Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ލުބުނާން

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

ލުބުނާނުގެ ދެކުނުން އިސްރާއީލު ސިފައިން ފޭބުމަށް އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުމާ މެދު އީރާނާއި އެމެރިކާއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައި. މި އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ލުބުނާނާއި ސޫރިޔާގެ ބިންތައް ހިފައި، "ގްރޭޓަރ އިސްރާއީލް" ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތެހެރާނުން ތުހުމަތުކުރޭ. އަދި އިސްރާއީލު ސިފައިން ބޭރުކުރުމަށް އެމެރިކާއިން އެކަށީގެންވާ ފިއްތުންތަކެއް ކުރިމަތިނުކުރާ ކަމަށް ބުނެ، އެ ގައުމުގެ އިޚްލާޞްތެރިކަމާ މެދު އީރާނުން ވަނީ ސުވާލު އުފައްދާފައި

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 12:56
ސައްޔިދު މުޙައްމަދު މަރަންދީ - އީރާނާއި އެމެރިކާގެ ރައްޔިތުކަން އޮންނަ، ތަޢުލީމީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ސިޔާސީ ދިރާސާވެރިއެއް

ސައްޔިދު މުޙައްމަދު މަރަންދީ - އީރާނާއި އެމެރިކާގެ ރައްޔިތުކަން އޮންނަ، ތަޢުލީމީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ސިޔާސީ ދިރާސާވެރިއެއް | ގެޓީ އިމޭޖަސް

އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތައް ދާއިމީކޮށް ހިފުމަށް ރާވަމުންދާ ކަމަށް ތެހެރާން ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ސައްޔިދު މުޙައްމަދު މަރަންދީ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ޓީވީ (އާރުޓީ) އަށް ދެއްވި ބަސްދީގަތުމެއްގައި މަރަންދީ ވިދާޅުވީ، ލުބުނާނުގެ ދެކުނުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަމުން ދިއުމަކީ އެ ގައުމުގެ ބިންތައް ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތު ހާމަވާ ކަމެއް ކަމަށާއި، މީގެ އިތުރުން މިއީ އީރާނާއެކު ވެފައިވާ ވަގުތީ ސުލްހައިގެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގައި ފޭލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

މި މަހުގެ ކުރީކޮޅު އީރާނާއި އެމެރިކާއިން ވަނީ ވަގުތީ އެއްބަސްވުމަކަށް އައިސްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުން ބާރުއަޅާފައިވަނީ އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުން ފޭބުމަށެވެ. އަދި މިދިޔަ ހަފުތާގައި އިސްރާއީލާއި ލުބުނާނުގެ ސަރުކާރާ ދެމެދު، އެމެރިކާ މެދުވެރިވެގެން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. މި އެއްބަސްވުމަކީ ހިޒްބުﷲގެ ހަތިޔާރު އަތުލުމާ ހަމައަށް، އިސްރާއީލުގެ ސިފައިން މަޑުމަޑުން ލުބުނާނުން ފޭބުމަށް އެކުލަވާލި އެއްބަސްވުމެކެވެ.

ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ވޮޝިންޓަނާއި ތެހެރާނުން ވަނީ މި އެއްބަސްވުމާ މެދު ތަފާތު މާނަކުރުންތަކެއް ގެންގުޅެފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ދެފަރާތުން ހަމަލާތައް ބަދަލުކޮށްފައިވާއިރު، އެއް ގައުމުން އަނެއް ގައުމަށް ވަނީ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ. ހިޒްބުﷲ ޖަމާއަތުން ވަނީ އިސްރާއީލާއި ލުބުނާނާ ދެމެދު ވެފައިވާ އެއްބަސްވުން ގަބޫލުކުރުމަށް އިންކާރުކޮށްފަ އެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އިސްރާއީލަށް ލުބުނާނުގެ ތެރޭގައި ބޭނުންހާ ގޮތަކަށް އަމަލުކުރުމުގެ މިނިވަންކަން ލިބިގެންދެ އެވެ. އަދި ހަތިޔާރު ބެހެއްޓުމަށްވެސް އެ ޖަމާއަތުން ވަނީ ދެކޮޅު ހަދާފަ އެވެ.

މި ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަރަންދީ ވިދާޅުވީ، އިސްރާއީލުގެ ސަރުކާރުން ލުބުނާނާއި ސޫރިޔާގެ ބިންތައް ހިފައި، އެ ގައުމުގެ ސަރަހައްދު ފުޅާކުރަން ބޭނުންވާކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. އަދި މިއީ "ގްރޭޓަރ އިސްރާއީލް" ގާއިމު ކުރުމުގެ މަޝްރޫއުގެ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މަރަންދީ މިހެން ވިދާޅުވީ ލުބުނާނުގައި އިސްރާއީލުގެ އަސްކަރިއްޔާ ދެމިތިބުމާއި، އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސް ކައިރީގައިވާ ސޫރިޔާގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ބާރު ފޯރުވަމުންދާ ދިއުމަށް އިޝާރާތްކުރައްވަ އެވެ.

މީގެ އިތުރުން، އިސްރާއިލުން ލުބުނާނުގެ ބިންތައް ހިފާފައި އޮތް އޮތުމާ ގުޅޭގޮތުން އެމެރިކާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުން އެ ގައުމުން ރެކެމުންދާ ކަމަށްވެސް މަރަންދީ ވިދާޅުވި އެވެ.

މަރަންދީ އިތުރަށް ވިދާޅުވީ، އެމެރިކާއިން އިސްރާއީލުގެ ސިފައިން އެ ސަރަހައްދުން ބޭރުކުރުމަށް މަސައްކަތް ނުކުރާ ކަމަށާއި، އަދި ހިފާފައިވާ ބިންތަކުން ފޭބުމަށް އިސްރާއީލަށް އެއްވެސް ފިއްތުމެއް ކުރިމަތިނުކުރާ ކަމަށެވެ. އަދި މި ވަގުތީ އެއްބަސްވުން ތަންފީޒުކުރުމުގައި އެމެރިކާއަކީ އިޚްލާޞްތެރި ގައުމެއް ކަމަށް އީރާނުން ފެށުނީއްސުރެ ގަބޫލުނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާން-ލުބުނާންސައްޔިދު މުޙައްމަދު މަރަންދީހިޒްބުﷲއީރާން-އެމެރިކާގޯލާން ހައިޓްސް

އިތުރަށް ކިޔާލަން

29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
28 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި

28 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
28 ޖޫން 2026

އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު

28 ޖޫން 2026
އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު
28 ޖޫން 2026

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ

28 ޖޫން 2026
އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ
28 ޖޫން 2026

ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި

28 ޖޫން 2026
ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި
28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު