Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ވީއޭއާރުން ޖަރުމަނު ވޯލްޑްކަޕުން ކަޓުވާލީ؟ އެއީ "ލަދުވެތި" ކަމެއް!

ވޯލްޑް ކަޕްގައި ޕެރަގުއޭއާ ދެކޮޅަށް ޖަރުމަނުން ޖެހި ލަނޑެއް ވީއޭއާރް މެދުވެރިކޮށް ބާތިލުކުރުމުން، އެ ނިންމުމަށް ފުޓްބޯޅަ ތަޖުރިބާކާރުންނާއި ޖަރުމަނުގެ ކޯޗު ވަރަށް ބޮޑަށް ފާޑުކިޔައިފި. ޕެރަގުއޭގެ ކީޕަރަށް ފައުލްކުރި ކަމަށް ނިންމައި ރެފްރީ އެ ލަނޑު ގަބޫލުނުކުރުމަކީ "ޖޯކެއް" ކަމަށް ކޯޗު ނާގަލްސްމަން ބުނެފައިވާއިރު، އެލަން ޝިއަރާ ވަނީ އެއީ ކީޕަރު ރެފްރީއަށް އޮޅުވާލައިގެން ނިންމި ލަދުވެތި ނިންމުމެއްގެ ގޮތުގައި ސިފަކޮށްފަ. މި މެޗުން ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ މޮޅުވިއިރު، ޔާގަން ކްލޮޕް ފަދަ ތަޖުރިބާކާރުން ވެސް ވަނީ އެއީ ގޯސް ނިންމުމެއް ކަމަށް ބުނެފައި.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 09:24
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި، ޖަރުމަނާއި ޕެރަގުއޭ ބައްދަލުކުރި މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި، ޖަރުމަނުގެ ނިކް ވޮލްޓެމޭޑް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވުމުން އޭނާ މާޔޫސްވެފައި ހުރި މަންޒަރު.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި، ޖަރުމަނާއި ޕެރަގުއޭ ބައްދަލުކުރި މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި، ޖަރުމަނުގެ ނިކް ވޮލްޓެމޭޑް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވުމުން އޭނާ މާޔޫސްވެފައި ހުރި މަންޒަރު. | ގެޓީ އިމޭޖަސް

ވޯލްޑް ކަޕްގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ 12 ވަނަ މިނެޓުގައި، ޖަރުމަނުގެ ޑިފެންޑަރު ޖޮނަތަން ޓާ ބޮލުން ޖަހައި ލަނޑެއް ކާމިޔާބުކޮށް 2-1 އިން ޓީމު ކުރިއަށް ޖައްސައިދިނުމުން، ޖަރުމަނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމަށް ހީވި އެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އެ ނިންމުމުގެ ތެރެއަށް ވަދެފަ އެވެ.

ޕެރަގުއޭގެ ގޯލްކީޕަރު އޯލަންޑޯ ގިލްއަށް ހުރަސްއެޅުމެއް ނެތި، ޓާ ވަނީ ގޯލުގެ ފަހަތު ދަނޑި ކައިރިން މައްޗަށް އަރައި ވަރަށް ބާރުގަދަ ހެޑަރަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. އެހެންނަމަވެސް، އެ ލަނޑު ޖެހުމުގެ ސިކުންތުކޮޅެއް ކުރިން ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އެ ލަނޑު ގަބޫލުނުކުރަން ނިންމިއިރު، އިނގިރޭސިވިލާތުގެ ކުރީގެ ކެޕްޓަން އެލަން ޝިއަރާ ވަނީ އެއީ "ލަދުވެތި" ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ކޯނަރު ނެގި ވަގުތު، ޖަރުމަނުގެ ވަލްޑެމާ އެންޓަން، ކީޕަރު ގިލްއަށް ހުރަސްއެޅި ކަމަށް ނިންމާފައިވެ އެވެ. ޓާ ބޮލުން ޖެހި ބޯޅަ ދިފާއުކުރަން މަސައްކަތް ކުރުމުގެ ކުރިން ކީޕަރު ވަނީ ދަނޑުމައްޗަށް ވެއްޓިފަ އެވެ.

ވީއޭއާރްގެ ލަފާގެ މަތިން ރެފްރީ ޖަލާލް ޖައިދު ދަނޑު އަރިމަތީގައި ހުރި މޮނިޓަރު ބެލުމަށްފަހު އެ ލަނޑު ގަބޫލުނުކުރަން ނިންމުމުން، ބީބީސީ ވަންގައި ވާހަކަދައްކަމުން ޝިއަރާ ބުނީ ޕެރަގުއޭގެ ކީޕަރު ރެފްރީއަށް "އޮޅުވާލީ" ކަމަށެވެ.

ޝިއަރާ އިތުރަށް ބުނީ، "އަހަރެން އެ ނިންމުމާ އެއްގޮތަކަށްވެސް އެއްބަހެއް ނޫން. ކީޕަރު އެ ވެއްޓުނީ ވަރަށް ކުޑަ ކުޑަ ބީހުމަކުން، އެއީ ވަރަށް ފީކަޅާ ނިންމުމެއް. އަހަރެން ދެކޭގޮތުގައި އެއީ ވަރަށް ގޯސް ނިންމުމެއް. މިއީ ކުޅުންތެރިންގެ ގައިގައި ޖެހިގެން ކުޅޭ ކުޅިވަރެއްކަން ދަންނަންޖެހޭނެ. ކީޕަރު އެވަނީ ރެފްރީއާއި ވީއޭއާރްއަށް އޮޅުވާލާފައި. އޭނާ ވެއްޓުނު ގޮތް ވަރަށް ލަދުވެތި،" ކަމަށެވެ.

މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 4-3 އިން ޕެރަގުއޭ މޮޅުވުމާ ގުޅިގެން، ޖަރުމަނުގެ ހެޑް ކޯޗު ޖޫލިއަން ނާގަލްސްމަން ވަނީ ގަބޫލުނުކުރި ލަނޑާ މެދު ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.

ނާގަލްސްމަން ބުނީ، "އަހަރެންގެ ނަޒަރުގައި އެއީ ފައުލެއް ނޫން. އެ ލަނޑު ގަބޫލުނުކުރުމަކީ ހަގީގަތުގައި ޖޯކެއް،" ކަމަށެވެ.

އެ ލަނޑު ގަބޫލުނުކުރުމުން ނުރުހުން ފާޅުކުރުމުގެ ސަބަބުން ނާގަލްސްމަންއަށް ރީނދޫ ކާޑެއް ދައްކާފައިވާއިރު، އޭނާގެ މުސްތަގުބަލާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އާސެނަލްގެ 60 އިންސައްތަ ލަނޑަކީ އެފަދަ ލަނޑުތައް - ކްލޮޕް

ވޯލްޑް ކަޕްގެ ދުވަސްވަރު ޖަރުމަނުގެ ޓީވީއަކަށް މަސައްކަތްކޮށްދެމުންދާ ލިވަޕޫލްގެ ކުރީގެ މެނޭޖަރު ޔާގަން ކްލޮޕް ވަނީ، ޓާގެ އެ ލަނޑަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލްއިން މި ސީޒަނުގައި ޖެހި ގިނަ ލަނޑުތަކާ އެއްގޮތް ލަނޑެއް ކަމަށް ބުނެފަ އެވެ.

މެޖެންޓާ ޓީވީއަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ، "އެއީ ގަވާއިދާ ހިލާފު ލަނޑެއް ކަމަށްވާނަމަ، އާސެނަލްއަށް އިނގިރޭސި ޗެމްޕިއަންކަން ނުލިބޭނެ. އެމީހުންގެ 60 އިންސައްތަ ލަނޑަކީ އެގޮތަށް ޖަހާފައިވާ ލަނޑުތައް. ބޯޅަ ގޯލަށް ވަނުމުން އަހަރެމެން (ޖަރުމަނު) މެޗުން މޮޅުވީސް. އެހެންކަމުން މިއީ ހަގީގަތުގައިވެސް ވަރަށް ހިތްދަތި ނިންމުމެއް،" ކަމަށެވެ.

މެޗު އަލުން ފެށުމާއެކު، ޕްރިމިއާ ލީގުގެ ކުރީގެ އެސިސްޓަންޓް ރެފްރީ ޑަރެން ކޭން ވެސް ވަނީ އެ ނިންމުމާ މެދު އޭނާގެ ހިޔާލު ފާޅުކޮށްފަ އެވެ.

ބީބީސީ ވަންގައި ވާހަކަދައްކަމުން ކޭން ބުނީ، "އަހަރެންގެ ނަޒަރުގައި މިއީ ވަރަށް ބަލިކަށި ނިންމުމެއް. ނަމަވެސް މި މުބާރާތުގައި މިހާތަނަށް ފެނިފައިވާ ކަންކަމަށް ބަލާއިރު، އެ ލަނޑު ގަބޫލުނުކުރުމަކީ އަހަރެން ހައިރާންވާނެ ކަމެއް ނޫން. ވަރަށް ކުދިކުދި ކަންކަމާ ހުރެ ދެތިން ލަނޑެއް މިހާރުވެސް ވަނީ ބާތިލުކޮށްފައި. މިއީ މާ ބޮޑު ކަމެއް ނޫން. ކީޕަރަށް ކުޑަ ހުރަހެއް އެޅުނު ނަމަވެސް، އަހަރެން ދެކޭގޮތުގައި އެއީ ލަނޑު ބާތިލުކުރަން ފުދޭވަރުގެ ކަމެއް ނޫން. އަހަރެމެން ގަބޫލުކުރަނީ އެ ލަނޑު ބާތިލުކޮށްގެން ނުވާނެ ކަމަށް،" ކަމަށެވެ.

ބޮސްޓަންގައި ހުރެ ބީބީސީ ރޭޑިއޯ 5 ލައިވްއަށް މައުލޫމާތު ދެމުން، ސްކޮޓްލޭންޑްގެ ކުރީގެ ވިންގަރ ޕެޓް ނެވިން ވެސް ބުނީ އެއީ ލަނޑު ބާތިލުކުރަން ޖެހޭ ފަދަ ސާފު ފައުލެއް ނޫން ކަމަށެވެ.

އޭނާ ބުނީ، "އެތަނުގައި އޮތީ ހަލަބޮލިކަމެއް. ހުރަސްއެޅުމެއް ފެނުނު - އެކަމުގެ އަސަރު ކީޕަރަށް ކުރިތަ؟ ހީވަނީ އެހެން. އެކަމަކު މިއީ ކޮންމެ މީހަކަށް ތަފާތުކޮށް ފެނިދާނެ ނިންމުމެއް. އެއީ ސާފުކޮށް އެނގެން އޮތް ކަމެއް ނޫން،" ކަމަށެވެ.

ވޯލްޑް ކަޕްޖަރުމަން-ޕެރަގުއޭހޫލިއަން ނާގަލްސްމަންފުޓްބޯޅަ

އިތުރަށް ކިޔާލަން

30 ޖޫން 2026

ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!

ޖަރުމަނު ކެޓި މެޗަށް ފަހު ނާގަލްސްމަން ބުނީ، އޭނަ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް. އަދި ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން 2028 ވަނަ އަހަރާ ހަަމައަށް އޭނާ ހުންނަން ބޭނުންވާ ނަމަ، މަގާމުގައި ދެމި ހުންނާނެ ކަމަށް ނާގަލްސްމަން ބުނި. ނަމަވެސް، އެސޯސިއޭޝަން އިން އެގޮތް ބޭނުން ނުވާ ނަމަ މަގާމުން ދުރަށް ދާނެ ކަމަށް ނާގަލްސްމަން ވަނީ ބުނެފައި.

30 ޖޫން 2026
ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!
29 ޖޫން 2026

ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސައުދީ އަރަބިއްޔާ ކަޓައި، ކުރިމަތިވި ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އުފުއްލަވައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު އަލް މިސެހަލް މަގާމުން އިސްތިއުފާ ދެއްވައިފި. ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަމުން އޭނާ ވިދާޅުވީ، ޒިންމާދާރުވުމުގެ ގޮތުން އާ ބޯޑަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާތީ އާ އިންތިޚާބެއް ބޭއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް.

29 ޖޫން 2026
ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
29 ޖޫން 2026

އަލްޖީރިއާ އާއި އޮސްޓްރިއާ މެޗް އެއްވަރުވުން - ރޭވުމެއްތަ؟

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަލްޖީރިއާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެ، ދެ ގައުމު ވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި. މި ނަތީޖާއާއެކު އީރާން މުބާރާތުން ކަޓާފައިވާއިރު، މިއީ އެ ދެ ގައުމު ގުޅިގެން ކުރިން ރޭވުމެއްގެ ދަށުން ނެރުނު ނަތީޖާއެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުން. ނަމަވެސް ދެ ޓީމުގެ ކޯޗުން ވަނީ އެ ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކޮށް، މިއީ ފޯރިގަދަ އަދި އިންސާފުވެރި މެޗެއް ކަމަށް ބުނެފައި.

29 ޖޫން 2026
އަލްޖީރިއާ އާއި އޮސްޓްރިއާ މެޗް އެއްވަރުވުން - ރޭވުމެއްތަ؟
29 ޖޫން 2026

ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި

މުބާރާތުން ކެޓުމުގެ ޒިންމާ އުފުލައި ކޯޗު އިސްތިއުފާ ދިންއިރު، ދެކުނު ކޮރެއާގެ ރައީސް ވަނީ ކުޅިވަރުގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް މިފަދަ ނަތީޖާއެއް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ މިނިސްޓްރީއަށް އަންގަވާފައި. މި މައްސަލައިގައި ރައްޔިތުންނަށް ލިބުނު މާޔޫސްކަމަށްޓަކައި ރައީސް މާފަށް އެދިވަޑައިގެންފައިވާއިރު، ގައުމީ ޓީމުގެ ނަތީޖާތަކާ މެދު އާންމުންނާއި މީޑިއާގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ

29 ޖޫން 2026
ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި
28 ޖޫން 2026

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެން ފިޔާތޮށި ބޫޓަށް އަރައިގެން މިއުޅެނީ ކީއްވެ؟

މިފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ފަދަ ތަރިން ފިޔާތޮށި ކުލައިގެ ބޫޓު ބޭނުންކުރަމުންދާއިރު، މިއީ ދަނޑުމަތީގައި ކުޅުންތެރިން ފާހަގަކޮށްލެވޭ މިންވަރު އިތުރުކުރުމަށް ބްރޭންޑްތަކުން ގެންގުޅޭ މާކެޓިންގް އުކުޅެއް. ކަޅާއި ހުދު ކުލައިގެ ބޫޓުތަކުގެ ބަދަލުގައި ކުލަގަދަ ބޫޓުތަކަށް އޮތް ޝައުގުވެރިކަން އިތުރުވުމާ ގުޅިގެން، ބާޒާރުގައި މިހާރު އެންމެ ޑިމާންޑް ބޮޑީވެސް މި ކުލައިގެ ބޫޓުތައް.

28 ޖޫން 2026
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެން ފިޔާތޮށި ބޫޓަށް އަރައިގެން މިއުޅެނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު