Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢީދު ހަވީރު 1447

އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ

އަޟްޙާ ޢީދުގެ މުނާސަބަތުގައި "ޢީދު ހަވީރު 1447" ގެ ނަމުގައި ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތައް މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ފަށައިފި. އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރުގެ 11 ކުންފުންޏަކުން ބައިވެރިވާ މި ހަރަކާތްތަކުގައި ސިފައިންގެ އުޅަނދުތަކާއި ހަތިޔާރު ދައްކާލުމާއި، ރެޕަލިންގ އަދި ކުޑަކުދިންނަށް ޚާއްޞަ ތަފާތު ކުޅިވަރުތައް ކުރިއަށްދާނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މެއި 2026 | ބުރާސްފަތި 05:16
އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447"

އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" | އެމްއެންޑީއެފް

މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކުޅިވަރުތައް، ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 11 އެސްއޯއީއަކުން ބައިވެރިވެފައިވެއެވެ. ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ދާނީ، "ޢީދު ހަވީރު" އޮންނަ ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން 18:00އަށެވެ.

މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ބުދަ ދުވަހުން ފެށިގެން ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. މިގޮތުން، މި ސަރަހައްދުގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިންގ ކުރުން، އަދި ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

ހުޅުމާލޭގައި ވެސް ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ  ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ. 

ފޭސް2ގެ ހިޔާޕާކުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ރެޕަލިންގކުރުމާއި، ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑަރއަށް އެރުން ފަދަ ހަރަކާތްތައް ހިމެނެއެވެ.

ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، ވެސް މި މަހުގެ 30އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ "ޢީދު ހަވީރު"ގައި އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ޙަރަކާތްތައް އިންތިޒާމް ކުރެވޭނެއެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ، އެފްޑީސީ، އަދި ޕީއެސްއެމް ހިމެނެއެވެ.

އަޟްހާ އީދުއީދު ހަވީރު 1447ގްރޭޓަރ މާލޭގައުމީ ދިފާއި ބާރުސަލްޓަން ޕާކު ހުޅުމާލެ ސެންޓްރަލް ޕާކު

އިތުރަށް ކިޔާލަން

27 މެއި 2026

ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި

27 މެއި 2026
ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި
27 މެއި 2026

ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

27 މެއި 2026
  ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި
27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
27 މެއި 2026

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

27 މެއި 2026
ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު