް ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރުމަށް ނިންމައިފިއެވެ.

މި ނިންމުމާ ގުޅޭގޮތުން އެމް.އެމް.އޭ އިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތިން މަސްދުވަހަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރަން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެންނެވެ. މިއީ ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު މަދުވި ނަމަވެސް، ބޭސްފަރުވާ އާއި، ތައުލީމާއި، ރެމިޓެންސް އަދި ޒަރޫރީ ބޭނުންތަކަށް ޑޮލަރަށް އޮތް ޑިމާންޑް މަތިވުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އެމް.އެމް.އޭ އިން ބުނި ގޮތުގައި މި ފިޔަވަޅުގެ މަގްސަދަކީ ބޭންކިން ނިޒާމުގެ ތެރޭގައި ޑޮލަރު ލިބުން ދަތިވެފައިވާ މިންވަރު ކުޑަކޮށް، އިސްކަންދޭންޖެހޭ ކަންކަމަށް ބޭރު ފައިސާ ލިބުން ފަސޭހަކޮށްދިނުމެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބޭންކުތައް މެދުވެރިކޮށް ޑޮލަރު ވިއްކި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، ބޭސްފަރުވާ އާއި ތައުލީމީ ބޭނުންތަކަށް ވިއްކި ޑޮލަރުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައިވާއިރު، ވިޔަފާރިތަކަށާއި އާންމު ބޭނުންތަކަށް ވިއްކި ޑޮލަރުގެ މިންވަރު ވަނީ 72 އިންސައްތަ އިތުރުވެފަ އެވެ.

ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރި ނަމަވެސް، ޑޮލަރު ވަންނަ މިންވަރު ދަށްވުމުގެ ސަބަބުން ސަޕްލައި އާއި ޑިމާންޑުގެ ދެމެދުގައި އޮތް ފަރަގު ވަނީ ބޮޑުވެފަ އެވެ. މީގެ އަސަރު ކަޅު ބާޒާރަށްވެސް ކޮށްފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއަށްވުރެ މައްޗަށް އަރާފަ އެވެ.

މިދިޔަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ކުޑަކޮށްފަ އެވެ. ނަމަވެސް، އެ ބޭންކުން ފަހުން ބުނެފައިވަނީ މިމަސް ނިމުމުގެ ކުރިން އެ ލިމިޓްތަކަށް ލުޔެއް ދޭނެ ކަމަށެވެ.

އެމް.އެމް.އޭ އިން ވަނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 72 މިލިއަން ޑޮލަރު އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 78 މިލިއަން ޑޮލަރު ބޭންކުތަކަށް ދޫކޮށްފަ އެވެ. މިހާރު ގެނައި ބަދަލާއެކު ބޭންކުތަކަށާއި ކަސްޓަމަރުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، ފޮރިން އެކްސްޗޭންޖްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެން ކަމަށް މާހިރުން ލަފާކުރެ އެވެ.

ފޮރިން އެކްސްޗޭންޖް ގާނޫނުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީރާއްޖޭގެ ބޭންކުތައްފަތުރުވެރިކަންބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އިތުރަށް ކިޔާލަން

27 ޖޫން 2026

ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު

27 ޖޫން 2026
ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް  އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު
26 ޖޫން 2026

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

26 ޖޫން 2026
މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް
25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
23 ޖޫން 2026

އެމްއައިބީގެ ޑޮލަރު ލިމިޓް ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭ ގޮތް ހަދައިފި

23 ޖޫން 2026
އެމްއައިބީގެ ޑޮލަރު ލިމިޓް ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭ ގޮތް ހަދައިފި
22 ޖޫން 2026

ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް

22 ޖޫން 2026
ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް
20 ޖޫން 2026

މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވޭތީ ގެސްޓްހައުސްތަކުން ޚިދުމަތް ނުދެވިފައި

20 ޖޫން 2026
މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވޭތީ ގެސްޓްހައުސްތަކުން ޚިދުމަތް ނުދެވިފައި
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
19 ޖޫން 2026

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތަށް އަނބުރާ ހަވާލުކުރާއިރު މުދަލަށް އަގުދޭ އުސޫލު އާންމުކޮށްފި

19 ޖޫން 2026
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތަށް އަނބުރާ ހަވާލުކުރާއިރު މުދަލަށް އަގުދޭ އުސޫލު އާންމުކޮށްފި
18 ޖޫން 2026

ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށްފި

18 ޖޫން 2026
ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށްފި
14 ޖޫން 2026

ޑޮލަރު ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!

14 ޖޫން 2026
ޑޮލަރު ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު