Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާ

ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ރިކްޓަރ މިންގަނޑުން 7.2 އާއި 7.5 ގެ ބާރުމިނުގައި އައި މި ބިންހެލުންތަކުގައި މިހާތަނަށް 32 މީހުން މަރުވެ 700 އެއްހާ މީހުން ޒަޚަމްވެފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކުރޭ. އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދެމުން.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 05:15
2026 ޖޫން 24 ވަނަ ދުވަހު ކަރަކަސްއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ވެއްޓިފައިވާ އިމާރާތެއްގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދަނީ.

2026 ޖޫން 24 ވަނަ ދުވަހު ކަރަކަސްއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ވެއްޓިފައިވާ އިމާރާތެއްގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދަނީ. | ގެޓީ އިމޭޖަސް

ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއަށް ރޭގެ ވަގުތެއްގައި ބާރުގަދަ ދެ ބިންހެލުން އައިސް، ގިނަ އިމާރާތްތަކެއް ބިމާހަމަވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ.

އެއް މިނެޓުގެ ތެރޭގައި ކަރަކަސްއަށް ބާރުގަދަ ދެ ބިންހެލުމެއް އައިސްފައިވާއިރު، ފުރަތަމަ ބިންހެލުން ރެކޯޑު ކުރެވިފައިވަނީ 7.2 މެގްނިޓިއުޑްގައެވެ. އަދި ދެވަނަ ބިންހެލުން ރެކޯޑު ކުރެވިފައިވަނީ 7.5 މެގްނިޓިއުޑްގައެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، އިމާރާތްތަކުގެ ދަށުން މީހުން އެހީއަށް އެދި ގޮވާ އަޑު އިވޭ ކަމަށް ބީބީސީ އިން ވަނީ ރިޕޯޓުކޮށްފައެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

ލެޓިން އެމެރިކާގެ ގައުމުތަކުގެ ވެރިންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއޭލާއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އެ ގައުމާ އެކު ސާބިތުވެ ތިއްބެވިކަން ހާމަކުރައްވާފައެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް މައުލޫމާތު ދެއްވި ގޮތުގައި، މި ބިންހެލުމުގައި މިހާތަނަށް މަދުވެގެން 32 މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް 700 މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ވެނެޒުއޭލާކަރާކަސްޑެލްސީ ރޮޑްރިގޭޒްބިން ހެލުން

އިތުރަށް ކިޔާލަން

23 ޖޫން 2026

މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ

23 ޖޫން 2026
މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ
08 ޖޫން 2026

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

08 ޖޫން 2026
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
08 ޖޫން 2026

ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި

08 ޖޫން 2026
ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި
17 މެއި 2026

މަދޫރޯއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރި ވެރިޔާ ސާބް އެމެރިކާ އަށް ފޮނުވާލާފައިވާ ކަމަށް ވެނެޒުއެލާ އިން ހާމަ ކޮށްފި

17 މެއި 2026
މަދޫރޯއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރި ވެރިޔާ ސާބް އެމެރިކާ އަށް ފޮނުވާލާފައިވާ ކަމަށް ވެނެޒުއެލާ އިން ހާމަ ކޮށްފި
02 އެޕްރީލު 2026

ވެނެޒުއެލާގެ ވަގުތީ ރައީސާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާ އިން އުވާލައިފި

02 އެޕްރީލު 2026
ވެނެޒުއެލާގެ ވަގުތީ ރައީސާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާ އިން އުވާލައިފި
02 އެޕްރީލު 2026

އިންޑޮނޭޝިއާ އަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެއްޖެ

02 އެޕްރީލު 2026
އިންޑޮނޭޝިއާ އަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެއްޖެ
26 މާރިޗު 2026

ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ

26 މާރިޗު 2026
ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ
05 މާރިޗު 2026

އިކުއެޑޯ ގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

05 މާރިޗު 2026
އިކުއެޑޯ ގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި
03 މާރިޗު 2026

އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!

03 މާރިޗު 2026
އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!
26 ފެބުރުއަރީ 2026

ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

26 ފެބުރުއަރީ 2026
ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު