Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް

ޕާކިސްތާނު މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ގަތަރުގައި ހުރި އީރާނުގެ 12 ބިލިއަން ޑޮލަރުގެ ތެރެއިން 6 ބިލިއަން ޑޮލަރު މިނިވަންކުރަން ނިންމާފައިވާކަން ރައީސް މަސްއޫދު ޕެޒެޝްކިއަން ހާމަކުރައްވައިފި. މި ފަހުމުނާމާގެ ދަށުން ތެލާއި ޕެޓްރޯކެމިކަލް އުފެއްދުންތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހަނގުރާމަތައް ހުއްޓާލުމަށާއި ކަނޑުގެ ބްލޮކޭޑްތައް ނައްތާލުމަށް ވަނީ ހިމަނާފައި.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 19:13
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ޕްރެޒިޑެންޓް.އައިއާރު

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ (އެމްއޯޔޫ) ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު މިނިވަންވެ، އަނބުރާ ލިބޭނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ރައީސް ޕެޒެޝްކިއަން ވިދާޅުވީ، ރޭވިފައިވާ ގޮތުގެ މަތިން ގަތަރުގައި ހުރި އީރާނުގެ ޖުމްލަ 12 ބިލިއަން ޑޮލަރުގެ ތެރެއިން 6 ބިލިއަން ޑޮލަރު މިނިވަންކޮށް، ގައުމަށް އަނބުރާ ގެނެވޭނެ ކަމަށެވެ.

އަދި ބާކީ ހުރި ފައިސާ އަނބުރާ ހޯދުމަށްޓަކައި ކުރަންޖެހޭ "މުހިންމު ފޮލޯ-އަޕްތައް" ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.

އީރާނާއި އެމެރިކާއާ ދެމެދު ވެވުނު މި ފަހުމުނާމާއަކީ "އީރާނުގެ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް" ކަމަށް ސިފަކުރައްވަމުން، މި އެއްބަސްވުމުގެ ދަށުން ތެލާއި ޕެޓްރޯކެމިކަލް އުފެއްދުންތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައިވާ ކަމަށް ވެސް ޕެޒެޝްކިއަން ވިދާޅުވި އެވެ.

މީގެ އިތުރުން އީރާނުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ޒަޔަނިސްޓް ރެޖީމުން (އިސްރާއީލް) އަދި ރަސްކަމުގެ ނިޒާމަށް ތާއީދުކުރާ ބައެއް ފަރާތްތަކުން މި އެއްބަސްވުމާ ދެކޮޅު ހެދި ނަމަވެސް، އެމެރިކާއިން ވަނީ އެ އެއްބަސްވުން ގަބޫލުކުރުމަށް އިސްރާއީލަށް މަޖުބޫރުކޮށްފަ އެވެ.

ޖުލައި މަހުގެ 18 ވަނަ ދުވަހު ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި 14 ނުކުތާގެ މި ފަހުމުނާމާގައި، ލުބުނާން ހިމެނޭހެން ހުރިހާ މައިދާނެއްގައި ކުރިއަށްދާ ހަނގުރާމަތައް ދާއިމީކޮށް ހުއްޓާލުމަށާއި، 30 ދުވަހުގެ ތެރޭގައި އީރާނަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދު އުވާލުމަށާއި، ހުރްމުޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުފަހަރު ދަތުރުފަތުރުކުރުން އަލުން އިއާދަކުރުމަށް ވަނީ ގޮވާލާފަ އެވެ.

މި ފަހުމުނާމާގެ ދަށުން، ފުރިހަމަ ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި 60 ދުވަހުގެ މަޝްވަރާގެ މުއްދަތެއް މިހާރު ވަނީ ފެށިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެ ގައުމުގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޕާކިސްތާނު މެދުވެރިވެގެން ވެވުނު މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ދޫކުރާ ފައިސާ ބޭނުންކުރާނީ އެމެރިކާގެ ދަނޑުވެރިންގެ އަތުން ގޮދަން އަދި ސޯޔާބީން ގަތުމަށެވެ.

އީރާނަށް ސީދާ އެއްވެސް ނަގުދު ފައިސާއެއް ނުލިބޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އެ ފައިސާ ދާނީ އެމެރިކާގެ ދަނޑުވެރިންނަށް ކަމަށާއި، އެއީ އީރާނަށް ކުރިމަތިވެފައިވާ "ބަނޑުހައިހޫނުކަމުގެ މައްސަލަ" ހައްލުކުރުމަށް ކުރާ ކަމެއް ކަމަށެވެ.

ނަމަވެސް، އީރާނުގެ އިސް މަޝްވަރާވެރިޔާ މުހައްމަދު ބާގިރު ގާލިބާފް ވަނީ ބުރާސްފަތި ދުވަހު އެމެރިކާގެ މި ވާހަކަތައް ދޮގުކުރައްވާފަ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި އޭނާ ލިޔުއްވާފައިވަނީ، މިނިވަންކުރާ އީރާނުގެ ފައިސާއިން އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނާނެ ކަމަށް ބުނެ އެމެރިކާއިން ހަދަނީ ދޮގު ކަމަށެވެ.

މަސްދަރު: ޕްރެސްޓީވީ

އީރާން-އެމެރިކާމަސްޢޫދު ޕެޒެޝްކިއަންޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

29 ޖޫން 2026

ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށް ހުށަހެޅި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

29 ޖޫން 2026
ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށް ހުށަހެޅި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
29 ޖޫން 2026

އެމެރިކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި

29 ޖޫން 2026
އެމެރިކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި
29 ޖޫން 2026

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

29 ޖޫން 2026
މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
29 ޖޫން 2026

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

29 ޖޫން 2026
އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
28 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި

28 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު